ގާނާ އަށް އުދަ އަރައި 3000 މީހުން ގެތައް ދޫކޮށް ދާން ޖެހިއްޖެ

ގާނާގެ އައްސޭރިފަށުގެ ސަރަހައްދަކީ ބިން ތިރިވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ހިސާބުތަކެއް. -- ފޮޓޯ: އޭއެފްޕީ

ގާނާގެ އައްސޭރިފަށުގެ ސަރަހައްދަކީ ބިން ތިރިވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ހިސާބުތަކެއް. -- ފޮޓޯ: އޭއެފްޕީ

ގާނާގެ ވޮލްޓާ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން 500 އަށް ވުރެ ގިނަ ގެއަށް އަސަރުކޮށް 3000 މީހުން އެހެން ތަންތަނަށް ބަދަލުވާން ޖެހިއްޖެ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ އަކީ ހުޅަނގު އެފްރިކާ އަށް އޮތް ކަންބޮޑުވުމެކެވެ. ގާނާގައި މިހާރު ވެސް ގިނަ ބަޔަކު އައްސޭރިފަށުގެ ސަރަހައްދުތައް ދޫކޮށް ވަނީ ހިޖުރަކޮށްފަ އެވެ.

ގާނާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޯގަނައިޒޭޝަނުން ބުނީ އުދަ އެރުމުގެ ސަބަބުން ތިން ޑިސްޓްރިކްޓެއްގެ ގެތަކަށް އެކިވަރުގެ ގެއްލުންވި ކަމަށެވެ. އެގޮތުން 522 ގެއަކުން 3000 އަށް ވުރެ ގިނަ މީހުން އެހެން ތަންތަނަށް ބަދަލުވާން ޖެހުނެވެ.

އެ އިދާރާ އިން ބުނީ ބައެއް ގެތައް އެއްކޮށް ހަލާކުވެފައި ވާއިރު ސްކޫލަކާއި ގަބުރުސްތާނަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މިއީ މި އަހަރު ގާނާ އަށް އުދަ އެރި ތިން ވަނަ ފަހަރެވެ. އަދި އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މި ފަހަރު އެވެ.

ގާނާގެ އައްސޭރިފަށުގެ ސަރަހައްދުގެ ދިގުމިނަކީ 550 ކިލޯމީޓަރެވެ. އެ ގައުމުގެ އާބާދީގެ ހަތަރު ބައި ކޮށްފައި އެއް ބައި މީހުން ދިރިއުޅެނީ އައްސޭރިފަށުގެ ހިސާބުތަކުގަ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އުދަ އެރުން އަވަސްވެ، އަރާ ރާޅުގެ ބާރު ގަދަވަމުން ދާތީ ގާނާ ސަރުކާރުން ވަނީ "ސީ ޑިފެންސް" މަޝްރޫއެއް ވެސް ފަށާފަ އެވެ.

އދ. އިން ބުނާ ގޮތުގައި އެފްރިކާގައި ވަރަށް ފަގީރު ހާލަތުގައި ދިރިއުޅޭ 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް މޫސުމީ ބަދަލުގެ ނުރައްކާތެރި އަސަރުތައް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox