ހަމްޕު ފުރަތަަމަ އެގާރަ އަށް ނުލަނީ އެއްކޮށް ފިޓްނުވާތީ

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ މެޗުގެ ތެރެއިން ހަމްޕު ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ މެޗުގެ ތެރެއިން ހަމްޕު ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި މިހާތަނަށް ރާއްޖޭން ކުޅުނު ދެ މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން ނާރުވަނީ އެއްކޮށް ފިޓްނުވާތީ ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ހަމްޕު އަށް އަނިޔާވީ މިދިޔަ މަހު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ މަހު 13 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަށް ފަހު ހަމްޕުގެ ކަކުލަށް ތަދުވާތީ ހެދި ޓެސްޓްތަކުން އެނގުނީ ސީރިއަސް އަނިޔާއެއް ނެތް ނަމަވެސް ކަކޫ ކައިރީ މަސްގަނޑަށް ލިބިފައި އިން އަނިޔާއިން ރަނގަަޅުވާން މުއްދަތެއް ނަގާނެ ކަމެވެ. އެ އަނިޔާއިން މި ފަހަރުގެ މުބާރާތުގެ ކުރިން ރިކަވާވާނެ ކަމަށް ކުރިން ބެލެވުނެވެ.

މިދިޔަ މަހު ގައުމީ ޓީމުން ހދ.ކުޅުދުއްފުށީ ދަނޑު ހުޅުވަން ކުޅުނު މެޗާއި ޅ. ކުރެންދޫ ރިސޯޓްގައި ކުޅުނު މެޗުތަކުގައި ވެސް ހަމްޕު ނުކުޅެ އެވެ. އަދި މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ހަމްޕު ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ. ފުރަތަަމަ މެޗުގައި ލަންކާއާ 4-4 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ވަނީ ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެފަ އެވެ.

މާދަމާ ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްޕު ފުރަތަމަ އެގާރައިގައި ބޭނުންނުުކުރަނީ ކީއްވެތޯ އެހުމުން މޮރިއޭރޯ ބުނީ އޭނާ އަކީ ޓީމުގެ ކޯޗު ކަމަށާއި ޓީމުގައި ކުޅޭނެ ކުޅުންތެރިން ނިންމަނީ އޭނާ ކަމަށެވެ.

"ހަމްޕު އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އެކަމަކު ވިސްނަން ޖެހޭ ކަަމަކީ ހަމްޕު އެ އަންނަނީ އަނިޔާ އަކުން ރިކަވާވަމުން. އަހަރެން ފުރަތަމަ އެގާރައިގައި މި ބޭނުންކުރަނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން. އެހެންވެ، ހަމްޕު ފުރަތަމަ އެގާރައިގައި މި ބޭނުންނުކުރަނީ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ އޭނާ އެއްވެސް ކުޅުންތެރިއަކު ތަފާތެއް ނުކުރާ ކަމަށެވެ.

"އަހަރެން އެއްވެސް ކުޅުންތެރިއަކު ތަފާތެއް ނުކުރަން. ހުރިހާ ކުުޅުންތެރިން އަހަންނަށް ހަަމަހަމަ. ފުރަތަމަ އެގާރަ އެކޭ ފަހުން އެ އަރާ ކުޅުންތެރިއެކޭ އެއްވަރު،" މޮރިއޭރޯ ބުންޏެވެ.

މިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެޓޭކިން ގޭމްގައި އެންމެ ބޮޑަށް ތަފާތު ދެއްކި ކުޅުންތެރިއަކީ ހަމްޕު އެވެ. އޭނާ ނެތުމުގެ މައްސަލަތައް އެޓޭކްގައި ފެނެ އެވެ. ހަމްޕުގެ އިތުރުން ނާއިޒް ހަސަން (ދާދު) އަށް ފުރުސަތު ނުލިބުމަކީ ވެސް ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ.

މޮރިއޭރޯ ބުނީ ކުޅެން ނެރެނީ އޭނާގެ ޕްލޭނަށް ފެތޭ އެ މެޗެއްގެ ހާލަތަކަށް އެންމެ ރަނގަޅު ކުޅުންތެރިން ކަމަށެވެ.

ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗަށްދާއިރު، އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ލީގު ބުރުގެ ފަހު ދެ މެޗު މާދަމާ ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެ އާއި ލަންކާ އަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ލަނޑުގެ ތަފާތަށެވެ.

ރާއްޖެ އާއި ސީޝެލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 15:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox