ލަންކާއާ އެކު ސޮއިކުރާ އެމްއޯޔޫ އިން ދިވެހި ކުޅިވަރަށް ފައިދާވާނެ

Nov 11, 2021, 12:37 PM
ލަންކާ ސްޕޯޓްސް މިނިސްޓަރު ނަމާލް (ކ) އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް.

ލަންކާ ސްޕޯޓްސް މިނިސްޓަރު ނަމާލް (ކ) އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް.

ސްރީ ލަންކާ އާއި ރާއްޖޭގެ ދެމެދުގައި ގާއިމްކުރަން ނިންމާފައިވާ "ޔޫތު އެމްއޯޔޫ"ގެ ތެރެއިން ރާއްޖޭގެ ކުޅިވަރަށް ގިނަ އެހީތަކެއް ވާން ލަންކާ އިން އެއްބަސްވެއްޖެ އެވެ.

ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތާ ވަޑައިގެން މިނިސްޓަރު މަހުލޫފް މި ވަގުތު ލަންކާގައި ހުންނަވައި ދިވެހި ކުޅިވަރާއި ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދެއްވަން އަންނަނީ އެކި ފަރާތްތަކާ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. ދާދި ފަހުން މިނިސްޓަރު މަހުލޫފް ވަނީ ލަންކާގެ ސްޕޯޓްސް ކައުންސިލާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.

މިއަދު ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސައާ ބައްދަލުކުރައްވައި މަޝްވަރާ ކުރެވުނު ޔޫތު އެމްއޯޔޫގެ ތެރެއިން ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

އެމްއޯޔޫގެ ހަވާސާގެ ތެެރެއިން މި ވަގުތު ކުރަން ނިންމާފައިވާ ކަންތައްތަކަށް ބަލާއިރު، އަންނަ މަހު ލަންކާގެ ގައުމީ ވޮލީ ޓީމު ރާއްޖެ އަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އަންނަ ގޮތަށް ވަނީ މަޝްވަރާކޮށްފަ އެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ލަންކާގެ ގައުމީ ޓީމާ އެކު ރާއްޖޭގައި ވަނީ މެޗުތަކެއް ކުޅެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ސާފަރުންނާއި ލަންކާގެ ސާފަރުން އެކުވެ، ލަންކާގައި ފެސްޓިވަލެއް ބޭއްވުމަށް ވާހަކަ ދެކެވިފައިވާއިރު، އަންނަ ޖެނުއަރީ މަހު ލަންކާ އާއި ރާއްޖޭގެ ދެމެދުގައި ޖޫނިއާ ޓީޓީ މުބާރާތެއް ބޭއްވުމާއި ލަންކާގެ ބީޗްވޮލީ ޓީމު ރާއްޖެ ދަތުރުކުރުން ހިމެނެ އެވެ.

އެމްއޯޔޫގެ ތެރެއިން ލަންކާގެ އެހީގައި ރާއްޖޭގެ ދެ ލޯންގް ޑިސްޓެންސް ދުވާ އެތުލީޓުން ކެންޏާ އަށް ތަމްރީން ހެދުމަށް ފޮނުވަން ވަނީ މަޝްވަރާކޮށްފަ އެވެ. ކެންޏާ އަކީ ދިގު ރާސްތާ ދުވުމުގެ އެތުލީޓުން ތަމްރީން ކުރުމުގައި ފުންނާބު އުސް ގައުމެކެވެ.

ޒުވާނުން ބިނާކުރުމާއި ތަމްރީނު ކުރުމުގެ ބޭނުމުގައި ލަންކާ އާއި ރާއްޖޭގެ އެމްއޯޔޫގެ ތެރެއިން "ޔޫތު އެކްސްޗޭންޖް" ޕްރޮގްރާމެއް ވަނީ ރާވައިފަ އެވެ. މި ޕްރޮގްރާމަށް ރާއްޖޭގެ ޒުވާނުންގެ ޓީމެއް ލަންކާ އަށް އަންނަ ގޮތަށް ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ.

ދާދި ފަހުން ޔޫތު މިނިސްޓަރު މަހުލޫފް ބަހްރޭނަށް ކުރެއްވި ދަތުރުގައި ވަނީ އެ ގައުމާ އެކު ވެސް އެއްބަސްވުމެއް ހަދައި ދިވެހި ކުޅިވަރަށް ބޮޑެތި ފުުުރުސަތުތަކެއް ހޯދައިދޭން މަޝްވަރާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox