ރިޝްވާން ބަލިކޮށް އާކިފް ކުއާޓާގެ ފަހު ޖާގަ ހޯދައިފި

Nov 11, 2021, 6:00 AM
އިއްޔެ ކުޅުނު މެޗުގެ ތެރެއިން އާކިފް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިއްޔެ ކުޅުނު މެޗުގެ ތެރެއިން އާކިފް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ބެޑްމިންޓަން މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް މެޗުން މޮޅުވެ، މުހައްމަދު އާކިފް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި އިއްޔެ ފެށި 47 ވަަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި އިއްޔެ ހަވީރާއި ރޭ ދެ ވަނަ ޑިވިޝަނުގެ މެޗުތަކުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ކުޅުނީ އާކިފް އާއި ރިޝްވާން ޝިޔާމް ބައްދަލުކުރި މެޗު އެކަންޏެވެ.

ގަދަ 16 ބުރުގައި ރިވައިވަލް ސްޕޯޓްސްގެ ރިޝްވާންގެ މައްޗަށް އާކިފް ކުރިހޯދީ ފަހަތުން އަރަ އެވެ. ފުރަތަމަ ސެޓު 21-15 އިން ގެންދިޔައީ ރިޝްވާން އެވެ. އެކަަމަކު، ދެން ކުޅުނު ދެ ސެޓުގައި ކުޅުން ރަނގަޅުކޮށް އާކިފް ވަނީ މެޗުން މޮޅުވެފަ އެވެ. އާކިފް ސެޓުތައް ގެންދިޔައީ 13-21 އާއި 20-22 އިންނެވެ.

މާދަމާ ފިރިހެން ސިންގަލްސްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވާއިރު، ކުއާޓާގައި އާކިފް ބައްދަލުކުރަން ޖެހޭނީ ރިވައިވަލްގެ އައްފާން އަލީއާ އެވެ. އާކިފް އަކީ ގައުމީ ޓީމުގެ ޕޫލުގައި ހިމެނިގެން ރަނގަޅު ޓްރެއިިންތަކަކާ އެކުގައި ކުރިއެެރުން ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

އިއްޔެގެ މެޗުގެ ތެރެއިން ރިޝްވާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކުއާޓާގެ އެހެން މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން އަޖުފާން ރަޝީދު ނުކުންނާނީ މި ފަހަރުގެ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ޒަޔާން ޒަކީއާ ދެކޮޅަށެވެ. ދެ ވަނަ އަށް ސީޑްކޮށްފައިވާ ނިބާލް އަހުމަދު ކުޅޭނީ ރިވައިވަލް އިން ހައި ޕާފޯމަންސް ޓްރެއިނިން ހަދަމުން އަންނަ ހައިޝަމް އިބްރާހިމް އަލީއާ އެވެ. އަނެއް ކުއާޓާގައި އަހުމަދު ތޯއިފް މުހައްމަދު ނުކުންނާނީ އަހުމަދު ސާދިން ޖަލީލާ ދެކޮޅަށެވެ.

އަންހެން ފުރަތަމަ ޑިވިޝަނުގެ މެޗުތައް ކުޅޭނީ ސެމީ ފައިނަލާ ހަމައިންނެވެ. ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ނަބާހާ ބައްދަލުކުރާނީ އައިޝަތު އަފްނާން ރަޝީދުއާ އެވެ. ދެ ވަނަ ސެމީގައި ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބު ނުކުންނާނީ ރާއްޖެ އަށް އިންޓަނޭޝަނަލް ރަން މެޑަލެއް ގެނެސްދީފައިވާ އައިމިނަތު ނަބީހާއާ ދެކޮޅަށެެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ފިިރިހެން ސިންގަލްސްގައި 32 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ބައިގައި ވާދަކުރަނީ ތިން ކުޅުންތެރިންނެވެ.

ގައުމީ ބެޑްމިންޓަން މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން އަހަރީ ކަލަންޑަރެއް އެކުލަވާލައި ގައުމީ މުބާރާތް ތާވަލުކުރި ނަމަވެސް މުބާރާތް ނުބޭއްވުނީ ކޮވިޑާ ހެދި އައި މެދުކެނޑުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox