އެމެރިކާގެ މަހުޖަނުން ޖެނޯއާގެ ޒިންމާ ހަވާލުކުރީ ޝެވްޗެންކޯ އަށް

Nov 15, 2021, 3:53 AM
އެމެރިކާގެ މަހުޖަނުން ޖެނޯއާގެ ޒިންމާ ހަވާލުކުރީ ޝެވްޗެންކޯ އަށް

މިލާން (ނޮވެމްބަރު 15) - އެމެރިކާގެ މަހުޖަނުންގެ ގްރޫޕެއް އަޑީގައި ތިބެ ދާދި ފަހުން ގަތް އިޓަލީގެ ކްލަބް، ޖެނޯއާ ކުރިއަށް ގެންދިއުމުގެ ޒިންމާ ކުރީގެ މަޝްހޫރު ފޯވާޑް އަދި މިހާރު ކޯޗިންގައި ކުރިއެރުން ހޯދަމުން އަންނަ އަންދްރޭ ޝެވްޗެންކޯއާ ހަވާލުކޮށްފި އެވެ.

މި މަހު ހަ ވަނަ ދުވަހު ޝެވްޗެންކޯ އަކީ ޖެނޯއާ ކޯޗުކަމަށް އިއުލާނުކުރި ނަމަވެސް ރަަސްމީ ހައިސިއްޔަތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުނީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެއީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޔޫކްރެއިންގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލިއިރު، ޝެވްޗެންކޯ އާއި ޔޫކްރެއިން ފެޑެރޭޝަނާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން މި އަހަރުގެ ނިޔަލަށް ޝެވްޗެންކޯ އަށް އެހެން ޓީމަކާ ހަވާލުނުވެވޭ ގޮތަށް އޮތް މާއްދާގައި ހުރި ކަންތައްތަކަށް ހައްލެއް ހޯދުމަށެވެ.

ދާދި ފަހުން ޖެނޯއާގެ މެޖޯރިޓީ ހިއްސާ ގަތީ އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި 777 ޕާޓްނާސް އިންނެވެ. އެއީ އެމެރިކާގެ މަހުޖަނުންގެ ބޮޑު ގްރޫޕުން ހިންގާ ކުންފުންޏަކަށް ވީހިނދު އެ މީހުންގެ ވިސްނުމަކީ ކައިރި މުސްތަގުބަލެއްގައި އިޓަލީ ފުޓްބޯޅައިގައި ވަރުގަދަ ބާރަކަށް ޖެނޯއާ ހެދުމެވެ.

އެ ގޮތުން ޖެނޯއާ ކޯޗަކަށް ހުރި ޑާވިޑޭ ބަލަޑީނީ ވަކިކޮށް ޝެވްޗެންކޯ ކޯޗަކަށް ގެނައީ އިޓަލީ ފުޓްބޯޅައިގެ ކުޅުމުގެ ތަޖުރިބާ އާއި ކޯޗިންގައި ޝެވްޗެންކޯ ކޮށްފައިވާ މަސައްކަތަށް ބެލުމަށް ފަހު އެވެ.

ކޯޗިންގައި ޝެވްޗެންކޯ ވަނީ ޔޫކްރެއިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާއި ހެޑް ކޯޗުގެ މަގާމު ފުރައިފަ އެެވެ. ޖެނޯއާ އަކީ ޝެވްޗެންކޯ ކޯޗިންގައި ފެންނާނެ ފުރަތަމަ ކްލަބެވެ.

އިޓާލިއަން ލީގުގެ މި ވަގުތު ތާވަލަށް ބަލާއިރު ޖެނޯއާ އޮތީ ރެލިގޭޝަނާ ގާތުގަ އެވެ. ކުޅުނު 12 މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ 17 ވަނައިގަ އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޖެނޯއާ ކޯޗުކަމާ ޝެވްޗެންކޯ ހަވާލުވިއިރު، އޭނާ އެ ޓީމު ގޮވައިގެން ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާއާ ދެކޮޅަށެވެ. މޮރީނިއޯ ވަނީ ޗެލްސީގައި ޝެވްޗެންކޯ އަށް ކޯޗުކޮށްދީފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox