މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓްހައުސްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް

މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސްގައި ހިނގި އަލިފާނުގެ ހާދިސާ. އެ ގެސްޓްހައުސްއަކީ މަތިވެރީގަ ހުންނަ އެންމެ ބޮޑު އެއް ގެސްޓްހައުސް. މިއީ އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރު.

މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސްގައި ހިނގި އަލިފާނުގެ ހާދިސާ. އެ ގެސްޓްހައުސްއަކީ މަތިވެރީގަ ހުންނަ އެންމެ ބޮޑު އެއް ގެސްޓްހައުސް. މިއީ އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރު.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީގައި އޮޕަރޭޓްކުރައްވާ ކާސާ މިއާ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރޭ ހިނގި މި ހާދިސާއާ ގުޅޭ ގޮތުން މަތިވެރީ ކައުންސިލް ރައީސް އަހުމަދު އަސްލަމް ވިދާޅުވީ ކާސާ މިއާގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މިވަގުތު ރަށުގައި ނެތުމުން އެއީ ކިހާ ވަރެއްގެ އަލިފާނުގެ ހާދިސާއެއް ކަމެއް އަދި ޔަގީންކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުވެސް މިއަދު އަތޮޅު ކައުންސިލްގެ ބައްދަލުވުމަކަށް އައިސް ހުއްޓާ، ޖާބިރާ ފުލުހުންގެ އަތޮޅު ކޮމާންޑަރު އަޅުގަނޑަށް މެސެޖުކޮށްފަ ބުނި އެކަހަލަ ކަމެއް ވެގެން އުޅޭ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަތިވެރީގައި ކަރަންޓު ބޯޑެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ރޭ 5:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވަނީ ގެސްޓްހައުސްގެ އެތެރޭގައި ހުރި ބޮޑު ކަރަންޓު ބޯޑެއްގަ އެވެ. އަދި އެ އަލިފާންގަނޑުގައި އެ ބޯޑު ހުރި ކޮޓަރިއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އެ މައްސަލަ ފުލުހުންގެ ފަރާތުން ދަނީ ތަހުގީގުކުރަމުންނެވެ. އެނގިފައިވާ ގޮތުގައި މެމްބަރު ޖާބިރުގެ ފަރާތުން ތުހުމަތުކުރަނީ އެއީ ބަޔަކު ގަސްދުގައިކޮށްފައިވާ ކަމެއް ކަމަށެވެ.

އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް މި ހިނގީ ގެސްޓްހައުސް އަލުން ހުޅުވަން ތައްޔާރުވަމުން ދަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން މެމްބަރު ޖާބިރުގެ ފަރާތުން ރަސްމި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކާސާ މިއާ އަކީ މަތިވެރީގައި ހިންގާ އެންމެ ބޮޑު އެއް ގެސްޓްހައުސް އެވެ. މިއީ އެ ގެސްޓްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިދިޔަ ދެ ވަނަ ފަހަރެވެ. އެގޮތުން 2019 ވަނަ އަހަރު ވެސް އެ ގެސްޓްހައުސްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެފަހަރު ވެސް މެމްބަރު ޖާބިރު ވަނީ އެއީ ބަޔަކު ގަސްދުގައި ކުރިކަމެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އަލިފާނުގެ ހާދިސާ މި ހިނގީ މިދިޔަ ބުރަސްފަތި ދުވަހު މެމްބަރު ޖާބިރާއެކު މަތިވެރިއަށް ދިޔަ ބަޔަކު އެ ރަށުގައި ދިރިއުޅޭ މީހަކަށް އަނިޔާކުރިކަމުގެ މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވަނިކޮށެވެ. އޭގެ ކުރިން މެމްބަރު ޖާބިރު، އެ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހަކަށް މުސާރަ ނުދީގެން ވެސް މައްސަލަތަކެއް ފެންމަތިވި އެވެ. އަދި އާންމުން ވަނީ މެމްބަރު ޖާބިރާ ދެކޮޅަށް ރަށުގައި އެފަހަރު މުޒާހަރާ ވެސް ކޮށް، މެމްބަރު ޖާބިރު ރަށުން ފޭބުމަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox