އާގިލް މަރާލަން ވަޅި ހިފައިގެން ދުވިތަން ފުޓޭޖުން ފެނުނު: ހެކިވެރިޔާ

އާގިލް މަރާލަން ވަޅި ހިފައިގެން ދުވިތަން ފުޓޭޖުން ފެނުނު: ހެކިވެރިޔާ

ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލި ކަމަށް ތުހުމަތުކުރާ ގާތިލް ހަމްދޫން ހަމްޒަތުގެ އަތުގައި ވަޅިއެއް އޮތްތަން ފެންނަ ސީސީޓީ ފުޓޭޖް ފޮޓޯއެއް ލިބިފައިވާ ކަމަށް ހެކިވެރިއެއް ބުނެފި އެވެ.

ދ. ފަރެސްމާތޮޑާ، އާގިލް އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އޮގަސްޓް 31، 2018 ގައެވެ.

އެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ.

ހެކިބަސް ނަގަން އެކި ފަހަރު އަޑުއެހުންތައް ތާވަލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހެދި އަޑުއެހުންތައް ކެންސަލްވެ، މައްސަލަ ދިގުލައިގެން ދާތީ، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މި އަހަރު ތެރޭ ހުކުމާއި ހަމައަށް ވާސިލްވުމަށް ތާވަލެއް އެކުލަވާލާފަ އެވެ.

އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުން ހުށަހެޅި ދެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. ވީޑިއޯ ރިޕޯޓް އެނަލައިސިސް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ އެ ތައްޔާރުކުރި ފުލުހުންގެ ފޮރެންސިކް އޮފިސަރެކެވެ. ދިފާއުން ކުރި ސުވާލަކާއި ގުޅިގެން ހެކިވެރިޔާ ވަނީ އާގިލްގެ ގާތިލް ކަމަށް ތުހުމަތު ކުރާ ހަމްދޫންގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖްގެ ފޮޓޯތައް ތަފްސީލުކޮށްދީފަ އެވެ.

ހެކިވެރިޔާ ބުނި ގޮތުގައި އެމްއެމްއޭ ސަރަހައްދުގައި ހަމްޒާ އާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔައިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖްތަކުން ސާފުވެ އެވެ. އަދި ވަޅި ހިފައިގެން އާގިލް ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާއި އެކު އާގިލް ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫން މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިގިލި ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ފެނުން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ އަދި ފޮޓޯގެ ތިން ހެކީީގެ ތެރެއިން ފުރަތަމަ ފުޓޭޖްގައި ހަމްދޫންއާ އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި، ސައިކަލަށް އަރައިގެން ދާ މަންޒަރު ދައްކުވައިދޭ ދެވަނަ ވީޑިއޯގައި އޭނާއާއި އެއްގޮތްކަން ރަމްޒުކޮށްދޭ ތިން ސިފައެއް ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ.

އަދި ހަމްދޫން ސައިކަލުގައި ގެންދިޔައީ އާގިލް މަރާލުމުގައި އެހީވި ކަމުގެ ދައުވާ އުފުލާފައިވާ ވިޝާމް ކަމަށާއި އެއީ އޭނާކަން ކަށަަވަރުކުރީ އެއްގޮތް ކަމަށް ބެލެވޭ ހަތް ސިފައެއް ފެނުމުންކަން ފާހަގަކުރި އެވެ.

މި މަންޒަރުތައް ފުލުހުން ނަނާގަފައިވަނީ ޖުމްލަ 20 ސީސީޓީވީ ފުޓޭޖުންނެވެ.

ޑީއެންއޭ ރިޕޯޓް ސާބިތުކުރުމަށް އެ ރިޕޯޓް ތައްޔާރު ކުރި ޕްރައިމް އިންވެސްޓިގޭޓިވް އޮފިސަރެއް ދައުލަތުން ހުށަހެޅި އެވެ. އެގޮތުން ގާތިލް ކަމަށް ތުހުމަތު ކުރާ ހަމްދޫންގެ ހެދުމުގައި ހޭކިފައި ހުރި ލޭކޮޅަކުން އާގިލްގެ ޑީއެންއޭ ލިބިފައިވާ ކަމަށް ބުންޏެވެ. އަދި މަރާލުމުގައި އެހީވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ވިޝާމްގެ ޑީއެންއޭ ފެނިފައި ނުވާ ކަން ފާހަގަކުރި އެވެ.

ދިފާއުން މި ހެކިވެރިޔާގެ ހެކިބަސް ނެގީރު ސުވާލު އުފެއްދީ ޗެއިން އޮފް ކަސްޑަޓީ ފޯމްގެ ސައްހަ ކަމާއި މެދު އެވެ. އެގޮތުން އެ ފޯމްގައި އެއްވެސް މީހެއްގެ ސޮއި ނެތުމުން "ކޮންމެ މީހަކަށްވެސް އެއްޗެއް ލިޔެފައި ދެވިދާނެ ކަމަށް" ދިފާއީ ވަކީލް ބުންޏެވެ.

އެހެން ނަމަވެސް ހެކިވެރިޔާ ވަނީ އެ ކަން ކުރިއަށްދާ ތަރުތީބާއި އުސޫލު ޝަރީއަތަށް ސާފުކޮށްދީފަ އެވެ. އެގޮތުން އެ ފޯމަކީ އޮންލައިންކޮށް ލިބުނު ފޯމެއް ކަމަށާއި، އާންމުކޮށް ފޯމް ބަލައިގަންނައިރު، ސޮއިކޮށް އުޅެނީ ފިޒިކަލީ ހުށަހެޅޭ ކަރުދާސްތަކުގައި އެކަނި ކަމަށް ބުންޏެވެ.

މިކަމާއި ގުޅިގެން ދިފާއުން އިތުރު ސުވާލު އުފައްދަން މަސައްކަތް ކުރުމުން ދައުލަތުން ވަނީ އެކަމަށް އިއުތިރާޒްކޮށްފަ އެވެ. އެއީ މި މަރުހަލާއަކީ ހެއްކާއި ބެހޭ ގޮތުން ވާހަކަދައްކާ މަރުހަލާ ކަމުގައި ނުވާތީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މި މައްސަލާގައި ދެން އޮންނާނީ ހެއްކާއި ބެހޭ ގޮތުން ވާހަކަދެއްކުމެވެ. ގާޒީ އަލީ އާދަމް ތައްޔާރު ކުރެއްވި ތާވަލުގައި ވާގޮތުން 25 ނޮވެމްބަރުގައި ހުލާސާ ބަޔާން އިއްވުމަށްފަހު، 13 ޑިސެމްބަރު ހުކުމް ކުރުން އޮންނާނެ އެވެ. އެހެން ނަމަވެސް، ފަހުން ދިމާވާ ސަބަބަކާ ހެދި އަޑުއެހުމެއް ފަސްކުރަން ވެސް ޖެހިދާނެ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.

އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ އޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އޭނާ ގެނައިއިރުވެސް އޮތީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox