ކުޑަކުދިންގެ ކޭސްތަކުގައި ދައުވާކުރުން: 82 ޕަސެންޓް ނުނިމޭ

ޕީޖީ ހުސެން ޝަމީމް ޕްރެސް ކޮންފަރެންސެއްގައި. -- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ޕީޖީ ހުސެން ޝަމީމް ޕްރެސް ކޮންފަރެންސެއްގައި. -- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ 82 ޕަސެންޓު މައްސަލަ ކޯޓުތަކުގައި ނިމިފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ މިދިޔަ ތިން އަހަރު ދުވަހު ތެރޭގައި ޖުމްލަ 409 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު 71 މީހެއްގެ މައްޗަށް 101 ދައުވާ ކޮށްފައިވާއިރު މިދިޔަ އަހަރު 158 މީހެއްގެ މައްޗަށް 192 ދައުވާ ކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި މި އަހަރު އޮކްޓޫބަރުގެ ނިޔަލަށް 83 މީހެއްގެ މައްޗަށް 116 ދައުވާ ކޮށް، ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"2019 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ގެނެވިއްޖެ. މި ބާވަތުގެ މައްސަލަތައް ވެސް މީހުން އިތުރު ކުރާ މިނަވަރު އިތުރު ވެއްޖެ. ހެކި ހޯދޭ ވަރުވެސް އިތުރު ވެއްޖެ. އަދި ކޯޓަށް ހުށަހެޅޭ ވަރުވެސް އިތުރުވެއްޖެ،" ކަމަށް ޕީޖީ ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރު 209 މީހުންގެ މައްޗަށް ހުށަހެޅުނު 409 ދައުވާ ހުށަހެޅިފައިވައިރު އޭގެ ތެރެއިން 82 ޕަސެންޓް މައްސަލަ އަދި ކޯޓުގައި ނުނިމި އޮތް ކަމަށް ޕީޖީ ވިދާޅުވި އެވެ.

ނިމިފައިވަނީ 17 މީހެއްގެ މައްޗަށް 21 މައްސަލައެކެވެ. އެއީ މިދިޔަ އަހަރުގެ 12 މައްސަލައަކާއި 2019 ވަނަ އަހަރުގެ ނުވަ މައްސަލައެކެވެ.

"އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަހަރު ނިމެންވާއިރަށް 140 ވަރަކަށް މީހުންގެ މައްސަލަ ނިންމާ ދައުވާ ކުރެވޭނެ ކަމަށް،" ޕީޖީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox