ޖަޕާން ސިއްސުވާލި "ޖޯކަރު" ހަމަލާ

ހަމަލާ ދިން ރޭގެ ވީޑިއޯތަކުން ފެންނަނީ ފުރާނަ ސަލާމަތް ކުރަން ރޭލުގެ ކުޑަދޮރަކުން މީހުން ބޭރަށް ނުކުންނަ މަންޒަރު. -- ފޮޓޯ: ރޮއިޓާޒް

ހަމަލާ ދިން ރޭގެ ވީޑިއޯތަކުން ފެންނަނީ ފުރާނަ ސަލާމަތް ކުރަން ރޭލުގެ ކުޑަދޮރަކުން މީހުން ބޭރަށް ނުކުންނަ މަންޒަރު. -- ފޮޓޯ: ރޮއިޓާޒް

ޑީސީ ކޮމިކްސްގެ ކެރެކްޓާ "ޖޯކަރު" ގެ ކޮސްޓިއުމެއް ލައިގެން ހުރި މީހަކު މި މަހުގެ ކުރީކޮޅު ޖަޕާނުގެ ރޭލެއްގެ ތެރޭގައި ހަމަލާދީ 17 މީހުން ޒަހަމްކޮށްލި ހާދިސާ އިން އެ ގައުމަށް ލިބުނީ ޝޮކެކެވެ.

ޖަޕާނަކީ ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި މަޝްހޫރު ގައުމަކަށް ވާތީ، މިފަދަ ހަމަލާއެއް ކުރިމަތިވުމުން ގިނަ ބަޔަކު އަންނަނީ ޖަޕާނުގެ މުޖުތަމައު ބަދަލުވަމުންދާ ގޮތާ މެދު ސުވާލު އުފައްދާފަ އެވެ.

"ޖޯކަރު" ކޮސްޓިއުމް ލައިގެން ހުރި އުމުރުން 24 އަހަރުގެ ފިރިހެނަކު ރޭލުގެ ތެރޭގައި ވަޅިން ހަމަލާ ދިނުމުން އެއް ބަޔަކު ބުނަމުން ދަނީ ސަބްވޭގައި ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށެވެ.

ހަމަލާ އަކީ "ޖޯކަރު" ފިލްމުގައި ފެނުނު މަންޒަރެއްގެ ކޮޕީއެއް ކަމަށް ދޭހަވާތީ ޖަޕާނުގެ މީޑިއާތަކުން ވަނީ އޭނާ ފަދަ އިތުރު މީހުން ހަމަލާ ދޭން ރޭވުމުގެ ފުރުސަތު އޮތް ތޯ ވެސް ސުވާލު އުފައްދާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިން މީހާ ފުލުހުންނަށް ބުނީ އޭނާ "އަޅުކަން ކުރަނީ ޖޯކަރު ކެރެކްޓާ" އަށް ކަމަށާއި "ބޭނުމީ ވީ އެންމެ ގިނަ ބަޔަކު މަރަން" ކަމަށެވެ.

ނަމަވެސް ކުށްވެރިންގެ ސައިކޮލޮޖީގެ ދާއިރާ އިން ކިޔަވައިގެން ތިބި މީހުން ބުނާ ގޮތުގައި އޭނާގެ މަގްސަދަކީ ފިލްމު ކޮޕީ ކުރުމުގެ ބަދަލުގައި ސަމާލުކަން ހޯދުމެވެ.

"އޭނާ ބޭނުންވީ އެންމެންނަށް ވުރެ ތަފާތު ވާން،" ޓޯކިޔޯ މިރާއީ ޔުނިވާސިޓީގެ ކްރިމިނަލް ސައިކޮލޮޖިސްޓް ޕްރޮފެސަރު ޔަސުކުޔި ޑެގުޗި ބީބީސީ އަށް ބުންޏެވެ.

ގިނަ އަދަދެއްގެ ކްރިމިނަލް ސައިކޮލޮޖިސްޓުންނާ އިންޓަވިއު ކުރުމަށް ފަހު ބީބީސީން ބުނީ އެއީ ނަފްސާނީ މައްސަލައެއް ހުރި "ސައިކޯޕެތެއްގެ" ހަމަލާއެއް ނޫން ކަމަށް އެންމެން ވެސް އެއްބަސް ކަމަށެވެ.

އެގޮތުން ނަފްސާނީ މައްސަތައް ހުންނަ މީހުން، އެއް ފަހަރާ ގިނަ ބަޔަކަށް ހަމަލާ ދިނުން ނާދިރެވެ. އެއާ ހިލާފަށް މިފަދަ އަމަލުތައް އާއްމުކޮށް ހިންގަނީ މުޖުތަމައުގައި "ބާކީވާ" މީހުންނެވެ.

"އިޖުތިމާއީ ގޮތުން އެކަހެރިވުން ނުވަތަ އިޖުތިމާއީ ގުޅުންތައް ކެނޑިގެން ދިޔުމަކީ އެއް ފަހަރާ ގިނަ ބަޔަކު މެރުމާއި އެހެން ސީރިއަސް ކުށްތަކަށް މަގުފަހިވާ ސަބަބެއް،" ސުކުބާ ޔުނިވާސިޓީގެ ޕްރޮފެސަރު ޓަކަޔުކި ހަރަޑާ ބުންޏެވެ.

"އެއީ ތިމާގެ މީހެއް، ލޯބިވާ މީހެއް، ވަޒީފާއެއް، އިޖުތިމާއީ ގުޅުމެއް ނެތް މީހުން. އެ މީހުން މުޖުތަމައު ދެކެ ފޫހިވެ، މުޖުތަމައުއާ މެދު ނަފުރަތު ކުރޭ. އެފަދަ ބައެއް މީހުން އަމިއްލަ އަށް މަރުވުމުގެ ވިސްނުން ގެންގުޅޭ."

"ޖޯކަރު" ހަމަލާ ދިން މީހާގެ މާ ބޮޑު ތަފްސީލެއް އަދި އާއްމުވެފައެއް ނުވެ އެވެ.

"ޖޯކަރު" ކޮސްޓިއުމްގައި ހުރެ ހަމަލާ ދިން މީހާ. -- ފޮޓޯ: އީޕީއޭ
"ޖޯކަރު" ކޮސްޓިއުމްގައި ހުރެ ހަމަލާ ދިން މީހާ. -- ފޮޓޯ: އީޕީއޭ

"ޖޯކަރު" ކޮސްޓިއުމްގައި ހުރެ ހަމަލާ ދިން މީހާ. -- ފޮޓޯ: އީޕީއޭ

މިދިޔަ އޯގަސްޓު މަހުން ފެށިގެން ޓޯކިޔޯގައި ސަބްވޭ ނިޒާމުގެ ތެރޭގައި މިގޮތަށް ތަފާތުން ތިން ހަމަލާއެއް ދީފައި ވެ އެވެ. އެހެންކަމުން ކުރިއާ ހިލާފަށް ނުރައްކާތެރި ކުށްތައް އިތުރުވަމުންދާ ކަމަށް ބައެއް މީހުން ބުނެ އެވެ.

ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ކޮވިޑު ބަލިމަޑުކަމާ ހެދި އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވެ، އިޖުތިމާއީ އެކަހެރިކަމުގައި އުޅެން ޖެހުމުގެ ސަބަބުން ނުރައްކާތެރި ހާލަތްތަކުގައި ތިބި މީހުންގެ ފަރާތުން މިފަދަ އަމަލުތައް ފެންނަ މިންވަރު އިތުރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox