ކުށުގެ ވެށީގައި ގިނައިން އުޅެނީ އާއިލާ ރޫޅިފައިވާ ކުދިންނާއި ސްކޫލަށް ނުދާ ކުދިން ކަމަށް ދައްކައިފި

މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި ކުދިންތަކެއް. ކުޑަކުދިންނާ ގުޅޭ ކުށުގެ މައްސަލަތަކުގެ ގޮތުގައި 88 މައްސަލައެއް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ ހުށަހަޅާފަ.

މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި ކުދިންތަކެއް. ކުޑަކުދިންނާ ގުޅޭ ކުށުގެ މައްސަލަތަކުގެ ގޮތުގައި 88 މައްސަލައެއް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ ހުށަހަޅާފަ.

މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އަށް ކުޑަކުދިންނާ ގުޅިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންނަކީ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނާއި ސްކޫލަށް ނުދާ ކުދިން ކަމަށް އެ ޑިޕާޓްމެންޓުން ބުނެފި އެވެ.

ޑީޖޭޖޭއިން އާންމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ޑިޕާޓްމެންޓަށް ހުށަހެޅުނު މައްސަލަތަކުގެ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ޑިޕާޓްމެންޓަށް ވަނީ 88 މައްސަލަ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ މައްސަލަތަކުގެ 37 ޕަސަންޓު ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށެވެ. އަދި 20 ޕަސަންޓު ކުދިން ނިސްބަތް ވަނީ ގުޅިފައިވާ އާއިލާތަކަށް ކަމަށާއި 14 ޕަސަންޓު ކުދިންނަކީ ޝަރުއީގޮތުން ބައްޕަ ނެތް ކުދިން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.

"މިއަހަރުގެ ހަ މަސްދުވަހަށް ބަލާލާއިރު ،ޝަރުއީ ބައްޕަ ނެތް ކުދިން ކުށުގެ ވެށީގައި އުޅޭކަން ފާހަގަ ކުރެވޭއިރު ކައިވެނި ރޫޅިފައިވާ އާއިލާތަކުގެ ކުދިން ކުށުގެ ވެށީގައި ގިނަކަން ފާހަގަކުރެވެ އެވެ،" ޑީޖޭޖޭގެ ރިޕޯޓުގައި ވެ އެވެ.

ޑީޖޭޖޭއިން ބުނީ، އާއިލީ ހާލަތުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅާލުން ނުދެވި ކުދިންގެ އުޅުން އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވާކަމަށެވެ. އަދި ކުށުގެ ވެށީގައި އުޅޭ ބޮޑެތި މީހުންނަށް އެކުދިންގެ ނާޖާއިޒު ފައިދާ ނަގަން ލިބޭ ފުރުސަތު ވެސް މިކަންކަމުގެ ސަބަބުން އިތުރުވެގެންދާކަމަށް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

"މިގޮތުން، ބައެއް ކުދިންގެ އާއިލީ ހާލަތަށް ބަލާއިރު މައިންބަފައިން ކުށްކުރުމާއި ކުށުގެ ވެށީގައި އުޅުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރުމާއި، ހަށިވިއްކުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަ ކުރެވޭ،" ޑީޖޭޖޭގެ ރިޕޯޓުގައި ބުނެ އެވެ.

ހަމަ އެ ރިޕޯޓުގައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 34 ކުދިންނަކީ ތަފާތު އެކި ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ ކުދިންކަން ވެސް ފާހަގަކޮށްފަ އެވެ. އަދި ބާކީ ހިމެނެނީ ސްކޫލުގައި އުޅޭ 24 ކުދިންގެ މައްސަލައާއި ސްކޫލު ނިންމާފައިވާ 13 ކުއްޖެއްގެ މައްސަލަ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

"ސުކޫލަށް ނުދާ ކުދިންނަށް ބަލާއިރު، އެންމެ ގިނައިން ސްކޫލަށް ދިއުން ހުއްޓާލާފައިވަނީ ގްރޭޑު 9 ކުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ގްރޭޑެއްގެ ގޮތުގައި ފާހަގަވަނީ ގްރޭޑު 8 އަދި ގްރޭޑު 10 އެކެވެ،" ޑީޖޭޖޭގެ ރިޕޯޓުގައި ބުނެ އެވެ.

ޑީޖޭޖޭއިން ފާހަގަކުރި ގޮތުގައި ސްކޫލު ނިންމާފައިވާ ކުދިން ކުށުގެ ވެއްޓަށް ދާ މިންވަރު ވެސް ވަނީ އިތުރުވާން ފަށާފަ އެވެ. ކުދިންގެ އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތައް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

ކުދިން ކުރާ ކުށުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފާހަގަވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުން އަދި އަތުގައި ބެހެއްޓުމުގެ މައްސަލަތަކާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީގެ މައްސަލަތައްކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުނެ އެވެ.

އެ ރިޕޯޓުގައި ވަނީ އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިންނާ ގުޅިގެން މަސްތުވާތަކެތި އަތުގައި ބެހެއްޓުމާއި ގެންގުޅެ ބޭނުންކުރުމުގެ އަށް މައްސަލައެއް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައިވާކަމަށް ބުނެފަ އެވެ. އަދި ބޮޑެތި މާރާމާރީތަކާ ގުޅޭ ހަތް މައްސަަލައެއްގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދެ މައްސަލައެއް ވެސް ވަނީ އެ ޑިޕާޓްމެންޓަށް ހުށަހަޅާފަ އެވެ.

އޭގެ އިތުރުން މީހަކު މެރުމާ ގުޅޭ މައްސަލައެއް ވެސް އެ ޑިޕާޓްމެންޓަށް ވަނީ ހުށަހަޅާފަ އެވެ. މަރުގެ އިންޒާރު ދިނުމުގެ އެއް މައްސަލަ އަދި ފޭރުމުގެ ދެ މައްސަލައެއް ވެސް އެ ޑިޕާޓްމެންޓަށް ވަނީ އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފަ އެވެ. އެފަދަ ގިނަ މައްސަލަތަކުގައި ހިމެނެނީ ފިރިހެން ކުދިންކަމަށް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

އަންހެންކުދިންނާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ޝަރުއީ ކައިވެންޏަކާއި ނުލާ ބަލިވެއިނުން، އަމިއްލަ ނަފްސައް ގެއްލުން ދިނުމާއި އަދި ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން ފަދަ މައްސަލަތައް ހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޑީޖޭޖޭއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލު.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޑީޖޭޖޭއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލު.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޑީޖޭޖޭއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލު.

ޑީޖޭޖޭގެ ރިޕޯޓުގައި ވަނީ އެ އުމުރުފުރައިގެ ކުދިންނާ ގުޅޭ ގިނަ މައްސަލަތައް ހުށަހެޅިފައިވަނީ އަތޮޅު ތެރޭ ރަށްތަކުން ކަމަށެވެ. އެ ގޮތުން މިދިޔަ ހަ މަސް ދުވަސްތެރޭ ގާނޫނާއި ހިލާފްވެގެން 88 ކުއްޖެއްގެ މައްސަލަ އެ ޑިޕާޓްމެންޓަށް ހުށަހެޅިއިރު 61 މައްސަލައަކީ އަތޮޅުތެރެއިން ހުށަހެޅުނު މައްސަލަތައް ކަމަށް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

"2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޑީޖޭޖޭއަށް އެންމެ ގިނައިން މައްސަލަ ހުށަހެޅިފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 61 މައްސަލައެކެވެ. މާލެ ސިޓީ ސަރަޙައްދުން ހުށަހެޅިފައިވަނީ 27 މައްސަލަ،" އެ ރިޕޯޓުގައި ބުނެ އެވެ.

އަތޮޅުތެރެއިން އެންމެ ގިނަ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ ފުވައްމުލައް ސިޓީ އާއި ށ. އަދި ފ. އަތޮޅުން ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އެހެންނަމަވެސް ޑީޖޭޖޭއިން ބުނީ، މި އަހަރު ރިޕޯޓުކުރި މައްސަލަތަކުގެ އަދަދުތަކަށް ބަލާއިރު ކުއް ތަކުރާރުކުރާ އަދަދު ބޮޑުތަނުން މަދުވެފައިވާކަމަށެވެ. ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުންނަމަ ކުށް ތަކުރާރުކުރާ އަދަދު ވަނީ 127 އިން 48 އަށް މަދުވެފަވާކަމަށް ބުނެފަ އެވެ.

އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅުނު 88 މައްސަލައަކީ، މިދިޔަ އަހަރާ އަޅާކިޔާއިރު ވެސް ބޮޑު ތަނުން މަދު އަދަދެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ. އެގޮތުން އެ ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ 177 މައްސަލައެއް ޑީޖޭޖޭއަށް ހުށަހަޅާފަވާ ކަމަށް ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox