ފަހު ވަގުތު ބާސެލޯނާ އެއްވަރު، ރެއާލް އެއް ވަަނަ އަށް

Nov 7, 2021, 2:45 AM
ސެލްޓަގެ އަސްޕާސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެލްޓަގެ އަސްޕާސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ނޮވެމްބަރު 7) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އިން ފަހު ވަގުތު ލަނޑު ޖަހައި ބާސެލޯނާއާ 3-3 އިން އެއްވަރު ކުރިއިރު، އަމިއްލަ ދަނޑުގައި 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް މެޑްރިޑް އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލް އެއް ވަަނަ އަށް އެރީ 12 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ 12 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ސެވިއްޔާ އޮތީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.

ސެލްޓަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަަމަ 34 މިނިޓް ތެރޭ ބާސެލޯނާ އިން ތިން ގޯލު ޖެހި އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ބާސެލޯނާ އަށް އޭރިއާތެރެއިން ޖެހި ގޯލަކުން ލީޑުނަގައިދިނީ އަންސޫ ފާޓީ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ބާސެލޯނާގެ ކެޕްޓަން ސާޖީ ބުސްކެޓްސް ބާސެލޯނާގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ އޭރިއާބޭރުންނެެވެ. އަދި 34 ވަނަ މިނިޓްގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން މެމްފިސް ޑިޕާއި ބޮލުން ޖެހި ގޯލުން ބާސެލޯނާ އިން ތިން ވަނަ ގޯލެއް ޖެހި އެވެ.

ތިން ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ހަ މިނިޓް ތެރޭ ބާސެލޯނާގެ ކީިޕަރު ޓާ ސްޓެގެން ހެދި ގޯހެއްގެ ފައިދާނަގައި ސެލްޓަގެ ކެޕްޓަން އިއާގޯ އަސްޕާސް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ.

މެޗުގެ 74 ވަނަ މިނިޓްގައި ނޮލީޓޯ ބޮލުން ޖެހި ގޯލުން ސެލްޓަ އިން ފަރަގު ކުޑަކުރިއިރު، އަސްޕާސް އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް ވަނަ މިނިޓް ތެރޭގަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ 12 މެޗުން 17 ޕޮއިންޓާ އެކު 19 ވަނައިގަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ބާސެލޯނާ އަށް މޮޅެއް ނުލިބެ އެވެ. ލީގުގައި ދެން ބާސެލޯނާ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު އަދި ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ.

ލީގުގައި ރޭ ރެއާލުން ވަނީ ފުރަތަމަ ހާފުގައި ޓޯނީ ކްރޫސް އާއި ކަރިމް ބެންޒެމާގެ ލަނޑުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ރަޑަމެލް ފަލްކާއޯ ވަނީ ރަޔޯ ވަޔެކާނޯ އަށް ގޯލެއް ޖަހައިދީފަ އެވެ. ވަޔެކާނޯ އިން ނަތީޖާ ހަމަހަމަ ކުރަން ފޮނުވާލި ބޯޅަތައް ރެއާލުން ވަނީ ހުއްޓުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox