އަސްހަދުގެ އަމަލާ މެދު ހިތާމަކުރަން، ފިޔަވަޅު އަޅާނީ ފީފާ ނުވަތަ އޭއެފްސީން: މަހުލޫފް

Nov 17, 2021, 4:54 AM
ސްޕޯޓްސް މިނިސްޓަރު މަހުލޫފު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސްޕޯޓްސް މިނިސްޓަރު މަހުލޫފު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގައި އިއްޔެ ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސް ކުޅުންތެރިއަކަށް ބޯޅަ ނެތީސް ހަމަލާ ދިނުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެކަމަކު އޭނާއާ މެދު ފިޔަވަޅު އަޅާނީ މިނިސްޓްރީން ނޫން ކަމަށާއި އެކަންކުރާނީ ފީފާ ނުވަތަ އޭއެފްސީން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ސުވާލުކުރުމުގެ ދަންފަޅީގައި އަސްހަދުގެ އެ އަމަލާ ބެހޭގޮތުން މަހުލޫފްއާ ސުވާލުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ދޮންބިލެތް އަހުމަދު ހަލީމެވެ.

ސީޝެލްސްއާ 0-0 އިން އެއްވަރުވެ ރާއްޖެ ފައިނަލަށް ނުގޮސް ކެޓި މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި، އަސްހަދު ފަހަތުން ދުވެފައި ގޮސް ސީޝެލްސް ކުޅުންތެރިޔާގެ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖެހީ އެވެ. އެއާ އެކު އޭނާ އަށް ރެފްރީ ވަގުތުން ރަތްކާޑެއް ދެއްކި އެވެ.

މަހުލޫފު ވިދާޅުވީ ފުޓްބޯޅަ މެޗަކުން ދިމާވާ ކަމެއްގައި ސްޕޯޓްސް މިނިސްޓަރު ފިޔަވަޅު އެޅުން ވަނީ ޖޯކަކަށް ކަމަށާއި މިއީ ފީފާ އެޕްރޫވް މުބާރާތަކަށްވާތީ ފިޔަވަޅު އަޅާނީ ފީފާ ނުވަތަ އޭއެފްސީން ކަމަށެވެ. މިއީ މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޫން ކަމަށް މަހުލޫފު ވިދާޅުވި އަނެއް ސަބަބަކީ އަސްހަދު ގައުމީ ޓީމަށް ކުޅެނީ މިނިސްޓްރީ ތަމްސީލުކުރަން ނޫން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރު ވިދާޅުވީ އިއްޔެ ފެނިގެން ދިޔަ ކަންތަކާ މެދު ހިތާމަކުރައްވާ ކަމަށާއި އެކަން ދިމާވާން މެދުވެރިވި ސަބަބެއް ނޭގޭ ކަމަށާއި އެހެނަސް އެއީ ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ގައުމީ ޓީމާއި ކްލަބް ލެވެލްގައި ނުކުޅެ ގިނަ ދުވަސްތަކެއް ހުރި އަސްހަދު އަށް ގައުމީ ޓީމުން ޖާގަ ދެނީ މިނިސްޓްރީގެ ތެރެއިން ފުޓްބޯޅައަށް ކަންކަން ހަމަޖައްސަން ފަސޭހައަށް ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު މަހުލޫފު ވިދާޅުވީ އަސްހަދު އަރުވަން އެފްއޭއެމް ގާތު ވިދާޅުނުވާނެ ކަމަށާއި އަދި ނާރުވަން ވެސް ވިދާޅުނުވާނެ ކަމަށެވެ. އަދި ގައުމީ ޓީމަށް އޭނާ ނަގަން އަސްހަދު ވެސް ވިދާޅުނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަހުލޫފު ވިދާޅުވި އެވެ.

ޓީމަށް ކުޅުންތެރިން ނަގާނީ ކޯޗު ކަމަށާއި އަދި މޮޅަށް ކުޅޭ ކޮންމެ ކުޅުންތެރިޔަކަށް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެންވެ އަސްހަދު ގާތު ފުޓްބޯޅަ ކުޅުން ހުއްޓާލައްވަން ވިދާޅުނުވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގައި އީގަލްސް އަށް އަސްހަދު މޮޅަށް ކުޅުނު ކަމަށާއި އަދި ފިޓްނަސް ޓެސްޓުން ވެސް ޒުވާން ކުޅުންތެރިންނަށް ވުރެ އަސްހަދު ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވެ އޭނާ ގައުމީ ޓީމަށް ނެގި ނެގުން ދިފާއުކުރައްވާ މޭރުމަކުން ވެސް މަހުލޫފު ވާހަކަދެއްކެވި އެވެ.

ބޯޅަ ނެތީސް، ކުޅުންތެރިޔަކަށް ވަރަށް ބޮޑު ހާނިއްކައެއް ވެދާނެ ފަދަ ފައުލެއް އަސްހަދު ކުރުމުން އޭނާ އަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަމުދުން ކުޅިވަރާއި ޒުވާނުންނާ ބެހޭ ސަރުކާރުގެ ވުޒާރާގެ ޒިންމާދާރު އިސް މަގާމެއްގައި ހުރި މީހަކު މިފަދަ ކަމެއް ކުރުމުން ގިނަ ބަޔަކަށް އެކަން ބަލައެއް ނުގަނެވެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމަށް އަސްހަދު ޖާމިނުވެފައި ވާތީ، އޭނާ މިދިޔަ ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑަށް ނެގުމުން ގިނަ ބަޔަކު ފާޑުކިޔެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓުގައި ދެ ފަހަރު އެދިފަ އެވެ. އެކަމަކު ކޯޓުން އެކަމާ ދެކޮޅު ހެދީ އެވެ.

ސްޓޭޓް މިނިސްޓަރު އަސްހަދު
ސްޓޭޓް މިނިސްޓަރު އަސްހަދު

ސްޓޭޓް މިނިސްޓަރު އަސްހަދު

އަސްހަދު ގައުމީ ޓީމުގައި ހިމެނުމުން ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ވެސް ވަނީ ފާޑުކިޔައިފަ އެވެ. އެއީ އޭނާ ގަވާއިދުން ނުކުޅެ ގިނަ އަހަރުތަކެއްވެފައިވާތީވެ އެވެ. ކްލަބް ގްރީން ސްޓްރީޓްސް އަށް 2018 ވަނަ އަހަރު ކުޅުމަށް ފަހު ސީރިއަސް އަނިޔާއެއްގައި ހުރި އަސްހަދު އެ އަނިޔާއިން ރަނގަޅުވެ ކްލަބަކާ ގުޅުނީ މި އަހަރުގެ މާޗު މަހު އެވެ. އޭނާ ވަނީ އީގަލްސްއާ ގުޅި ދިވެހި ޕްރިމިއާ ލީގުގެ ބައެއް މެޗުތަކާއި އޭއެފްސީ ކަޕުގައި ކުޅެފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުން ރާއްޖެ ނޭޕާލް އަތުން 1-0 އިން ބަލިވި މެޗުގައި އަސްހަދަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން އެ ފާޑުކިޔުން ބޮޑުވި އެވެ. ޖެހިގެން އައި ބަންގްލަދޭޝް މެޗުގައި ވެސް އޭނާ އެރުވި އެވެ. އެކަމަކު ރާއްޖެ 2-0 އިން މޮޅުވި އެ މެޗުން އޭނާ އަނިޔާވެ ބާލަން ޖެހުނީ އެވެ. ބަދަލުގައި އެރި ޒުވާން ކުޅުންތެރިން ރަނގަޅު ކުޅުމެއް ވެސް ދެއްކި އެވެ.

އަސްހަދު އަނިޔާ އިން ފަހުން ރަނގަޅުވި ނަމަވެސް މިހާރުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ މި މުބާރާތުގައި އޭނާ ފުރަތަމަ އެގާރައިގައި ބޭނުން ނުކުރެ އެވެ. އިއްޔެ ފަހު ވަގުތު އެރުވީ ބެލެވޭ ގޮތުގައި ފައިނަލަށް ދިއުމަށް މޮޅެއް މަޖުބޫރުވެފައި ވުމުންނެވެ.

އަސްހަދު ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅެން ފެށި 2018 ވަނަ އަހަރުގެ މާޗު 27 ވަނަ ދުވަހު ގައުމީ ޓީމުން ރިޓަޔާކޮށްގެން ހުރުމަށް ފަހު އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އެރޭ ބޫޓާނާ ދެކޮޅަށް ކުޅެން އޮއްވާ ކުއްލި ގޮތަކަށް އޭނާ ރިޓަޔާކުރީ ކެޕްޓަން ބޭންޑް ނުދިނުމުންނެވެ. އަލީ އަޝްފާގް (ދަގަނޑޭ) ސަސްޕެންޑްކުރުމުން އަސްހަދު ހީކުރީ ބޭންޑް ލިބޭނީ އޭނާ އަށް ކަމަށެވެ. އެކަމަކު އޭރުގެ ކޯޗު ޕީޓާ ސެގާޓް ބޭންޑް ދިނީ އަކްރަމް އަބްދުލްގަނީ އަށެވެ. ސެގާޓް ބުނީ އަސްހަދަށް ބޭންޑް ނުދިނީ އެ އަހަރު ރިޓަޔާކުރަން އޭނާ ނިންމާފައިވާތީ ކަމަށެވެ.

އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާ އަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި އޭނާ، ރާއްޖެ ތަށި ނެގި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ސަސްޕެންޑްކުރި އެވެ.

އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެއާ އެކު ކްލަބް ލެވެލްގެ ބައެއް މެޗުތައް ގެއްލުނެވެ.

ވިކްޓްރީ، ވީބީ، ބީޖީ، މާޒިޔާ އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިޔާ އަކީ ކުރިން ފޯވާޑެކެވެ. އެކަމަކު ފަހުން މިޑްފީލްޑަރަކަށް ބަދަލުވީ އެވެ. އޭނާ އަކީ މަސައްކަތުގެ ރޭޓު ވަރަށް މަތީ ކުޅުންތެރިއެކެވެ. އަސްހަދަކީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދިއިރު ކާމިޔާބީގައި ބޮޑު ހިއްސާއެއްވި ކުޅުންތެރިއެކެވެ. ރާއްޖޭން ތިން ވަނަ ހޮވި މެޗުގައި ޕެނަލްޓީން އަފްގާނިސްތާން ބަލިކުރިއިރު އަސްހަދު އުކުޅެއް ބޭނުންކޮށް ވެއްޓިގެން ވައްދާލި ޕެނަލްޓީގެ ވީޑިއޯ މުޅި ދުނިޔޭގައި ވެސް މަޝްހޫރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox