ސްޕޯޓްސް ފިޝިން އަދި ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފަތި ވިއުގައިގެ މަސައްކަތް ފަށައިފި

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ބޭނި މަހެއް. ރާއްޖޭގައި ސްޕޯޓްސް ފިޝިން އާއި ވަދު މަސްވެރިކަމަށް ހާއްސަ ނެޓްވޯކެއް ގާއިމުކުރަން މިއަދު ވަނީ ފަށައިފަ-- ފޮޓޯ: ކުރެއްދޫ ރިސޯޓު ވެބްސައިޓް.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ބޭނި މަހެއް. ރާއްޖޭގައި ސްޕޯޓްސް ފިޝިން އާއި ވަދު މަސްވެރިކަމަށް ހާއްސަ ނެޓްވޯކެއް ގާއިމުކުރަން މިއަދު ވަނީ ފަށައިފަ-- ފޮޓޯ: ކުރެއްދޫ ރިސޯޓު ވެބްސައިޓް.

ރާއްޖޭގައި ރަށްރަށް ކައިރިން ސްޕޯޓްސް ފިޝިން އަދި ވަދު މަސްވެރިކަމަށް ހާއްސަކޮށް ކަނދުފަތީގެ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ހުސެއިން ޒިޔާދު "އަދަދު" އަށް ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ސްޕޯޓްސް ފިޝިންގެ މަގުބޫލުކަމާއި، ވަދު މަސްވެރިކަމުގެ މަސައްކަތުގެ ސަބަބުން އެ މަސައްކަތް އިތުރަށް ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކުރަން ނިންމި މަސައްކަތެއް ކަމަށެވެ.

"އެގޮތުން މިހާރު އަޅުގަނޑުމެން ބޮޑަށް މި އަމާޒު ކުރަނީ، ރަށްރަށާއި ގާތްގަނޑަކަށް 2-3 މޭލު ކައިރިން ކަނދުފަތި އެޅުމަށް. ދެން އަޅާއިރު، ބޮޑަށް މި އަމާޒުކުރަނީ ވެސް ސްޕޯޓްސް ފިޝިން އަދި ވަދު މަސްވެރިކަން ކުރާ ސަރަހައްދުތަކަށް، ދެން ގެސްޓްހައުސް ވިޔަފާރި އެންމެ ބޮޑަށް ހުންނަ ސަރަހައްދުތަކަށް، ބައެއް ތަންތަން މިހާރު ވެސް އައިޑެންޓިފައި ކޮށްފަ ވާނީ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުތަކުގައި ދޮށީގެ މަސްވެރިކަން ކުރުމާއި ކަންނެލި މަސްވެރިކަން ކުރުން މަނާވާނެ އެވެ. އެހެން ހުރިހާ ބާވަތެއްގެ މަސްވެރިކަން އެ ސަރަހައްދުތަކުގައި ކުރެވޭނޭކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ރަށްރަށާއި ދުރުގައި ހުންނަ ކަނދުފަތިތައް ސްޕޯޓްސް ފިޝިންއަށާއި ވަދު މަސްވެރިކަމަށް ބޭނުންކުރާ މައްސަލައަށް ވެސް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ގިނަ ފަހަރަށް ވަދު އަޅަން ނުވަތަ ސްޕޯޓްސް ފިޝިން އަށް ކުދި އުޅަނދުތަކުގައި ނިކުތުން ވެސް އެއީ އެންމެ ރައްކާތެރި ކަމެއް ނޫން، ދެން ހަމަ ތެޔޮ ވެސް އަނދާނެ، ދުރަށް ދުއްވަން ޖެހޭ ވަރަކަށް، އެހެންވެ ރަށާއި ކައިރިން ކަނދުފަތި އެޅީމަ އެ ފަރާތްތަކަށް ވެސް އެކަން ކުރަން ފަސޭހަ ވާނެ. މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ރިކުއެސްޓެއް އެއީ ހަމަ ރަށާއި ކައިރިން ކުދި ކަނދުފަތިތައް ލައިދިނުމަށް،" ޒިޔާދު ވިދާޅުވި އެވެ.

އެ ނެޓްވޯކުގެ ދަށުން ސީދާ ކިހާ އަދަދެއްގެ ކަނދުފަތިތަކެއް ލާނޭކަމެއް އަދި ނުނިމި އޮތް ނަމަވެސް، މިއަދު އެ ނެޓްވޯކުގެ ދަށުން މިނިސްޓްރީން ވަނީ ހއ. މޮޅަދޫ އިރުން 3.9 މޭލު ބޭރަށް އެފަދަ ފުރަތަމަ ކަނދުފަތި ލުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ކަނޑުގެ ފުންމިނާ ގުޅޭ ގޮތުން ޗާޓުތަކުގައި ގޯސް މައުލޫމާތު ތަކެއް ހުރުމުން، އެ ކަނދުފަތި އަޑިޔަށް ގޮސްފައިވާކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން އާންމުކޮށް ކަނދުފަތި އަޅަނީ 180 އެއްހާ މީޓަރުގެ ފުންމިނަށް ބަރު ޖަހާފަ. ދެން މިފަހަރު ވެސް އަޅުގަނޑުމެންގެ ޗާޓުން ދެއްކި އެ ސަރަހައްދު، މޮޅަދޫ އިރުން 3 މޭލު ބޭރު، އެއީ ޗާޓުން ދެއްކި ގޮތުގައި އެ ފުންމިނުގެ ތަނެއްކަމަށް އަޅުގަނޑުމެން ބެލިއިރު. އެކަމަކު ކަނދުފަތި ދޫކޮށްލީމަ އަޑިޔަށްދިޔައިމަ އެނގުނީ އެއަށް ވުރެ ފުންކަން، ދެން ފަހުން އަޅުގަނޑުމެން ވާ އައްސައިގެން ވެސް އެންމެ ކުރީ ޒަމާނުގަ ކަންކުރި ގޮތަށް ފުންމިން ބެލިއިރު، އެތާ ހުރި ގާތްގަނޑަކަށް 600-700 މީޓަރު ފުންމިނުގަ،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެ ކަނދުފަތި ގެއްލުމަކީ ޗާޓުތަކުގައި އޭގެ ކުރިން ނޭނގި ހުރި މައްސަލަތަކެއް ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި އާންމުކޮށް ރަށާ ދުރުގައި ހުންނަ ސަރަހައްދުތަކުގައި ފުންމިނުގައި އެފަދަ ކަމެއް ނުވިނަމަވެސް، މިއަދު އެހެންވުމުން ރަށްރަށް ކައިރިން ޗާޓުތަކުގައި މައްސަލަތަކެއް ހުރިކަން ދަނެގަނެވިފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ބޭރުން ހުންނަ ކަނދުފަތީގެ ބޮޑު ނެޓްވޯކް ވެސް އިތުރަށް ފުޅާކުރުމަށް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިހާރު 56 ކަނދުފަތި އެގޮތަށް ރަށްރަށާއި ދުރުގައި އަޅާފައި އޮތް ނަމަވެސް، ކުރިޔަށް އޮތް ދެ އަހަރު ތެރޭ އެ ނެޓްވޯކަށް އިތުރު 30 ކަނދުފަތި ލައި، ދެ ކަނދުފަތި ދެމެދުގައި ހުންނަ ދުރުމިން 10 މޭލަށް ކުޑަކުރުމުގެ އަމާޒު ވެސްް މިނިސްޓްރީގައި ހުރި ކަމަށެވެ.

"އެކަމަށްޓަކައި ބަޖެޓުގައި ވެސް މިފަހަރު ހިމަނައިގެން މިއުޅެނީ 15 މިލިއަނެއްހާ ވަރު، ދެން ދިރާސާތަކުގެ އަލީގައި އެބަ ދައްކާ އިތުރު ކަނދުފަތިތަކާއެކު ދޭތެރެ ކުޑަކުރުމުން މިހާރު ތިން ދުވަހަށް މަސް އައިންތައް ރާއްޖޭގައި ކަނޑުތަކުގައި ހިފަހައްޓާނަމަ، އެ މުއްދަތު 10 ދުވަހަށް އިތުރުކުރެވިދާނެ ކަމަށް ވެސް، މަސްވެރިކަމަށް ވަރަށް ފައިދާކުރާނެ ކަމެއް އެއީ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭރު ކަނދުފަތި އިތުރު ކުރުމުގެ މަސައްކަތާއި ސްޕޯޓްސް ފިޝިން އާއި ވަދު މަސްވެރިކަމުގެ ކަނދުފަތި ނެޓްވޯކުގެ މަސައްކަތް ވެސް ދެ އަހަރު ތެރޭ އެއްކޮށް ނިންމާލުމަށް މިނިސްޓްރީން ގަސްދުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox