އެއްގަމު ދަތުރުފަތުރުގެ ޖޫރިމަނާގެ ޝަކުވާ ހުށަހަޅާ ގަވާއިދަށް އަމަލުކުރަން ފަށައިފި

ފުލުހެއް މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ. އެއްގަމު ދަތުރުފަތުރުގެ ޖޫރިމަނާއާ ގުޅިގެން 30 ދުވަސް ތެރޭ ޝަކުވާ ހުށަހަޅަން ދޭ ގަވާއިދެއް އިއްޔެ ވަނީ އާންމުކޮށްފަ-- ފޮޓޯ: އަދަދު

ފުލުހެއް މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ. އެއްގަމު ދަތުރުފަތުރުގެ ޖޫރިމަނާއާ ގުޅިގެން 30 ދުވަސް ތެރޭ ޝަކުވާ ހުށަހަޅަން ދޭ ގަވާއިދެއް އިއްޔެ ވަނީ އާންމުކޮށްފަ-- ފޮޓޯ: އަދަދު

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއާ ގުޅިގެން 30 ދުވަސް ތެރޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ގަވާއިދެއް އާއްމުކޮށްފި އެވެ.

އެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ ފަރާތަށް 30 ދުވަސް ތެރޭ އެ ޖޫރިމަނާއާ ވިދިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. ގަވާއިދުގައި ބުނަނީ ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ހައްގު ޖޫރިމަނާ ކުރެވިފައިވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އެހެން ނަމަވެސް، ގަވާއިދުގައި ބަޔާންކޮށްފައިވާ 30 ދުވަސް ފަހުން އެފަދަ ޝަކުވާއެއް ބަލައި ނުގަންނާނެކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ވަނީ ޖޫރިމަނާގެ ޝަކުވާ ހުށަހެޅޭނެ ސަބަބުތައް ބަޔާންކޮށްފަ އެވެ.

އެ ސަބަބުތަކަކީ:

  • ގާނޫނުގެ ދަށުން ޖޫރިމަނާއެއް ކުރެވިދާނެކަމުގައި ބަޔާންކޮށްފައިނުވާ ހާލަތެއްގައި ކަމަށް ވުން.
  • ގާނޫނުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ހާލަތު ނުވަތަ ސަބަބު ހަގީގަތުގައި މެދުވެރިވެފައި ނެތުން.
  • ގާނޫނުގެ ޖޫރިމަނާ ކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއް ޖޫރިމަނާކޮށްފައި ވުން.
  • ގާނޫނާ ހިލާފް އަމަލަކާ ގުޅިގެން ކުރި ޖޫރިމަނާގެ އަދަދު ސައްހަ ނުވުން.

ބަޔާންކޮށްފައިވާ މި ސަބަބުތައް ނޫނަސް ގާނޫނާ ހިލާފު އަމަލު ހިނގާފައިވަނީ ޖޫރިމަނާކުރެވުނު ފަރާތުގެ އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައި ވާނަމަ، އެ ޝަކުވާއެއް ބެލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެ ފޯމުގައި ޖޫރިމަނާ ކުރި ތާރީހާއި އަދަދާއި ސަބަބުގެ އިތުރުން ޝަކުވާގެ ސަބަބު ވެސް ބަޔާންކުރުމަށް ބުނެ އެވެ. އަދި ޖޫރިމަނާކޮށްފައިވަނީ އުޅަނދަކާ ގުޅިގެންނަމަ އެ އުޅަނދެއްގެ ރެޖިސްޓްރޭޝަން މައުލޫމާތު ވެސް ހުށަހަޅަން ބުނެ އެވެ. ލައިސެންސްއާ ގުޅިފައިވާނަމަ އެ ލައިސެންސްގެ މައުލޫމާތު ވެސް ހުށަހަޅަން ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ޝަކުވާ ފޯމުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވާނަމަ، ހުށަހެޅި ފަރާތަށް އެންގުމަށްފަހު އެ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

މިނިސްޓްރީގެ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް 10 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ޝަކުވާއާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ފަހު އެ ޝަކުވާއާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި މުރާޖައާ ކޮމިޓީއަށް ތިން ދުވަސް ތެރޭ ފޮނުވުމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

titledesc

ކޮމިޓީން ޝަކުވާ ބެލުމަށްފަހު އެ މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ނުވަތަ ނޫންކަމަށް ނިންމިދާނެކަމަށް ގަވާއިދުގައި ބުނެ އެވެ.

އަދި ޝަކުވާއެއް ބެލުމަށްފަހުގައި، ޖޫރިމަނާ ކޮށްފައިވާ އަދަދު ބަދަލުކުރުން ނުވަތަ ޖޫރިމަނާ ކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއް ޖޫރިމަނާ ކުރުން ފަދަ، ޖޫރިމަނާއަށް ބަދަލުގެނައުމުގެ ނިންމުމެއް ނިންމުމުގެ ބާރު ކޮމިޓީއަށް ލިބިފައިވާކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

ކޮމިޓީން މިފަދަ ނިންމުމެއް ނިންމާނީ، ޝަކުވާ ހުށަހެޅުމުގެ އަސާސް ފުރިހަމަވާ މިންވަރަށް ބެލުމަށް ފަހު ކަމަށް ގަވާއިދުގައި ވެ އެވެ. އަދި ކޮމިޓީން ޖޫރިމަނާއެއް ބާތިލުކޮށްފި ހާލަތެއްގައި އެ ޖޫރިމަނާއާ ވިދިގެން އެޅި އިތުރު ފިޔަވަޅުތައް ވެސް ބާތިލުވާނޭކަމަށް ގަވާއިދުގައި ބުނެ އެވެ. އެގޮތުން ލައިސަންސް ހިފެހެއްޓުން ނުވަތަ އުޅަނދު ޓޯ ކުރުން ފަދަ ފިޔަވަޅުތައް އޭގެ ދަށުން ހިމެނޭނެ އެވެ.

މި ގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox