ކާސާމި އާއަށް ވަން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓުހައުސް: އަނިޔާކުރީ މިތަަނަށް ވަން މީހަަކަށް ކަމަށް ފުލުހުން ބުނޭ. -- ފޮޓޯ: ސްކޫބާޓްރެވަލް

މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓުހައުސް: އަނިޔާކުރީ މިތަަނަށް ވަން މީހަަކަށް ކަމަށް ފުލުހުން ބުނޭ. -- ފޮޓޯ: ސްކޫބާޓްރެވަލް

އއ. މަތިވެރީގައި މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ހިންގަވާ "ކާސާ މިއާ" ގެސްޓްހައުސްގައި ހިންގި މާރާމާރީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި، މާރާމާރީ ހިންގާ އަނިޔާކުރި މައްސަލައެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންނާ ގުޅޭ އިތުރު ތަފުސީލެއް ހިއްސާނުކުރެ އެވެ.

މި މައްސަލައިގައި މާރާމާރީ ހިންގާ އަނިޔާކުރި މީހާ ރަހީނުކުރި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަައް ބުނެ އެވެ. ނަމަވެސް ފުލުހުން އެ ވާހަކަތައް ދޮގުކުރެ އެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރި ދެ މީހުންނަށް ރަހީނުކުރުމުގެ ތުހުމަތު ނުކުރާ ކަމަށެވެ.

"އެ ގެސްޓްހައުސްއަށް ވަން މީހަކަށް އަނިޔާކުރި ކަމަށް ފުލުހުންނަށް ރިޕޯޓު ލިބުނީ." ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ނޫހަށް މައުލޫމާތު ދެމުން ކުރިން ފުލުހުން ބުނީ މަތިވެރީގެ ހޮޓަލަކަށް ދިޔަ މީހަކަށް އެ ހޮޓަލުގެ ތެރޭގައި ތިބި ބަޔަކު ހަމަލާދީ މާރާމާރީ ހިންގި ކަމުގެ މައުލޫމާތުގެ ރިޕޯޓެއް ލިބުނު ކަމަށެވެ.

ކާސާ މިއާގައި މިކަމެއް ހިނގާފައި މިވަނީ އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ތަން ހުޅުވަން ތައްޔާރު ވަނިކޮށެވެ. އަދި ބުރާސްފަތި ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތީ ވެސް ތަން ހުޅުވުމަށް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އެ ގެސްޓްހައުސްއަށް ކަރަންޓު ދޭން ހުންނަ ތަނުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.

މި ދެ މައްސަލައިގައި ވެސް ޖާބިރު ތުހުމަތުކުރައްވަނީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ. އަދި އެކަމުގައި ކައުންސިލު މެމްބަރުންގެ ބައިވެރިވުން އޮތް ކަަމަށް ވެސް ތަކުރާރުކޮށް ޖާބިރު ވަނީ ތުހުމަތުކުރައްވާފަ އެވެ. އެކަމަކު މިހާތަނަށް ގެސްޓުހައުސްގައި ރޯކޮށްލުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރެއް ނުކުރެ އެވެ.

ކާސާ މިއާ ހުންނަ ބިމަކީ 2017 ގައި ރައީސް ޔާމީން ޓޫރިޒަމް ތަރައްގީކުރަން ކަނޑައަޅާފައިވާ ބިމެކެވެ. މިތަން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވިއިރު 2019 ގައެވެ.

ކާސާ މިއާ ހަވާލުކުރުމުން ކައުންސިލުން ނުރުހިގެން އިހުތިސޯސުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީއާ އަރައިރުންވި އެވެ. ނަމަވެސް އެެއީ ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިންތަކެއް ކަމަށް ބުނެ އޭރު އަލީ ވަހީދު މި ނިންމުން ދިފާއުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox