ނަރުސްގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު މާލެ ގެނެސްފި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނޭޑާ. ގްރޭސްގެ ހަށިގަނޑު ވަނީ ސުވާލުއުފެދޭގޮތަކަށް މަރުވެފައި އޮއްވާ ފެނިފަ-- ފޮޓޯ:ފޭސްބުކް

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނޭޑާ. ގްރޭސްގެ ހަށިގަނޑު ވަނީ ސުވާލުއުފެދޭގޮތަކަށް މަރުވެފައި އޮއްވާ ފެނިފަ-- ފޮޓޯ:ފޭސްބުކް

ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށްފަހު ރޭގެ ވަގުތެއްގައި މާލެ ގެނެސްފި އެވެ.

ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަވަށްޓެރި އިންޑިއާއަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުން މިއަދު ބުނި ގޮތުގައި ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށްފަހު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.

"އަދި އާއިލާއާ ހަށިގަނޑު ހަވާލުކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ދަނީ ކުރަމުން،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރާނެ އެވެ.

ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު، އުމުރުން 29 އަހަރުގެ ހަމަ ފިލިޕީންސަށް ނިސްބަތްވާ އެ މީހާއަކީ ވެސް އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތް ކުރާ ނަރުހެއްކަން އެނގިފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި މި ވަނީ ގްރޭސްގެ މަރުގައި "ބަލަންޖެހޭ އިތުރު ކަންކަން ހުރި ކަމަށް ފާހަގަ" ކުރެވިފައިވާ ކަމަށް ބުނުމަށްފަހު އެވެ.

އެނގިފައިވާ ގޮތުގައި ގްރޭސްއަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ނިޝާންތަކެއް ހަށިގަނޑުން ވަނީ ފެނިފަ އެވެ.

ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

ގްރޭސްގެ މަރާ ގުޅިގެން "އަދަދު"އިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި އޭނާ މަރުވި ދުވަހު ވެސް އޭނާ ޑިއުޓީއަށް ނުކުތް ކަމަށާއި މަސައްކަތުގައި އެއްވެސް ތަފާތެއް އެ ދުވަހު ފާހަގަ ނުކުރެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox