ރައީސް ސޯލިހު ހައްޔަރު ކުރަން ސަލާމަތީ ބާރުތަކަށް އިދިކޮޅުން ގޮވާލައިފި

މިއަދު ބޭއްވި "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިން ބައިވެރިވަނީ. -- ފޮޓޯ: ޕީޕީއެމް

މިއަދު ބޭއްވި "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިން ބައިވެރިވަނީ. -- ފޮޓޯ: ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހައްޔަރު ކުރުމަށް އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮވަލައިފި އެވެ.

އެގޮތަށް ގޮވާލީ އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި "މިނިވަންކަމުގެ ދިފާއުގައި" ހިނގާލުމުގަ އެވެ.

އެ ހަރަކާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަދަ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

އެ ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމުގެ ހައްގުގައި، ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ތިބޭ ބައެއް ކަމަށެވެ.

"އެއީ ބޭރުން އަންނަ އުދުވާނީ ހަމަލާއަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިޔަސް، ގުދުރަތީ ކާރިސާއަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރަން ވިޔަސް އަދި ބަޔަކު ހިންގާ ނުބައި ޖަރީމާއަކުން ދިވެހި ގައުމު ސަލާމަތް ކުރަން ވިޔަސް (ތިބޭ ބަޔެއް ސިފައިންނަކީ)،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ވެރިން ވެރިކަމުގެ ގާނޫނީ އިމުން ބޭރުވެގެން ދާއިރު އެމީހުން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލާޒިމްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ނުވަދެއްޖެ ނަމަ އެމީހުން ހިފާ ހައްޔަރުކުރަން އެބަ ޖެހޭ. ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓްކައި އިބްރާހިމް މުހައްމަދު ސޯލިހު ހިފާ ހައްޔަރު ކުރުމަކީ މިއަދު ތިޔަ ބޭފުޅުން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވަނީ ދިވެހި ސިފައިންނަށް ގާނޫނީ ޒިންމާ އެ ބޭފުޅުން އަދާ ކުރައްވަން ގޮވާލާފަ އެވެ. އަދި ގައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށާއި އެންމެ ފުރަތަމަ ދިވެހި ގައުމާއި ދިވެހި ރައްޔިތުން އިސްކުރުމަށް ވެސް ގޮވާލެއްވެވި އެވެ.

އަބްދުއްރަހީމް ވަނީ އެމްޑީޕީގެ ބައެއް ބޭފުޅުން އިސްވެ ތިބެ ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެންނަން މަސައްކަތްކުރާތީ އެކަން ކުރިޔަ ނުދިނުމަށް ވެސް ސަލާމަތީ ބާރުތަކަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ އުސޫލަކީ މަޝްވަރާގެ އުސޫލުން ކަންކުރާ ނިޒާމު ކަމަށާއި އެ ނިޒާމަކީ މިއަދު ދުނިޔޭގައި ވެރިކަންކުރާ ނިޒާމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނިޒާމް ކަމަށެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް ބަރުލަމާނީ ނިޒާމަކީ ވެސް ޖުމްހޫރިއްޔަތުގެ ދަށުން ވެރިކަން ކުރާ ނިޒާމެކެވެ.

އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުން އަންނަ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖޭން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ އެއްބަސްވުންތައް ހާމަކޮށް، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވާލާ ހަރަކާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox