ހަށިގަނޑަށް އެންމެ ފައިދާ ބޮޑީ ކޮން ޗީޒެއް؟

ހަށިގަނޑަށް އެންމެ ފައިދާ ބޮޑީ ކޮން ޗީޒެއް؟

ޗީޒްއަކީ އެއާ ނުލާ މީރު ކެއުމެއް ފުރިހަމަ ނުވާނެ ފަދަ ބާވަތެކެވެ. ޕާސްޓާ، ޕިއްޒާ, ބާގާ, ނުވަތަ ސީޒާ ސެލެޑަކަށްވެސް ހެޔޮ ވަރު ވަރަކަށް ރަހަމީރު ޗީޒެއް އެޅުމުން މުޅިން އެހެން ލެވަލް އަކަށް އެ ކެއުމެއްގެ ރަހަ ގެންގޮސްދެ އެވެ. ނަން ހުސްކޮސް އެކި ވައްތަރުގެ ޗީޒް މިހާރު އަހަރެމެންގެ ތެރޭގައިވެސް ލިބެން އެބަހުއްޓެވެ. އޭގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާ ބޮޑީ ކޮން ޗީޒެއް ހެއްޔެވެ؟

ރިކޯޓާ ޗީޒް

މި ސުވާލުގެ އެމެރިކާގެ ޑައިޓީޝަނުންތަކަކާއި ކުރެވުމުން ލިސްޓުގެ އެންމެ ކުރިއަށް އައި ޗީޒް އަކީ ރިކޯޓާ އެވެ. ރިކޯޓާ ގެ މާނައަކީ "އަލުން ކައްކާފައި" ވުމެވެ. މަޝްހޫރު ޑައިޓީޝަން ކާސްޓްރޯ މޯޓިލަރީ ބުނާގޮތުން އޮތެންޓިކް ރިކޯޓާ އަކީ ކިރު ނެގުމަށްފަހު ބާކީ ހުންނަ އެތިކޮޅުން ހަދާ ޗީޒް އެކެވެ. ރިކޯޓާގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ވޭ ޕްރޮޓީން އެވެ. މިއީ ހަށިގަނޑަށް ނަގައިގަތުމަށް އެންމެ ފަސޭހަ ޕްރޮޓީންއަށްވާއިރު މި މާއްދާގައި ގިނަ އަދަދަކަށް އެމިނޯ އެސިޑްސް ހިމެނެ އެވެ. އެހެންކަމުން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް, ބަރުދަން ލުއި ކުރުމަށް މިއީ ހަމަ އެއް ވަނަ އެވެ.

ހާޑް ޗީޒް

އެކަށީގެންވާ މިންވަރަކަށް ބޭނުންކޮށްފިނަމަ ދެން ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ބާވަތަކީ ހަރުކޮށް ހުންނަ ޗީޒް ތަކެވެ. މި ޗީޒްތަކުން އަހަރެމެންނާ އެންމެ ގާތްވާނީ އެކި ޕާސްޓާ ތަކަށާއި ސޫޕް އަދި ރިސޯޓޯތަކުގައި ބޭނުންކުރާ ޕާމަޒަން ޗީޒް އަށެވެ. ހަރުކޮށް ހުންނަ ޗީޒްތަކުގައި ފެން މަދުވެ ކޮންސަންޓްރޭޝަން ގިނަ ވުމުގެ ސަބަބުން ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވެ އެވެ. އެހެން ނަމަވެސް މިފަދަ ޗީޒްތަކުގައި ހިމެނޭ ސޯޑިއަމް ކޮންޓެންޓް ވެސް އިތުރުވާތީ ކެއުމުގައި ވީހާވެސް މެދުމިންވަރެއް އިހުތިޔާރުކުރުން އެދެވިގެންވެ އެވެ.

Advertisement

ބަރުދަން މެއިންޓެއިން ކުރުމަށް ޗީޒް

ކިރިޔާވެސް ބަރުދަނާ މެދު ސަމާލުވާނަމަ ޗީޒް އަކީ ގާތް ގުޅުމެއް ބާއްވަންޖެހޭ މުހިންމު ބާވަތެކެވެ. މިފަދަ ފަރާތްތައް ބޭނުންކުރަން ޖެހެނީ ޕްރޮޓީން އިން މުއްސަނދި އަދި ފެޓްސްގެ ބައި މަދު ޗީޒްގެ ބާވަތްތަކެވެ. މިގޮތުން ލައިޓް ސްވިސް ޗީޒް, ލައިޓް ޗެޑާ ޗީޒް އަކީ ބޭނުންކުރެވިދާނެ ބައެއް އޮޕްޝަންތަކެކެވެ.

ޑައިޓީޝަނުން ބުނާ ގޮތުގައި އަހަރެމެންގެ ކެއުމުގައި ހިމެނޭ ކޮންމެ 100 ކެލަރީއަކަށް 10 ގްރާމް ޕްރޮޓީންއެއް ކެއުމުގައި ހިމަނަންޖެހެ އެވެ. މިއީ ނިކަން ފަސޭހައިން އެކި ޗީޒްތަކުން އަހަރެމެންނަށް ލިއްބައިދޭނޭ އަދަދެކެވެ.

ނުކާންވީ ކޮން ޗީޒެއް؟

ޑައިޓީޝަނުންގެ ހިޔާލުގައި އެކި ކަހަލަ ޕްރޮސެސްޑް ޗީޒްއާ, ސްލައިސްޑް އެކި ޗީޒްތަކާޢި ދަޅުގައި ބަންދުކޮށްފައި ހުންނަ ޗީޒްތަކުގެ އިތުރަށް ފްރިޖަށްވެސް ލާންނުޖެހޭ ޗީޒް ބްލޮކްތަކަކީ ކޮންމެހެންވެސް ދުރުހެލިވާންޖެހޭ ބާވަތްތަކެކެވެ. ހަމައެޔާއެކު ފިތައިގެން އަންނަ ގޮތަށް ތައްޔާރުކުރެވިފައިވާ ޗީޒްތަކާއި އެމެރިކަން ޗީޒް އާއި ކްރީމް ޗީޒް ފަދަ ބާވަތްތަކުގައި ގިނައިން ހިމެނެނީ ފެޓްގެ ބާވަތްތަކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން މިފަދަ ބައެއް ތަކެތި ޗީޒްގެ ގޮތުގައި ކްލެސިފައި އެއްވެސް ނުކުރެ އެވެ.

ރޯ ނުވަތަ އަން ޕާސްޗަރައިޒްޑް ކިރުން ތައްޔާރުކުރާ ފެޓާ, ގޯޓް ޗީޒް ފަދަ ބާވަތްތަކަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮބައޮޓިކްސްވެސް ގިނަ އަދަދަކަށް ހިމެނޭ ބާވަތްތަކެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ކޮލިޓީ ރަނގަޅު ޗީޒްއަކީ އަގުބޮޑު އެއްޗެކެވެ. އެހެންކަމުން ގިނަ ބަޔަކަށް އަބަދުވެސް ބޭނުންކުރެވެނީ ކޮންމެވެސް ކަހަލަ ޕެކޭޖްޑް ޗީޒް އެކެވެ. އެހެން ނަމަވެސް މިފަދަ ހާލަތްކުގައިވެސް ވަކި މިންވަރަކަށް ޗީޒް ބޭނުންކުރަން ސަމާލުކަން ދޭން ޖެހެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox