ކުޑަހުވަދޫއިން ރުއްތައް ބޭލީ ހުއްދަ ލިބިގެން، އެއީ ހޯމް މިނިސްޓްރީގެ ރުއްތަކެއް

ކުޑަހުވަދޫއިން ރުއްތައް ބޭލީ ހުއްދަ ލިބިގެން، އެއީ ހޯމް މިނިސްޓްރީގެ ރުއްތަކެއް

ދ. ކުޑަހުވަދޫއިން އުފުރި 100 އަށްވުރެ ގިނަ ރުއްގަސް ރަށުން ބޭލުމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް، އޭގެ ތެރެއިން ބައެއް ރުއްތައް، ސަރުކާރުގެ ހުއްދައާއެކު އިއްޔެ ރަށުން ބާލައިފި އެވެ.

ޖުމްލަ 129 ރުއް އެ ރަށުން އުފުރީ، ޖުވެނައިލް ޖަސްޓިސް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް ދީފައި އޮތް 15،000 އަކަފޫޓުގެ ބިމެއް ސާފުކުރުމުގެ ތެރޭގަ އެވެ. އުފުރި ރުއްތަކުގެ ތެރެއިން ބައެއް ރުއް ހުއްދަ ނުނަގައި ރަށުން ބޭރު ކުރަން އުޅޭ ކަމަށް ބުނެ ބަޔަކު ނުކުމެ އެކަން ހުއްޓުވީ ހުކުރު ދުވަހު ހަވީރެވެ.

ނަމަވެސް އިއްޔެ އަނެއްކާވެސް މަސައްކަތް ފަށައި، އެ ރުއްތައް ވަނީ ރަށުން ބާލައިފަ އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ އެ ރުއްތައް ބާލަން އުޅުނީ ހުއްދަ ނުނަގައި ކަމަށް އަޑުފެތުރުނު ނަމަވެސް އެ މަސައްކަތް ކުރިއަށްދިޔައީ "ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން،" ކަމަށެވެ.

"އެއީ ހޯމް މިނިސްޓްރީން ބަދަލު ދީފަ ހުރި ރުއް. އެހެންވީމަ އެއީ މިނިސްޓްރީގެ ރުއް. މިނިސްޓްރީން އޮތީ ހަވާލުކޮށްފަ އެތަނުގަ މަސައްކަތް ކުރަން އަދި ބިން ސާފު ކުރުމަށް ބަޔަކާ. އަޅުގަނޑުމެން ހަމައެކަނި މި އެންގީ އެ ރުއްތަކުގެ ކުނި މި ރަށަށް އަޅައިގެން ނުވާނެ ކަމަށް. ދެން މަސައްކަތް ކުރި ފަރާތުން އެ ރުއްތައް ބޭރު ކުރުމުގެ ހުއްދަ ނެގީ،" ފިކުރީ ވިދާޅުވި އެވެ.

އުފުރި ރުއްތަކުގެ ތެރެއިން އެ ރަށުގައި އަލުން އިންދެނީ 50 ރުއް ކަމަށް ފިކުރީ ވިދާޅުވި އެވެ. ރަށުގެ ބޮޑު ބައެއް ހިއްކާފައި އޮތް ނަމަވެސް އެތަނުގައި ލޭންޑްސްކޭޕިން ހަދާފައި ނެތުމުން، ރުއް އިންދޭނެ ހަމައެކަނި ޖާގައަކަށް ފެނުނީ ކުޑަހުވަދޫގެ ދެކުނު ފަރާތުގެ ހޭޅިފަށް ސަރަހައްދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިއްކި ތަނުގަ އިންދައިފިއްޔާ އެ ޖެހޭނީ ހަމަ ނަގަން. ދެން އޮތީ ހޭޅިފަށް. އެތަނުން އެއްބައި އެ އޮތީ ސްކައި ޑައިވިން ކުރާ ބަޔަކަށް ދީފަ. އަނެއް ފަރާތް އެ އޮތީ ސޯލާ ގްރިޑް ޖަހާ ގޮތަށް ހަމަޖައްސައިފައި. ހަމައެކަނި އޮތީ ދެކުނު ފަރާތް ހޭޅިފަށް ރުއް އިންދޭނެ ތަނަކަށް. އެ ތަނުގައި 50 ރުއް އިންދާނެ،" ފިކުރީ ކިޔައިދިނެވެ.

ޖުވެނައިލް ޖަސްޓިސް ސެންޓަރު އެޅުމުގެ މަސަައްކަތުގައި ހޯމް މިނިސްޓްރީގެ ފަރާތުން އިސްކޮށް އުޅުއްވާ އިބްރާހިމް ރަޝީދު މި ނޫހަށް ވިދާޅުވީ ރުއްތަކާމެދު ވަކި ގޮތަކަށް އަމަލު ކުރުމަށް އެ އޮފީހުން ކޮންޓްރެކްޓަރަށް އަންގާފައިނުވާނެ ކަމަށެވެ. އަދި ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނީ ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އެ ތަން ސާފުކޮށްގެން ނޫންތޯ އެތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރެވޭނީ. ރުއްތަކާމެދު ވަކި ގޮތަކަށް އަމަލު ކުރަން އަޅުގަނޑުމެން ބުނަފައެއް ނޯންނާނެ. އެކަމަކު އެ މަސައްކަތް ކުރީ ހުރިހާ ހުއްދަތަކެއް ނަގައިގެން،" ރަޝީދު ވިދާޅުވި އެވެ.

ކުޑަހުވަދޫއިން އުފުރި ރުއްތަކުގެ މައްސަލައިގައި މި ނޫހުން ހޮނިހިރު ދުވަހު އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު އިބްރާހިމް ނައީމަށް ގުޅުމުން ވިދާޅުވީ އެ ރުއްތައް ރަށުން ބޭލުމުގެ ހުއްދަ ދީފައިނުވާނެ ކަމަށާއި އެހެންވެ އެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ބާތިލްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިއަދު މި ނޫހުން ގުޅުމުން އޭނާ ވިދާޅުވީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރާ ނަމަ ރުއްތައް ބޭލުމަށް ހުރަހެއް ނެތް ކަމަށެވެ.

ކުޑަހުވަދޫއިން ރުއްތައް ނެގުމުގެ މަސައްކަތް ކުރި ކުންފުނީގެ ވެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ ރުއްތައް ރަށުން ބޭލުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އޭގެ ހުއްދަ އޮތީ މަސައްކަތް ފެށުމުގެ ކުރިން ލިބިފައި ކަމަށެވެ. އަދި ވިދާޅުވީ ހުއްދައަށް އެދުމުގައި ލިޔެކިޔުންތަކުގައި ހުރި މައްސަލައެއް ފަހުން ފާހަގަވި ނަމަވެސް މިހާރު އެކަން ހައްލުވެ، އަޕްޑޭޓަޑް ހުއްދައެއް ލިބިފައިވާ ކަމަށެވެ.

"ރަށުން މި ބާލަނީ ހަމަ ރަށުން ބާލަން ހުއްދަ ލިބިފައި ހުރި ރުއް. ރަށު ކައުންސިލުން އަދި އީޕީއޭއިން ލިބިފައި ހުރި ހުއްދަތަކާ އެއްގޮތަށް އަޅުގަނޑުމެން މި އަމަލު ކުރަމުންދަނީ،" އޭނާ ބުންޏެވެ.

މީގެ ކުރިން ބޯޅަ ދަނޑެއް އެޅުމަށް ކުޑަހުވަދޫން ވަނީ ގާތްގަނޑަކަށް 90 ވަރަކަށް ރުއް ކަނޑައިފަ އެވެ. އަދި ކައުންސިލް އޮފީހުގެ އިމާރާތެއް ވެސް އެޅުމަށް ވަރަށް ގިނަ އަދަދެއްގެ ރުއް ކެނޑި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox