ބްރެޒިލުން ގަތަރު ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފި

Nov 12, 2021, 3:26 AM
ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ޕަކޭޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ޕަކޭޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސައޮޮ ޕައޮލޯ، ބްރެޒިލް (ނޮވެމްބަރު 12) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކޮލަމްބިއާ އަތުން 1-0 އިން މޮޅުވެ، ކޮލިފައިންގައި ބާކީ ހަ މެޗު އޮއްވައި ބްރެޒިލުން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓެއްގެ ގޮތުގައި އޮތް ގަތަރާ އެކު މިހާތަނަށް ކޮލިފައިން ބުރުން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފައިވަނީ ބްރެޒިލްގެ އިތުރުން ޔޫރަޕްގެ ކޮލިފައިން އިން ޖަރުމަނާއި ޑެންމާކް އެވެ.

ބްރެޒިލް ކޮލިފައިވީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެގެންނެވެ. ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕްގެ ޖާގަ ލިބޭއިރު، ދެ ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާ އެވެ. ތިން ވަނައިގައި 13 މެޗުން 20 ޕޮއިންޓާ އެކު އޮތީ އެކުއެޑޯ އެވެ. އަދި ހަތަރެއްގައި އޮތް ޗިލީ އާއި ފަހެއްގައި އޮތް ކޮލަމްބިއާ އަށް ވަނީ 13 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

މި ފަހަރުގެ ކޮލިފައިންގައި ބްރެޒިލް މޮޅުވިޔަނުދީ ހުއްޓުވީ މިދިޔަ މަހު ކޮލަމްބިއާ އިންނެވެ. މިދިޔަ މަހު ކޮލަމްބިއާގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ ނަތީޖާގެ ބަދަލު ހިފައި ރޭ އަމިއްލަ ގައުމުގައި ބްރެޒިލް ވަނީ ކޮލަމްބިއާ ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ބްރެޒިލުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. އަނެއްކޮޅުން ކޮލަމްބިއާ އިން ރަނގަޅު އެޓޭކްތަކެއް ކުރަން ކުރި މަސައްކަތް ބްރެޒިލް ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ.

ބްރެޒިލުން ކޮލަމްބިއާ އަތުން މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ، މެޗުގެ 72 ވަނަ މިނިޓްގައި ލޫކަސް ޕަކޭޓާ މި ގޯލު ޖެހީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނޭމާ ދިން ބޯޅަ އޭރިއާތެެރެއިން ޕަކޭޓާ ވަނީ އެއް ފަހަރުން ފޮނުވާލައިފަ އެވެ. ޕަކޭޓާ ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް ވަނީ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ އަތުގައި ޖެހިފަ އެވެ.

ޕަކޭޓާ ބުނީ މި ގޯލު ޖެހުމާ އެކު އޭނާ ގައުމީ ޓީމަށް ބޮޑު ކަމެއް ކޮށްދޭން ކުރަމުން އައި އެއް އުއްމީދު ހާސިލްވިވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox