ވީއައިއޭގެ ވެސްޓް އޭޕްރަން ތަރައްގީކޮށް ނިންމައި ހުޅުވައިފި

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވި ވެސްޓް އޭޕްރަންގައި ޖެއްސި ފުރަތަމަ ފްލައިޓް، މޯލްޑިވިއަންގެ އޭ320 މަރުކާގެ ފްލައިޓެއް. --

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވި ވެސްޓް އޭޕްރަންގައި ޖެއްސި ފުރަތަމަ ފްލައިޓް، މޯލްޑިވިއަންގެ އޭ320 މަރުކާގެ ފްލައިޓެއް. --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވެސްޓް އޭޕްރަން ރަސްމީކޮށް ހުޅުވައިފި އެވެ.

ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން އެއާޕޯޓްގެ އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންދިޔަ އެވެ.

މި މަޝްރޫއުގެ ދަށުން 2019 ވަނަ އަހަރު ވަނީ ސައުތް ވެސްޓް އޭޕްރަން ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވި އެވެ. މިއަދު ހަވީރު އޭޕްރަންއަށް ޖެއްސި މޯލްޑިވިއަންގެ އެއާބަސް އޭ320 ފްލައިޓާއެކު މުޅި އޭޕްރަން މިހާރު ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.

Advertisement

ވީއައިއޭއިން ވަނީ ކޮޗިންއިން މާލެ އައި މި ފްލައިޓަށް ވޯޓާ ސެލިއުޓާ އެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އޭޕްރަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވީއައިއޭ ހިންގުމާ ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން ސްޓުވާޓް ވަނީ ބައިވެރިވެފަ އެވެ.

މީޑިއާއާ ވާހަކަ ދައްކަވަމުން ސީއީއޯ ވަނީ ވެސްޓް އޭޕްރަން އާއެކު އެއާ ޓްރެފިކަށް ލުއި ވެގެންދާނެކަން ފާހަގަކުރައްވާފަ އެވެ.

އެއާޕޯޓުގެ ހިންގުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށާއި ކުރިއަށް އަންނަން އޮތް ލޯޑަށް ތައްޔާރުވުމުގެ ގޮތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް އެއާޕޯޓަށް ބޭނުންވާނެ ތާފާތު ސާމާނު ހޯދުމުގެ އިތުރުން އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މުހައްދު މިހާދު ވެސް ބައިވެރިވެ ވަޑައިގެންނެވި އިރު، އޭނާ ވިދާޅުވީ އޭޕްރަންގެ ޖާގަ ތަނަވަސްވުމާ އެކު ޑޮމެސްޓިކް ފްލައިޓުތައް ގަޑިޔައް ފުރައި ޖައްސަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވެސްޓް އޭޕްރަންގެ 35،000 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތު ކުރަން ފަށާފައިވާ އިރު، މިހާރު އެ އޭޕްރަންގައި ކޯޑް ސީގެ ނުވަ އެއާ ކްރާފްޓު އެއްފަހަރާ ޖެއްސޭނެ އެވެ.

މި އޭޕްރަންގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތައް ޖެއްސުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭޕްރަން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރުތަމަ ބައި ތަރައްގީކޮށް ނިންމައި އެ ސަރަހައްދުގައި ފްލައިޓް ޖައްސަން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި ސަރަހައްދުގައި 70،000 އަކަ މީޓަރުގެ ޕާކިން ސްޕޭސް ހިމެނެ އެވެ.

މި އޭޕްރަންގައި ތިން މާސްކޯޑް އީ ގެ މަތިންދާ ބޯޓާއި، ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑް އަދި ކޯޑް ސީގެ އެއް ޑެޑިކޭޓެޑް ސްޓޭންޑް ބެހެއްޓެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox