ކޮޕް26 އަކީ ބޮޑު ނާކާމިޔާބީއެއް: ތިމާވެށި އެކްޓިވިސްޓު ތަންބާގް

ސްވިޑަންގެ ތިމާވެށި އެކްޓިވިސްޓު ގްރެޓާ ތަންބާގް.

ސްވިޑަންގެ ތިމާވެށި އެކްޓިވިސްޓު ގްރެޓާ ތަންބާގް.

މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބައްދަލުވުން ކޮޕް26 އަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް ސްވިޑަންގެ ތިމާވެށި އެކްޓިވިސްޓު ގްރެޓާ ތަންބާގް ބުނެފި އެވެ.

"ކޮޕް26 ފެއިލްވެފައިވާކަން އެއީ ސިއްރެއް ނޫން،" ސަމިޓު ކުރިއަށްދާ ސްކޮޓްލޭންޑުގެ ގްލާސްގޯ ސިޓީގައި ޒުވާނުންނާ އެކު ބޭއްވި ހިނގާލުމަކަށް ފަހު ތަންބާގް ބުންޏެވެ.

"ތިމާވެށި ރައްކާތެރި ކުރާނެ ކަމަށް ބުނެ ވާ ބުރަދަނެއް ނެތް ވައުދުތަކާއި އެއްވެސް އަގެއް ނެތް ވާހަކަތަކުގެ ތެރެއިން އަންނަން ޖީލުގެ އަޑު އެ ދަނީ ކެނޑެމުން."

ތަންބާގް ބުނީ މޫސުމީ ބަދަލުގެ މައްސަލަ ހައްލު ވާނީ "މިހާރުން މިހާރަށް ވަރަށް ބޮޑު ތަނުން ކާބަން ބޭރު ކުރުން މަދުކޮށްގެން" ކަމަށެވެ.

"މިހާރު އުފައްދަން ޖެހޭ ސުވާލަކީ މިއީ، އަހަރުމެން މި ވަކާލާތު ކުރަނީ ކޮން ކަމަކަށް؟ އަހަރުމެން މި ވަކާލާތު ކުރަނީ އަމިއްލަ ނަފުސުތަކާއި ދުނިޔެ ސަލާމަތް ކުރަންތަ؟ ނޫނީ އާދައިގެ މަތިން ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދަންތަ؟"

ހުކުރު ދުވަހު ގްލާސްގޯގައި ބޭއްވި ޒުވާނުންގެ ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ތިބީ މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމުތަކުގެ ޖަންގަލި ހިސާބުތަކުގައި އުޅޭ މީހުންނެވެ.

ފަންސަވީސް ހާހަށް ވުރެ ގިނަ މީހުން ގްލާސްގޯގެ މަގުތައް މަތިން ހިނގާފައި ދިޔައިރު ގިނަ އަދަދެއްގެ ފުލުހުން ސެކިއުރިޓީ ބެލެހެއްޓުމުގައި އުޅުނެވެ.

ޒުވާނުންގެ އެއްވުމުގެ މަގްސަދަކީ ކޮޕް26 ބައްދަލުވުންތަކުން އެކަށީގެންވާ އަވަސް ފިޔަވަޅާ ހަމައަށް ދާން މަސައްކަތް ނުކުރާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފެށި ކޮޕް26 ސަމިޓުގައި 120 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މިހާރު ސަމިޓުގައި ކުރިއަށް ދަނީ ލީޑަރުންގެ މަންދޫބުން މެދުވެރިކޮށް ކުރާ މަޝްވަރާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox