ފޭސްބުކުގައި ޓެރަރިޒަމް ފެތުރި "އަބޫ ޔޫސުފް" އާ ދެކޮޅަށް އެމެރިކާގެ ވަރުގަދަ ރިޕޯޓެއް

މުނާޒު މިއަދު މާފުށީ ޖަލުގައި ހުރެގެން އަޑުއެހުމަށް ހާޒިރުކޮށްފައި: ދައުލަތުން ތުހުމަތު ކުރަނީ އޭނާއަކީ ފޭސްބުކްގައި އިންޒާރުގެ ވީޑިއޯއެއް ނެރުނު "އަބޫ ޔޫސުފް" ކަމަށް -- ފޮޓޯ: ވީޑިއޯ ކެޕްޗާ

މުނާޒު މިއަދު މާފުށީ ޖަލުގައި ހުރެގެން އަޑުއެހުމަށް ހާޒިރުކޮށްފައި: ދައުލަތުން ތުހުމަތު ކުރަނީ އޭނާއަކީ ފޭސްބުކްގައި އިންޒާރުގެ ވީޑިއޯއެއް ނެރުނު "އަބޫ ޔޫސުފް" ކަމަށް -- ފޮޓޯ: ވީޑިއޯ ކެޕްޗާ

ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ޓެރަރިޒަމް ފެތުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރި ކަމަށް ބުނާ އަދި ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ފަރާތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ހދ. ނޭކުރެންދޫ، ޝާޒިން، އަހުމަދު މުނާޒް ނުވަތަ "އަބޫ ޔޫސުފް" އާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައި އޮތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ވަރުގަދަ ރިޕޯޓުތަކެއްކަން ހާމަވެއްޖެ އެވެ.

މުނާޒުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާގައި ބުނެފައި ވަނީ އަބޫ ޔޫސުފްގެ ނަމުގައި އޭނާ ހިންގި ފޭސްބުކް އެކައުންޓަކުން ދައުލަތަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހެއްގެ އަތުން ވެސްޓާން ޔޫނިއަން މެދުވެރިކޮށް މުނާޒު ބޭރުން ފައިސާ ހޯދާފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މުނާޒާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ތިން ރިޕޯޓެއް ހާމަކޮށްދިނުމަށް އޭނާގެ ވަކީލު ހުސްނީ މުބާރަކް އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ ކިތާބީ ހެކި ސިއްރު ކުރުމަށް ކުރިން މައްސަލަ ބެއްލެވި ގާޒީ ނެރުއްވާފައިވާ އަމުރުތައް މުރާޖައު ނުކުރެއްވުމަށެވެ.

Advertisement

މުނާޒާ ދެކޮޅަށް އެ މައްސަލައިގައި ހުށަހަޅާފައި ވަނީ އެއް ހެކިވެރިއެއްގެ ހެކި ބަހާއި ކިތާބީ ހެއްކެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ތެރޭގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން މުނާޒުގެ ހަރަކާތްތައް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހިމެނެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓާއި އިތުރު ކިތާބީ ހެކިތައް ހާމަ ނުކުރުމަށް ނިންމެވި ނަމަވެސް މުނާޒާއި ވަކީލު ކޯޓަށް ހާޒިރުވެ، އެ ހެކިތައް ބަލައި މުރާޖަައު ކުރުމުގެ ފުރުސަތު ދެއްވުމަށް ގާޒީ ޝަފީއު ނިންމެވި އެވެ.

މިއަދުގެ އަޑުއެހުމުގައި މުނާޒާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ފޭސްބުކްގައި މުނާޒު ހިންގި ކަމަށް ބުނާ އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކުން އޭނާއަށް ޓެރަރިޒަމްގެ ދައުވާ ކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ވެސްޓަން ޔޫނިއަން މެދުވެރިކޮށް ބޭރުން މުނާޒު ފައިސާ ހޯދިކަން ވަކީލު ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް ވިދާޅުވީ އެއީ މުނާޒު ފޭސްބުކްގައި "ސަލާންޖަހައިގެން" ހޯދި ފައިސާ ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގޭނެ ވަރަށްވުރެ ކުޑަ އަދަދެއްގެ ފައިސާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން މުނާޒު ބަންދުކޮށް ބެހެއްޓުމަށް ނެރެފައިވާ އަމުރު ގާޒީ ވަނީ ދަމަހައްޓަވައިފަ އެވެ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މުނާޒަށް ޖަލު ބަލައި ފާސް ކުރުމަށް ކަރެކްޝަންސްގެ ފަރާތުން ހިންގި އޮޕަރޭޝަނެއްގައި އަނިޔާވެފައިވާ ކަމަށާއި ގަވާއިދުން ބޭސް ފަރުވާ ނުކުރެވޭތީ ޝަރުތުތަކަކާއެކު އޭނާ ޖަލުން ދޫކުރުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ.

މުނާޒު ބަންދުން ދޫނުކުރި ނަމަވެސް އޭނާގެ ބޭސްފަރުވާގެ ކަންތައް ކަށަވަރު ކުރުމަށް ގާޒީ ޝަފީއު ދައުލަތަށް އަމުރު ކުރެއްވި އެވެ. އަދި މިއަދުގެ އަޑުއެހުން ގާޒީ ނިންމާލެއްވީ އަންނަ ޖެނުއަރީ މަހުގެ ކުރިން ހުކުމް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox