މޫސުމީ ބަދަލާ ހެދި ފަގީރު ގައުމުތަކުގެ އިގްތިސާދު ފުނޑޭނެ: ދިރާސާ

މޫސުމީ ބަދަލާ ހެދި ސޫދާނުގެ ޖީޑީޕީ އަށް 32 ޕަސެންޓުގެ ވެއްޓުމެއް އަންނާނެ ކަމަށް ބެލެވޭ. -- ފޮޓޯ: އޭއެފްޕީ

މޫސުމީ ބަދަލާ ހެދި ސޫދާނުގެ ޖީޑީޕީ އަށް 32 ޕަސެންޓުގެ ވެއްޓުމެއް އަންނާނެ ކަމަށް ބެލެވޭ. -- ފޮޓޯ: އޭއެފްޕީ

ގްލާސްގޯ، ޔޫކޭ (ނޮވެމްބަރު 8) - މި ގަރުނު ނިމޭއިރު ދުނިޔެ ހޫނުވުން 2.9 ޑިގްރީ ސެލްސިއަސް އަށް އަރައިފި ނަމަ އެންމެ ނާޒުކު 65 ގައުމުގެ ޖީޑީޕީ ވަރަށް ބޮޑު ތަނުން ވެއްޓޭނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ސަމިޓު ކޮޕް26 ގައި ނެރުނު ދިރާސާ އިން ދެއްކި ގޮތުގައި އެވްރެޖު ގޮތެއްގައި 2050 ވަނަ އަހަރާ ހަމައަށް ދާއިރު އެ ގައުމުތަކުގެ ޖީޑީޕީގެ 20 ޕަސެންޓު އަދި 2100 ވަނަ އަހަރާ ހަމައަށް ދާއިރު ޖީޑީޕީގެ 64 ޕަސެންޓު ވެއްޓޭނެ ކަމަށެވެ.

ޕެރިސް އެއްބަސްވުމުގައިވާ ފަދައިން ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުނު ނަމަވެސް 2050 ވަނަ އަހަރާ ހަމައަށް ދާއިރު އެ ގައުމުތަކުގެ ޖީޑީޕީގެ 13 ޕަސެންޓު އަދި 2100 ވަނަ އަހަރާ ހަމައަށް ދާއިރު ޖީޑީޕީގެ 33 ޕަސެންޓަށް އަސަރު ކުރާނެ އެވެ.

ނަވާރަ ވަނަ ގަރުނާ އަޅާ ބަލާއިރު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިހާރު ހުރީ 1.1 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވެފަ އެވެ. ކްރިސްޓިއަން އެއިޑުން އިސްނަގައިގެން ހެދި ދިރާސާ އިން ލަފާދީފައި ވަނީ ފަގީރު ގައުމުތަކަށް ވީ އެންމެ އަވަހަށް އެހީ ފޯރުކޮށްދިނުމަށެވެ.

ދުނިޔޭގެ ދެކުނުގައިވާ ގައުމުތަކުން ދެމެހެއްޓެނިވި ގޮތަކަށް މޫސުމީ ބަދަލާ ދެކޮޅަށް ތަރައްގީ ހޯދަން ކުރާ މަސައްކަތް މި ވަގުތު އޮތީ ކުރިއަށް ނުގޮސް ހުއްޓިފައި،" ދިރާސާގައި އިސްކޮށް އުޅުނު ޖަރުމަނުވިލާތުގެ ހަމްބޮލްޑްޓް ޔުނިވާސިޓީގެ މަރީނާ އަންޑްރިޖެވިޗް ވިދާޅުވި އެވެ.

މޫސުމީ ބަދަލުގެ އަސަރު އިގްތިސާދަށް އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ 10 ގައުމުގެ ތެރެއިން އަށް ގައުމު ނިސްބަތް ވަނީ އެފްރިކާ އަށެވެ. އަނެއް ދެ ގައުމުގެ ނިސްބަތް ވަނީ ދެކުނު އެމެރިކާ ބައްރަށެވެ. އެންމެ ރަނގަޅު ހާލަތުގައި ވެސް އެ ގައުމުތަކުގެ ޖީޑީޕީގެ 40 ޕަސެންޓު ގެއްލޭނެ އެވެ.

އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ސޫދާން އަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން 300،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox