ހަތަރު ގޯލުގެ ލީޑެއްގައި އޮތް ރާއްޖެއާ ލަންކާ އިން އެއްވަރުކޮށްފި

ހަތަރު ގޯލު ޖެހި ލަންކާގެ ވަސީމް (ވ) އަތުން ބޯޅަ ހޯދަން ރާއްޖޭގެ ހައިޝަމް މަސައްކަތްކުރަނީ.-- ފޮޓޯ: ލަންކާ ފުޓްބޯޅަ ފެޑެރޭޝަން

ހަތަރު ގޯލު ޖެހި ލަންކާގެ ވަސީމް (ވ) އަތުން ބޯޅަ ހޯދަން ރާއްޖޭގެ ހައިޝަމް މަސައްކަތްކުރަނީ.-- ފޮޓޯ: ލަންކާ ފުޓްބޯޅަ ފެޑެރޭޝަން

ސްރީ ލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އިން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި 4-4 އިން ލަންކާ މެޗު އެއްވަރުކޮށްފި އެވެ.

ގައުމީ ޓީމާ ހަވާލުވި އާ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ފުރަމަ މެޗުގައި ރާއްޖޭން ބޮޑު ލީޑެއްނެގިއިރު، އެ ލީޑު ހިފަހައްޓާނުލެވުނެވެ. މިދިޔަ މަހު މާލޭގައި ކުޅުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ލަންކާ ބަލިކުރީ 1-0 އިންނެވެ..

މި މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ވަނީ ޒުވާން ކީޕަރު ނާޖިހު އަލީ (ނާޖީ) ހިމަނައިފަ އެވެ. މިއީ ގައުމީ ޖޯޒީގައި އޭނާގެ ފުރަތަމަ ރަސްމީ މެޗެވެ. މީގެ ކުރިން ކުޅުނު ހަމައެކަނި މެޗަކީ ގަަތަރު ކޭމްޕްގައި ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗުގައި އޭނާ ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފޯ ނޭޝަންސް ކަޕްގައި އަނިޔާގެ ސަބަބުން ރާއްޖޭގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް ނުކުޅެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެއްވެސް މެޗެއްގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި މުހައްމަދު އުމެއިރަށް ފުރުސަތު ނުލިބެ އެވެ. އެކަމަކު، މި މެޗުގައި އޭނާ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ނުވަ މިނިޓް ތެރޭ ރާއްޖޭން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ގޯލު އަށް ވަނަ މިނިޓްގައި ޖެހީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. އުމެއިރު އޯވަހެޑް ކިކަކުން ޖެހި ބޯޅައެއް ލަންކާ ކީޕަރު ސުޖަން ޕެރޭރާ ކޯނަރަކަށް ލިބުނު ކޯނަރަކުން، އެ ކޯނަރުގައި ދަގަނޑޭ ތަނަަވަސްކޮށްދިން ފުރުސަތެއްގައި އަކޫ މި ގޯލު ޖެހީ ބޮލުން ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އޭގެ މިނިޓެއް ފަހުން ލަންކާގެ ޑިފެންސްގެ ތެރެއިން ހުސްވި ޖާގައެއްގެ ތެރެއިން ލިބުނު ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖޭގެ ލީޑުފުޅާކޮށްފަ އެވެ. ސެންޓޭ ބޯޅަ ފޮނުވާލި ތިރިތިރިން ގޯލުގެ ކަނަށެވެ.

ލަންކާ އިން މެޗުގެ ތެރެއަށް މަޑުމަޑުން ވަދެ ތިން އެޓޭކެއް ކުރި އެވެ. ލަންކާގެ ޗަމޯދު ދިލްޝާން ބޮލުން ޖެހި ބޯޅަ އަރިމަތިން ބޭރުން ދިޔައިރު، އެ ޓީމުގެ ފޯވާޑް ޑިލޮން ޑި ސިލްވާ ޖެހި އެއް ބޯޅަ ބޭރަށް ދިޔަިއިރު، އަނެއް ހަމަލާ ކީޕަރު ނާޖީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅައަކުން ފޭދޫ އިއްބެ ވަނީ ރާއްޖޭގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަރިމަތިން ލަންކާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ރާއްޖެ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ދަގަނޑޭ ވަނީ ތިރިތިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ލަންކާއާ ދެކޮޅަށް ދަގަނޑޭ ކުޅުނު ފަސް މެޗުގެ ތެރެއިން ޖެހި ނުވަ ވަނަ ގޯލެވެ.

އެކަމަކު، އޭގެ ފަހުން މަންޒަރު އެއްކޮށް ބަދަލުވީ ރާއްޖޭގެ ފަހަތުން ހުސްވި ޖާގަތަކުގެ ބޭނުންހިފައި ލަންކާ އިން ފުލުފުލުގައި ތިން ގޯލު ޖެހުމުންނެވެ. ލަންކާ އިން ތިން ގޯލު ޖަހައި އެ ޓީމުގެ އަހުމަދު ވަސީމް ރަޒީކް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ތިން ގޯލު ޖަހަން ވެސް ފުރުސަތު ދިނީ ޑިލޯން އެވެ. އޭނާ އަކީ އިންގްލެންޑްގެ ކިއުޕީއާރް ޔޫތު ޓީމަށް ކުޅޭ ކުޅުންތެރިއެކެވެ.

އޭގެ ފަހުން ރާއްޖޭން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) ވަނީ ކުޅެން އަރުވައިފަ އެވެ. އެކަމަކު، ދެން ރާއްޖެ އަށް ލިބުނު އެއްވެސް ފުރުސަތެއްގައި ބޭނުމެއް ނުކުރެވުނެވެ.

ލަންކާ އިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓްގެ ތެރޭގަ އެވެ. ކޯނަރެއްގައި ލަންކާ ކުޅުންތެރިއަކު ބޮލުން ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ވަސީމް ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މި މެޗުގައި ހަތަރު ގޯލު ޖެހި ވަސީމަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ.

ވަސީމް އަކީ މީގެ ކުރިން ޖަރުމަނުގެ ދަށް ޑިވިޝަނުގެ ޓީމުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ލަންކާ ޓީމަށް ކުޅެނީ ވަރަށް ފަހުން އެ ގައުމުގެ ރަށްވެހިކަން ހޯދައިގެންނެެވެ. ވަސީމް ވަނީ މެޗުގައި ޖެހި ގޯލުތައް އޭނާގެ މަންމަ އާއި ބައްޕަ އަށް ހާއްސަކޮށްފަ އެވެ. މެޗު ބަލަން ވަސީމްގެ އާއިލާ މެމްބަރުން އައީ ޖަރުމަނުންނެވެ.

މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ އެވެ. ފޯ ނޭޝަންސް ކަޕްގެ ޓްރޮފީ ލޯންްޗް ކޮށްދެއްވީ ރައީސް ސޯލިހު އެވެ.

ރާއްޖޭން ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ރާއްޖޭން ލީގު ބުރުގެ ފަހު މެޗުގައި މި މަހު 16 ވަނަ ދުވަހު ސީޝެލްސްއާ ކުޅޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox