މިނިވަން މުއައްސަސާތަކުން އެދެނީ ބަޖެޓު ބޮޑުކުރަން، އަމީރު ވިދާޅުވީ އެކަން ނުވާނެ ކަމަށް

ފިނޭންސް މިނިސްޓަރު އަމީރުއާއެކު އެ މިނިސްޓްރީގެ ބައެއް އިސް ވެރިން މިއަދު މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު އަމީރުއާއެކު އެ މިނިސްޓްރީގެ ބައެއް އިސް ވެރިން މިއަދު މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން، އިތުރު ފައިސާ ބޭނުންވާކަމަށް މިނިވަން މުއައްސަސާތަކުން އެދުނު ނަމަވެސް، މުޅި ބަޖެޓު އިތުރު ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާބެހޭ ގޮތުން ބައެއް މުއައްސާސަތަކުން ވަނީ ޝަކުވާކޮށްފަ އެވެ.

އެގޮތުން، ބަޖެޓު ބޮޑުކޮށް ދިނުމަށް އެދި 17 މުއައްސަސާއަކުން ވަނީ ކޮމިޓީއާ ބައްދަލުކުރަން އެދިފަ އެވެ.

އެގޮތަށް އެދުނު މުއައްސަސާތަކާ ބައްދަލުކުރަން ކޮމިޓީން ފަށާފައިވާއިރު، ބަޖެޓާ ގުޅޭގޮތުން ކޮމިޓީއަށް މައުލޫމާތު ދެއްވަން ފިނޭންސް މިނިސްޓަރު ވަޑައިގެންނެވުމުން ބަޖެޓު އިތުރުކުރެވިދާނެ މިންވަރާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ވަނީ ސުވާލުތައް އަމާޒުކުރައްވައިފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ރިއާއަތްކޮށްގެން ކަމަށެވެ.

އެގޮތުން، ކޮވިޑާއެކު ދައުލަތުގެ އާމްދަނީއަށް 40 ބިލިއަނެއްހާ ރުފިޔާ ގެއްލިފައިވާއިރު، ހަރަދުތައް ފޫބައްދަން އިތުރަށް ދަރަނި ނަގަންޖެހުމުގެ ސަބަބުން، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާފައިވަނީ މެދު ރާސްތާގައި ފިސްކަލް އަދި ދަރަނި މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ.

އަދި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއެކު މަޝްވަރާކޮށްގެން، ބަޖެޓު އެކުލަވާލެވިފައިވަނީ ރިޔާސީ ވައުދުތައް ފުއްދޭގޮތަށް ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބޭނޭ ގޮތަކަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ހުރިހާ ކަމަކަށް ބަލައި، ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސޯދު އަލުން އާރާސްތުކުރުމަށް ވިސްނައިގެން ބަޖެޓު އެކުލަވާލެވިފައިވަނީ ހުށަހެޅޭނެ އެންމެ ބޮޑު އަދަދު ކަމަށެވެ.

"މުއައްސަސާތަކަށް އިތުރަށް ބަޖެޓު ދިނުމަކީ މި ދަނޑިވަޅުގަ ދަތިކަމަކަށްވާނެ،" އަމީރު ވިދާޅުވި އެވެ.

ލަފާކުރާ އާމްދަނީ ލިބޭނެކަމުގެ އުއްމީދު މިނިސްޓަރަށް ބޮޑު

އަންނަ އަހަރުގެ ބަޖެޓުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއާމެދު އޮޑިޓާ ޖެނެރަލްގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަނީ ކޮމިޓީގައި މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އެގޮތުން، އާމްދަނީ އިތުރުކުރަން އަލަށް ހުށަހަޅާފައިވާ ކަންކަމަށް ގާނޫނުތައް ހަދަންޖެހުމާއި، ރިސޯޓު ތަރައްގީ ކުރަން އިތުރު ރަށްތައް ދޫކުރެވުމާއި، ބިން ވިއްކުމަށް އިންވެސްޓަރުން ލިބުމާމެދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން، އަމީރު މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ އާމްދަނީ ހިމަނާފައިވަނީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ.

އެހެންކަމުން ބަޖެޓުގައި ހިމެނިފައިވާ ކަންކަން ހާސިލުވާނެ ކަމުގެ އުއްމީދު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox