ފުރަތަމަ 60 މިނިޓްގައި ފެނުނީ އަހަރެން ބޭނުންވި ފުޓްބޯޅަ: ގައުމީ ކޯޗު މޮރިއޭރޯ

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސްރީ ލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްނަގާފައިވަނިކޮށް 4-4 އިން މެޗު އެއްވަރުވިއިރު، މެޗުގެ ފުރަތަމަ 60 މިނިޓް ތެރޭ ރާއްޖެ ޓީމުގެ ފަރާތުން ފެނުނީ އޭނާ ބޭނުންވި ފުޓްބޯޅަ ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މޮރިއޭރޯ ހަވާލުވެ، ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ރާއްޖޭން ވަނީ 58 މިނިޓް ތެރޭ ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެއީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުތަކުންނެވެ. ލަންކާ އިން އެއްވަރުކުރީ ފަހު 25 ވަރަކަށް މިނިޓް ތެރޭ އެ ޓީމުގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ. ވަސީމަކީ މިދިޔަ އަހަރު ލަންކާ ޕާސްޕޯޓް ދީގެން އެ ޓީމަށް ކުޅުވަން ފެށި ކުޅުންތެރިއެކެވެ. އޭނާ ކުރިން އުޅުނީ ޖަރުމަނުގަ އެވެ. ޖަރުމަނުގެ ދަށް ޑިިވިޝަނުގެ ޓީމުތަކަށް ކުޅެފައިވެ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު މޮރިއޭރޯ ބުނީ މެޗުގެ ފުރަތަމަ 60 މިނިޓް ތެރޭ ފެނުނީ އޭނާ ބޭނުންވި ފުޓްބޯޅަ ކަމަށާއި ފަހުން ހިނގާދިޔަ ކަންތައްތަކީ އޭނާ ވެސް ގައުމީ ކުޅުންތެރިއަކު އަދި ދިވެހި އެއްވެސް ސަޕޯޓަރަކު ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.

"ފުރަތަމަ 60 މިނިޓް ބޭނުންވި ގޮތަށް ކުޅެފި. އަހަރެން ޓްރެއިނިންގައި ކިޔައިދިން ގޮތަށް މި ޓީމު ލައްވައި ކުޅެން ބޭނުންވާ ފުޓްބޯޅަ ކުޅުނީ. އެކަމަކު، މި މެޗުން ދަސްކުރަން ޖެހޭ ފިލާވަޅަކީ 60 މިނިޓުން ކަމެއް (މެޗެއް) ނުނިމޭނެކަން. 90 މިނިޓްގެ ގޭމެއް ފުޓްބޯޅަ އަކީ. އަހަރެެމެން ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ފިޓްނަސް އަށް. ފަހުން މި ފެނުނީ ފިޓްނަސްގެ ކަންކަމޭ ބުނެވޭނީ،" ޓްރާންސްލޭޓަރެއްގެ އެހީގައި މެޗުން ވި ގޮތާ ބެހޭގޮތުން މޮރިއޭރޯ ބުންޏެވެ.

މިދިޔަ މަހު ރާއްޖޭގައި ކުޅުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އިން ވަނީ ރާއްޖެ ލަނޑެއް ޖެހިޔަނުދީ 0-0 އިން އެއްވަރުކޮށްފަ އެވެ. ލަންކާ އަތުން ރާއްޖެ ވަނީ 2013 ވަނަ އަހަރު 10-0 އިން މޮޅުވެފަ އެވެ.

ލަންކާ އިން ފަހަތުން އަރައި އެއްވަރުކުރުމުން އެއީ ބަލިވުމެއް ފަދަ ނަތީޖާއެއްގެ ގޮތުގައި ނުދެކެންތޯ ސުވާލުކުރުމުން މޮރިއޭރޯ ބުނީ މި ނަތީޖާއާ މެދު "ޖަޒުބާތީ ވިސްނުމަކުން" އޭނާ ނުދެކޭނެ ކަމަށެވެ.

"އަހަރެމެން ޖަޒުބާތީ ވިސްނުމަކުން މި މެޗަށް ނުބަލަން. ފުޓްބޯޅަ އަކީ ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭ ކުޅިވަރެއް. އެކަމަކު ވަރުބަލިވީމަ އެ ބޭނުންވާ ވިސްނުމެއް ވެސް ނާންނާނެ. މިއީ ނަތީޖާ އަކީ ބަލިވުމެއް ނޫން. މިއީ ޕޮއިންޓެއް މިއީ ފެށުމަކަށް ބަލައިގެން ކަންކަން ރަނގަޅުކުރަންވީ،" މޮރިއޭރޯ ބުންޏެވެ.

"މި މެޗުން އަހަންނަށް 60 މިނިޓް ތެރޭ އެ ފެނުނު ފުޓްބޯޅައިން ލިބުނު އުއްމީދަކީ އަދި މި ޓީމަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭނެކަން. އަހަރެން މި މުޅި ޓީމާ އެކު ރަނގަޅަށް މި ޓްރެއިނިން ކުރީ 10 ވަރަކަށް ދުވަހު،"

ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދިން ސަޕޯޓް ޓީވީން ފެނުނު ކަމަށާއި އެހެންވެ، މިއަދުގެ މެޗުގައި ވެސް ދިވެހި ސަޕޯޓަރުންގެ އެ ފަދަ މަންޒަރުތަކެއް ފެންނާނެ ކަމަށް މޮރިއޭރޯ އުއްމީދުކުރެ އެވެ.

ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުން މޮޅެއް ނުހޯދުނަސް މޮރިއޭރޯ ސަޕޯޓަރުންނަށް ދިން ޔަގީންކަމަކީ މި ޓީމު "މެޗަކަށް ވުރެ މެޗެއް" ކުޅުމާއި ނަތީޖާ ރަނގަޅު ކުރާނެ ކަމެވެ.

މިއަދުގެ މެޗަކީ ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗެއް ނަމަވެސް ފަހުން މިއަދު ކުޅޭ ގޮތަށް ބަދަލުކުރީ އިއްޔެ ލަންކާ އަށް މޫސުން ގޯސްވުމުންނެެވެ.

ހަތަރު ގައުމުގެ މެދުގައި ކުޅޭ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ސީޝެލްސްއާ ކުޅޭނެ އެވެ. ލީގު ބުރު ނިމޭއިރު ފަދަ ދެ ޓީމުގެ ތެރޭގައި ހިމެނިއްޖެނަމަ ރާއްޖޭން ފައިނަލް ކުޅޭނީ މި މަހު 19 ވަނަ ދުވަހު އެވެ. އެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox