އޯވާޑްރާފްޓް އިތުރުކުރަން އަނެއްކާ ވެސް އެދުމުން ބޮޑެތި ކަންބޮޑުވުން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަން ތަޅުމުގައި. -ފައިލް ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަން ތަޅުމުގައި. -ފައިލް ފޮޓޯ: މަޖިލިސް

ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާވެސް އިތުރުކުރަން ހުށަހެޅުމުން ތަކެތީގެ އަގު އުފުލޭނެކަމަށް ބުނެ މަޖިލީހުގައި މެމްބަރުންތައް ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ. ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވެސް އެދުނެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އިތުރުކޮށްދޭން ފިނޭންސް މިއަހަރު ވެސް އެދުމުން، މަޖިލީހުން އެކަން ކޮށްދީފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.

އޭނާ މިދިޔަ އޭޕްރީލް މަހު ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖު ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޯޑީ އިތުރުކުރަނީ ތިންވަނަ ފަހަރަށް

އެ ހުއްދަ ތިން ވަނަ އަހަރަށް އިތުރުކޮށް ދިނުމަށް އެދި، ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނީ، އޯޑީގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތްތަކަށް ބުރޫ ނާރާ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

"މީގެ އިތުރުން، އިގްތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ކޮވިޑާ ގުޅިގެން ކުރަން ޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބުނު،" ސިޓީގައި ބުންޏެވެ.

ނަމަވެސް، އިގްތިސޯދީ ގޮންޖެހުންތައް އަދިވެސް ދެމި އޮތުމުން ކުރު މުއްދަތެއްގައި ޕަބްލިކް ބޭންކު އެކައުންޓް އޯވާޑްރޯ ކުރި އަދަދު ދެއްކުމަކީ ކޭޝްޕްލޯ މެނޭޖުކޮށް، ބަޖެޓު ތަންފީޒު ކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމެއްގެ އިތުރުން ފައިނޭންސް ހޯދަން ވެސް އެކަމުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން، އެ އިސްތިސްނާގެ މުއްދަތު 2023 ވަނަ އަހަރު އޭޕްރީލް މަހާ ހަމައަށް އިތުރުކޮށް ދިނުމަށް އެ ސިޓީގައި އެދިފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ހުއްދައިގެ ދަށުން މިހާތަނަށް 2.8 ބިލިއަން ރުފިޔާ އޯވާޑްރޯކޮށްފައިވާއިރު، އެ އަދަދު މި އަހަރު ނިމޭއިރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޯވާޑްރޯ ކޮށްފައިވާ އަދަދު އަނބުރާ ނުދެއްކޭނެތީ، މިނިސްޓްރީން ހުށަހަޅާފައިވަނީ އެ ހަތަރު ބިލިއަން ރުފިޔާ އެމްއެމްއޭއިން ދޫކުރާ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކުރުމަށެވެ.

އެގޮތުން، 50 އަހަރަށް ދޫކުރެވޭ ބޮންޑުގެ ކޫޕަން ރޭޓަކަށް މިނިސްޓްރީން ހުށަހަޅާފައިވަނީ 2.5 ޕަސަންޓެވެ.

މިނިސްޓަރުގެ ވާހަކަ ދެކޮޅު ނުޖެހޭ ކަމުގެ ތުހުމަތު

އެ ސިޓީއާމެދު ބަހުސް ކުރުމަށް ހުޅުވައިލި ފުރުސަތުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަމަށް ތާއީދުއޮތް ކަން ހާމަކުރެއްވި ނަމަވެސް، އެކަމާ މެދު މަޝްވަރާކޮށް ހާއްސަކޮށް އެމްއެމްއޭގެ ލަފާ ހޯދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެ ބަހުސްގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްނުވާ މެމްބަރުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ.

އެގޮތުން، ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވަމުން އިގުތިސޯދާއި މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި ވާހަކަ، މި ސިޓީއާއެކު ދެކޮޅު ނުޖެހޭ ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ އަމީރު ދެއްކެވި ވާހަކަ ދިމާނުވާ ކަމަށާއި، މި ހާލަތުގައި ސަރުކާރަށް އިތުބާރު ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މިކަން މިގޮތަށް ކޮށްފިނަމަ މިހާރު 19ރ. އަށް ހުރި ޑޮލަރުގެ އަގު އިތުރަށް މަތިވެ، އިންފްލޭޝަން އިތުރުވެ ރައްޔިތުންނަށް ގެއްލުންވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތް ނަމަވެސް، މިކަން މި ގޮތަށް ނުކުރަން އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox