ދޯހާ އެއާޕޯޓުގައި ބަލައި ފާސްކުރި ގޮތާ ދެކޮޅަށް އަންހެނުންތަކެއް ކޯޓަށް!

ދޯހާ އެއާޕޯޓުގައި ގަތަރު އެއާވޭޒްގެ ބޯޓުތަކެއް.

ދޯހާ އެއާޕޯޓުގައި ގަތަރު އެއާވޭޒްގެ ބޯޓުތަކެއް.

ސިޑްނީ، އޮސްޓްރޭލިއާ (ނޮވެމްބަރު 15) - ދޯހާ އެއާޕޯޓުގައި ބަލައި ފާސްކުރި ގޮތާ މެދު ހިތްހަމަނުޖެހި، ބަދަލު ހޯދަން އެދި، އަންހެނުންތަކެއް ކޯޓަށް ދާން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރު އެއާވޭޒްގެ 10 ފްލައިޓެއްގައި ތިބި އަންހެނުންތަކަކަށް "ގައިނޮކޮލިޖަލް ސާޗް" އަށް އެއްބާރުލުން ދޭން މަޖުބޫރުވި އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ 13 މީހުން ހިމެނެ އެވެ.

އެފަދަ ގޮތަކަށް އަންހެން ޕަސަންޖަރުން ބަލައި ފާސްކުރަން ނިންމީ އެއާޕޯޓުގެ ފާހާނާގެ ތެރޭގައި ވިހެއި ގޮތަށް ދޫކޮށްލާފައި އޮތް ތުއްތު ކުއްޖެއްގެ މަންމަ ދެނެގަތުމުގެ ގޮތުންނެވެ.

އެ ހާދިސާއާ ގުޅިގެން އެކި ގައުމުތަކުން ގަތަރަށް ފާޑުކިޔުން އަމާޒުކުރި އެވެ. އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްއާ ދިމާކޮށް ގިނަ އަދަދެއްގެ ބޭރު ރައްޔިތުން އެ ގައުމަށް ދަތުރު ކުރަން ހަމަޖެހިފައި ވާއިރު، އަންހެނުންނާ މެދު އަމަލުކުރާ ގޮތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެވެ.

ސިޑްނީގައި ހުންގާ މާކް ލޯޔާޒް ކުންފުނީގެ ޑޭމިއެން ސްޓާކޭޒާ ވިދާޅުވީ ބަލައި ފާސްކުރި އޮޕަރޭޝަނަށް އެއްބާރުލުން ދޭން ޖެހުނު ހަތް އަންހެނަކު ކޯޓަށް ދާން ނިންމާފައިވާ ކަމަށެވެ.

"މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގާ ދިޔަ އެ ކަންތަކާ ހެދި މި އަންހެނުންތަކަށް ވަނީ ވަރަށް ބޮޑެތި ނުތަނަވަސްކަމާއި ޓްރޯމާއާ ކުރިމަތިވެފައި. މިހާރު ވެސް އެ މީހުން އުޅެނީ އެ ވިސްނުންތަކުގައި."

ސްޓާކޭޒާ ވިިދާޅުވީ އަންހެން މީހުން ޑިމާންޑު ކުރަނީ ގަތަރުގެ ކަމާ ބެހޭ އިދާރާތަކުން މައާފަށް އެދި، ފައިސާގެ ބަދަލު ދީ، ކުރިމަގުގައި އެއާޕޯޓު ބޭނުން ކުރާ ޕަސެންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

އެ ހާދިސާ އަށް ފަހު އަމާޒުވި ފާޑުކިޔުމާ އެކު ގަތަރުން ބުނީ ޕަސެންޖަރުންގެ "ސަލާމަތާއި ރައްކާތެރިކަން" ކުރިމަގުގައި ޔަގީންކޮށްދޭނެ ކަމަށެވެ.

ގަތަރުގެ ބޮޑު ވަޒީރު އެކަމާ ގުޅިގެން މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ. "ގައިނޮކޮލޮޖިކަލް ސާޗް" ހިންހުމުގައި އިސްކޮށް އުޅުނު ފުލުހަކާ މެދު ފިޔަވަޅު ވެސް އެޅި އެވެ.

ސްޓާކޭޒާ ވިދާޅުވީ ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ހަމަދް އިންޓަނޭޝަނަލް އެއާޕޯޓާއި ގަތަރު އެއާވޭޒް އާއި ގަތަރު ސަރުކާރާ ދެކޮޅަށް ދައުވާ އުފުލާނީ އޮސްޓްރޭލިއާގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox