ވެސްޓް ހޭމް އާއި ލިޔޯން އަދި ފްރޭންކްފާޓް ޔޫރޮޕާ ލީގުގެ އަނެއް ބުރަށް

Nov 5, 2021, 3:39 AM
ލަނޑު ޖެހުމަށް ފަހު ވެސްޓް ހޭމްގެ ބެންރަހްމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ވެސްޓް ހޭމްގެ ބެންރަހްމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ނޮވެމްބަރު 5) - ޔޫރޮޕާ ލީގުގެ ރޭގެ މެޗުތަކަށް ފަހު އިންގްލެންޑްގެ ވެސްޓް ހޭމް ޔުނައިޓެޑާއި ފްރާންސްގެ ލިޔޯން އަދި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓުން ބާކީ ދެ މެޗު އޮއްވައި މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

ރޭގެ ނަތީޖާތަކަށް ބަލާއިރު، ބެލްޖިއަމްގެ ގެންކާ ދެކޮޅަށް ކުޅެ ވެސްޓް ހޭމް އެއްވަރުވީ 2-2 އިންނެވެ. ލިޔޯނުން ވަނީ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގު 3-0 އިން ބަލިކޮށްފަ އެވެ. އަދި ގްރީސްގެ އޮލިމްޕިއާކޯސް ދަނޑުގައި ފްރޭންކްފާޓް މޮޅުވީ 2-1 އިންނެވެ.

ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސްގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗުގައި ލީޑުނެގީ ގެންކުންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ގެންކްގެ ޔޯސެޕް ޕެއިންޓްސިލް ވަނީ ގެންކަަށް ލީޑުނަގައިދީފަ އެވެ. ވެސްޓް ހޭމް ކޮޅަށް ނަތީޖާ އަނބުރާލީ އަލްޖީރިއާގެ ވިންގް ސައީދް ބެންރަހްމާގެ ދެ ގޯލުންނެެވެ. އެކަމަކު، މެޗުގެ ފަހު ކޮޅުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް އަތުން ބައިކޮޅަށް ގޯލެއް ވަދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި ވެސްޓް ހޭމް އޮތީ މެޗަކުން ބަލިނުވެ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އޮތީ ހަތަރު މެޗުން ހަ ޕޮއިިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ގެންކަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.

އިންގްލެންޑްގެ ލެސްޓާ ސިޓީ ވަނީ ރޭ އަމިއްލަ ދަނޑުގައި ސްޕާޓާ މޮސްކޯއާ 1-1 އިން އެއްވަރުވެފަ އެވެ. ލެސްޓާ މޮޅުކޮށްދޭން ޖޭމީ ވާޑީ އަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ޖެހި ޕެނަލްޓީ ވަނީ ސްޕާޓާގެ ކީޕަރު އަލެކްސަންޑަ ސެލިކޯފް މަތަކޮށްފަ އެވެ. ބާކީ ދެ މެޗު އޮތްއިރު، ލެސްޓާ އޮތީ ނަޕޯލީ އާއި ލެހިއާ ވޯސޯ ފަހަތުން ގްރޫޕް ސީގެ ތިން ވަނައިގަ އެވެ.

ސްޕާޓާ ޕްރާގް ކޮޅަށް ލިޔޯންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަލްޖީރިއާގެ ފޯވާޑް އިސްލާމް ސްލިމާނީ އެވެ. އަނެއް ގޯލު ޖެހީ ކާލް ޓޯލޯ އެކަމްބީ އެވެ.

ލިޔޯން، ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެން އޮތް ތިން ޓީމު ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ދެ ވަނައިގައި އޮތް ސްޕާޓާ އާއި ތިނެއްގައި އޮތް ރޭންޖާސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ހަތަރެއްގައި އޮތް ބްރޮންޑްބީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޔޫސެފް އެލް އަރާބީގެ ގޯލުން އޮލިމްޕިއާކޯސް ލީޑުނަގާފައިވަނިކޮށް ފްރޭންކްފާޓް މޮޅުވީ ފަހަތުން އަރަ އެވެ. ފްރޭންކްފާޓަށް އެއްވަރުކޮށްދިނީ ޑައިޗީ ކަމާޑާ އެވެ. އަނެއް ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި އެރި ޔެންސް ޕީޓާ ހޯގާ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި ފްރޭންކްފާޓް އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އޮލިމްޕިއާކޯސް އެވެ. ތިން ވަނައިގައި އޮތް ފެނަބާޗޭ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ބެލްޖިއަމްގެ އެންޓްވާޕަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox