ދަގަނޑޭ ނާރުވަން ލަންކާ ނޫސްވެރިޔާ އެދުނީ ކީއްވެ؟

Nov 9, 2021, 3:39 AM
ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ދެކުނު އޭޝިއާ ސަރަަަހައްދުގައި މިދިޔަ ފަނަރަ ވަރަކަށް އަހަރު އިންތިޒާމްކުރާ މުބާރާތެއްގައި ރާއްޖެ ވާދަކުރާނަމަ އެންމެ ގަދަޔަށް ވާހަކަ ދެކެވޭ އެއް ކުޅުންތެރިޔަކީ ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)ގެ ވާހަކަ އެވެ. މިއަދު ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އާއި ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗަށް ވެސް ދަގަނޑޭއާ ބެހޭގޮތުން ސުވާލުތަކެއް އަމާޒުވި އެވެ.

މީގެ ތެރެއިން ރާއްޖޭގެ ގައުމީ ކޯޗު މޮރިއޭރޯ ކައިރިން ސުވާލެއް އެހުމުގެ ބަދަލުގައި ލަންކާގެ ނޫސްވެރިއަކު ކުރީ ރިކުއެސްޓެކެވެ. އޭނާ އެދުނީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ދަގަނޑޭ، 36, ނާރުވާ ކުޅެވޭނެ ގޮތެއް އޮންނާނެ ތޯ އެވެ.

"އަލީ އަޝްފާގު ވަނީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ލަނޑު ޖަހާފައި. އޭނާ ނުހިމަނައި މި މެޗު (ފޯ ނޭޝަންސް ކަޕްގެ ފުރަތަަމަ މެޗު) ކުޅެވޭނެ ގޮތެއް އެބައޮތް ތަ؟." ލަންކާގެ ނޫސްވެރިޔާ ކުރި ރިކުއެސްޓްގައި އެހީ މިހެންނެެވެ.

މޮރިއޭރޯ ބުނީ ރާއްޖޭގައި ޓީމުގައި މެޗުގެ ނަތީޖާ ބަދަލުކޮށްލަން ހުރީ ހަމައެކަނި ދަގަނޑޭއެއް ނޫން ކަމަށެވެ. އަދި ޓީމުގައި ތިބި އެހެން ބައެއް ކުޅުންތެރިންނަކީ ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އަދި ރާއްޖޭގެ ޓީމު މަސައްކަތްކުރާނީ ވަކި ކުޅުންތެރިއަކަށް ބަރޯސާނުވެ، ޓީމެއްގެ ގޮތުގައި ކަމަށެވެ.

އެކަމަކު، މޮރިއޭރޯ ވަނީ ލަނޑު ޖަހަން ދަގަނޑޭ ހުރީ ވަރަށް ކޮންފިޑެންސާ އެކު ކަމަށް ބުނެފަ އެވެ.

"އަޝްފާގް އަހަރެން ކައިރީގައި ބުނަމުންދަނީ ކޯޗު ހާސްނުވާށޭ، ތިމަންނަ ލަނޑު ޖަހާނަމޭ. އަޝްފާގަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" މޮރިއޭރޯ ބުންޏެވެ.

ލަންކާގެ ކޯޗު އަލަގިޗް ބުނީ ދަގަނޑޭ ހުއްޓުވަން ހަދަން ޖެހޭ ވަކި ގޮތެއް ކިޔައިދޭން އޭނާ އަށް ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށެވެ. ދަގަނޑޭ ލެވަލްގެ ކުޅުންތެރިއަކު ހުއްޓުވަން ލަންކާ އިން މަސައްކަތް ކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.

ލަންކާއާ ދެކޮޅަށް ދަގަނޑޭގެ ރަނގަޅު ރެކޯޑެއް އެބައޮތް

ދަގަނޑޭ އޭނާގެ ކެރިއަރުގައި މިހާތަނަށް ލަންކާއާ ދެކޮޅަށް ރަސްމީކޮށް ކުޅެފައިވަނީ ހަތަރު މެޗެވެ. އެ މެޗުތަކުގައި އޭނާ ވަނީ ޖުމްލަ އަށް ގޯލު ލަންކާ ކޮޅަށް ޖަހައިފަ އެވެ. މީގެ ތެރެއިން ތިން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވަނީ ދަގަނޑޭ އެވެ.

ލަންކާގެ ޑިފެންޑަރު ޑަކްސަން ކައިިރިން ދަގަނޑޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަންކާއާ ދެކޮޅަށް ދަގަނޑޭ ފުރަތަމަ ކުޅުނީ 2008 ވަނަ އަހަރު ލަންކާގައި ކުޅުނު އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް އެވެ. އެ މެޗުން ރާއްޖެ މޮޅުވީ އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ގޯލުންނެވެ. އޭގެ ޖެހިގެން އައި އަހަރު ބަންގްލަދޭޝްގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ރާއްޖޭން ވަނީ ލަންކާ 5-1 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ލަންކާ ކޮޅަށް އޭނާގެ ފުރަތަަމަ ގޯލު ޖަހައިފަ އެވެ.

ދަގަނޑޭ، ލަންކާއާ ދެކޮޅަށް ކުޅުނު އެންމެ ހާއްސަ މެޗަކީ 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗެވެ. އެ މެޗުގައި ރާއްޖޭން ވަނީ 10-0 އިން ލަންކާ ބަލިކޮށްފަ އެވެ. ދަގަނޑޭ ވަނީ އެ މެޗުގައި ހަ ގޯލު ޖަހައިފަ އެވެ. މިއީ ސާފް ތާރީހުގައި އެއް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނީ ދަގަނޑޭ ނުލަ އެވެ. އެ ފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ލަންކާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ލަންކާގެ ކޯޗަކަށް އޭރު ހުރި ދިވެހި ފުޓްބޯޅައިގައި ވެސް މަސައްކަތްތަކެއް ކުރި ކޯޗު ޕަކީރު އަލީ ބުނީ ކޮންމެ ގައުމަކުން ވެސް ދަގަނޑޭ ލެވަލްގެ ކުޅުންތެރިއަކު ބޭނުންވާނެ ކަމަށާއި އެ މެޗުގައި ލަންކާގައި ދަގަނޑޭ ފެންވަރުގެ ކުޅުންތެރިއަކު ހުރިނަމަ އެ ޓީމު ފައިބާނީ މޮޅުވެގެން ކަމަށެވެ.

މިިދިޔަ މަހު ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅުނު ސާފް ޗެމްޕިއަންޝިޕް މެޗުގައި ތަފާތަކީ ދަގަނޑޭ ޖެހި ގޯލެވެ. ރާއްޖެ 1-0 އިން މޮޅުވިއިރު، މި މެޗު ފަށައިގެން މާގިނައިރެއް ނުވެ ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން ދަގަނޑޭ ގޯލު ޖެހީ ބޮލުންނެވެ. ބޮލުން ގޯލު ޖެހުމުގެ މާ ރަނގަޅު ރެކޯޑެއް ނެތް ނަމަވެސް ދަަގަނޑޭ ވަނީ ހައިޝަމް ނެގި ހުރަހުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފޯ ނޭޝަންސް ކަޕްގައި މިއަދު ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 15:30 ގަ އެވެ. މި މެޗަކީ އެންމެ ފުރަތަމަ ރޭ ކުޅެން އޮތް މެޗެކެވެ. އެކަމަކު، ލަންކާގެ މޫސުން ގޯސްވުމުން މި މެޗު މިއަދު ހަވީރަށް ފަސްކުރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox