ނޭމާ އާއި އެމްބާޕޭގެ ގޯލުތަކުން މޮޅުވެ ޕީއެސްޖީން ލީޑުދަަމަހައްޓައިފި

Nov 7, 2021, 2:59 AM
ނޭމާ އާއި އެމްބާޕޭގެ ގޯލުތަކުން މޮޅުވެ ޕީއެސްޖީން ލީޑުދަަމަހައްޓައިފި

ޕެރިސް (ނޮވެމްބަރު 7) - ނޭމާ އާއި ކީލިއަން އެމްބާޕޭގެ ގޯލުތަކާ އެކު 3-2 އިން ބޯޑޯ ބަލިކޮށް ޕީއެސްޖީން ފްރެންޗް ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ފްރެންްޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 13 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 13 މެޗުން 24 ޕޮއިންޓާ އެކު އޮތް ލެންސް އެވެ. ތިން ވަނައިގައި އޮތް ނީސް އަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.

ބޯޑޯ ދަނޑުގައި ރޭ ޕީއެސްޖީން ކުޅުނު މެޗަށް އެ ޓީމުން ނުކުތީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ލިއޮނަލް މެސީ ނުލަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ތަރި އަކީ ނޭމާ އެވެ. ފުރަތަަމަ ހާފުގައި އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ. ދެ ވަނަ ހާފްގައި ޕީއެސްޖީގެ ތިން ވަނަ ގޯލު ޖެހީ ޖިއޮޖީނިއޯ ވައިނަލްޑަމް ދިން ބޯޅަ އަކުން އެމްބާޕޭ އެވެ.

ހަތަރު ވަނަ ގޯލެއް ޖަހަން ޕީއެސްޖީން ފުރުސަތު ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުހިފުނެވެ. މި މެޗުގެ ފަހު ކޮޅުގައި ބޯޑޯ އިން ވަނީ ދެ ގޯލު ޖަހައި ޕީއެސްޖީ ހާސްކޮށްލައިފަ އެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ބޯޑޯގެ ފުރަތަމަ ގޯލު ޖެހީ އަލްބާޓް އެލިސް އެވެ. މި ގޯލާ އެކު ބޯޑޯ އަށް ހިތްވަރެއް ލިބި ކުރި އެޓޭކްތަކުން އެ ޓީމުން ދެ ވަނަ ގޯލެއް ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ. މި ގޯލު ކާމިޔާބުކުރީ އެމްބާއޭ ނިޔާންގް އެވެ. އޭގެ ފަހުން ގޯލެއް ޖަހަން ބޯޑޯ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ދެ ގޯލު ޖެހި އެ ޓީމުގެ ތަރި ނޭމާ އަށް ތައުރީފުކޮށްފަ އެވެ. އެކަމަކު، މެޗުގެ ފަހު ކޮޅުުގައި ޕީއެސްޖީ ކޮޅަށް ވަނީ ވަންނަން ނުޖެހޭ ގޯލުތަކެއް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox