މިލާން ޑާބީ އެއްވަރުވިިއިރު، ނަޕޯލީ އަށް ފައިދާ ނުނެގުނު

Nov 8, 2021, 1:15 AM
މިލާން ޑާބީ އެއްވަރުވިިއިރު، ނަޕޯލީ އަށް ފައިދާ ނުނެގުނު

މިލާން (ނޮވެމްބަރު 8) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ލީގުގެ ކުރީގައި އޮތް ނަޕޯލީ ވެސް ހެލަސް ވެރޯނާއާ 1-1 އިން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެެވެ.

މި ނަތީޖާތަކާ އެކު އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ނަޕޯލީ އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް މިލާނާ އެއްވަރަށް 12 މެޗުން 32 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އޮތީ ދެ ވަނައިގަ އެވެ. އިންޓަ އަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ރޭ ދެ މިލާނުގެ ކުރިމަތިލުމުގައި ފުރަތަމަ ލީޑުނެގީ އިންޓަ އިންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި އިންޓަ އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ އެވެ. އޭނާ އަކީ ކުރިން މިލާނަށް ކުޅުނު ކުޅުންތެރިއެކެެވެ. މިއީ ޗަނޮނޮގްލޫ އަށް އޭރިއާތެރެއިން ފްރޭންކް ކެސިއޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އިންޓަ އަށް ލީޑު ހިފަހައްޓައިލެވުނީ ހަ މިނިޓެވެ. މެޗުގެ 17 ވަނަ މިނިޓްގައި މިލާނުން އެއްވަރުކުރި އެވެ. މި ގޯލަކީ މިލާންގެ ސަންޑްރޯ ޓޮނާލީ ނެގި ހިލޭ ޖެހުމެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ 27 ވަނަ މިނިޓްގައި އިންޓަ އަށް އަލުން ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، ލަޓާރޯ މާޓީނޭޒް ފޮނުވާލި ޕެނަލްޓީ މިލާންގެ ކީޕަރު ސިޕްރިއަން ޓަޓަރުސާނޫ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މާޓީނޭޒް އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

މިލާނުން މެޗު ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކޮށް، ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން އަލެކްސިސް ސަލެމެކާ ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހުނުއިރު، ކެސިއޭ ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި ޒަލަޓާން އިބްރަހިމޮވިޗް ހިލޭޖެހުމަކުން ޖެހި ބާރު ބޯޅަ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޮވިޗް ވަނީ މަތަކޮށްފަ އެވެ.

ނޮވެމްބަރު މަހުގެ ތިން މެޗު ވެސް ނަޕޯލީން ކުޅެން ނިންމާފައިވަނީ އެ ކްލަބަށް ކުރިން ކުޅުނު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި ފަރުމާކޮށްފައިވާ ހާއްސަ ޖޯޒީއެއްގަ އެވެ. ރޭ އެ ޖޯޒީގައި ނަޕޯލީން ކުޅުނުއިރު، މެޗުގެ 13 ވަނަ މިނިޓްގައި ލީޑުނެގީ ހެލަސް ވެރޯނާ އިންނެވެ. މި ގޯލު ޖެހީ އެންޓޯނިން ބަރަކް ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ދިން ބޯޅައަކުން މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖިއޮވާނީ ސިމިއޯނީ އެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިިމިއޯނީގެ ދަރިފުޅު ޖިއޮވާނީ ހުރީ ރަނގަޅު ފޯމެއްގަ އެވެ.

ހެލަސް އިން ލީޑުނެގިތާ އޭގެ ފަސް މިނިޓް ފަހުން ނަޕޯލީގެ ޑި ލޮރެންޒޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ނަޕޯލީ އަށް ލީޑުނަގައިދޭން ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ވަނަ ހާފުގައި ޑްރީސް މާޓެންސް ޖެހި ހިލޭ ޖެހުން ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ހެލަސް އިން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ ބަދަލެއްގެ ގޮތުގައި އެރި އެ ޓީމުގެ ޑެނިއަލް ބެސާ އާއި ނިކޯލަ ކަލިނިޗަށް ރަތް ކާޑު ދެއްކުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox