ބަޖެޓުކުރާ ކަންކަން ތަންފީޒު ނުވާތީ ބަރުލަމާނީ ނިޒާމަށްދާން ގޮވާލައިފި

ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ކޮންމެ އަހަރަކު ތަކުރާރުކޮށް ދައުލަތުގެ ބަޖެޓުގައި ހިމަނާ މަޝްރޫއުތަކާއި ހިދުމަތްތައް ރައްޔިތުންނަށް ނުދެވެނީ ދައުލަތުގެ ވަޒީރުންގެ ސަބަބުން ކަމަށާއި ބަރުލަމާނީ ނިޒާމެއްގައި އެފަދަ ކަމެއް ނުހިނގާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ ބަޖެޓުގައި ކޮންމެ އަހަރަކު ހިމަނައި ކަންކަން ތަންފީޒުނުވާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އެގޮތުން މިއަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއަށް ހިމެނިކަންކަން ވެސް ތަންފީޒު ނުވާކަން ފާހަގަކުރައްވައި އޭނާ ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

ޝަހީމް ތުހުމަތުކުރެއްވި ގޮތުގައި އެ މަޝްރޫއުތަކާއި ހިދުމަތްތައް ނުދެވުމުގެ ޒިންމާ ނަގަންޖެހޭނީ ދައުލަތުގެ ވަޒީރުންނެވެ. އެކަން އެގޮތަށް މެދުވެރިވަނީ ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު ވުޒާރާތައް ހިންގުމުގައި ތިބޭތީކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"މިއީ އަސްލު ހަގީގަތުގައި އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަކަށް ދާންޖެހޭ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑުމެންނަށް މި ބަޖެޓުން ވަރަށް ސާފުކޮށް (އެކަން) ފެނިގެންދަނީ. އެއީ ރައްޔިތުންނަށް ޖަވާބުދާރީވާންނުޖެހޭ ބަޔެއްގެ އަތް މައްޗަށް މިކަންކަން ދޫކޮށްލަންޖެހުމުގެ ނަތީޖާ،" ޝަހީމް ހަރުއަޑުން ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެވާހަކައަށް ތާއީދުކުރައްވައި އަތްތިލަބަޑި ޖައްސަވައިފަ އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އިހުތިރާމާއި ލޯބި އެންމެ ބޮޑަށް ލިބިފާވަނީ އެ ރައްޔިތުން ތަމްސީލުކުރައްވާ މަޖިލީހުގެ މެމްބަރުންނެވެ.

މަޖިލީހުގެ މެމްބަރުންނަށް ބާރެއް ނެތް ގޮތަށް ކަންކަން އޮތުމުގެ ނަތީޖާއަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިކަންކަން ވެސް ތަންފީޒުނުވުންކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"...އަޅުގަނޑުމެން މިއުޅެނީ އަސާސީ ކަންކަން ތަންފީޒު ނުވެގެން. އަޅުގަނޑުމެން މިވާހަކަ ދައްކަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީ. އަޅުގަނޑުމެން މިއުޅެނީ ފެނާއި ނަރުދަމާ ކަނޑިތީމު ދާއިރާގެ ރައްޔިތުންނަށް ހޯދައި ނުދެވިގެން،" ޝަހީމް ތުހުމަތުކުރެއްވި އެވެ.

ނަމަވެސް "ބާރާއި ނުފޫޒު" ހުރި މެމްބަރުންގެ ދާއިރާތަކަށް ހުއްޓުމެއްނެތި މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ގެނައުމުގެ ވިސްނުން

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ.

އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

އެއާއެކު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ތާއީދާއެކު ޕާޓީގެ ތެރެއިން ދަނީ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox