އޯ ވަޒަން: ކުރު، އެހެނަސް ދެމިގެންދާނެ ހަނދާނެއް

Nov 5, 2021, 12:56 AM
"އޯ ވަޒަން" ކުރު ފިލްމުގެ މަންޒަރެއް

"އޯ ވަޒަން" ކުރު ފިލްމުގެ މަންޒަރެއް

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޑާކްރެއިން އެންޓަޓެއިންމަންޓުން ނެރުނު ކުރު ފިލްމު "އޯ ވަޒަން" އިން ފުން މެސެޖެއް ދޫކޮށްލައިފި އެވެ.   

އަލީ ޝާމިން ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މަގްސަދަކީ މީގެ 33 އަހަރު ކުރިން، ނޮވެމްބަރު 3، 1988 ގައި ތަޅަމަ ޓައިގަރުން ގޮވައިގެން ދިވެހިންގެ ބަޔަކު ވެރިރަށް މާލެއަށް އަރައި ދިން އުދުވާނީ ހަމަލާ އާއި އެ ހާދިސާއިން ނަސްރު ހޯދަން ކުރި މަސައްކަތް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް އަންގައިދިނުމެވެ.

މި ވާހަކަތައް ފިލްމުގައ ގެނެސްދީފައި ވަނީ، އަސްކަރިއްޔާގެ ބޭކަހަލަ ކުޑަ ކުއްޖަކަށް ކިޔައިދޭ ގޮތަށެވެ. މި ފިލްމު ރިލީޒުކުރީ ޑާކް ރެއިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ބައިސްކޯފުގަ އެވެ.

ތޭރަ މިނެޓްގެ މި ފިލްމުން ދޭ މެސެޖްތައް ނުލާހިކު ވަރުގަދަ އެވެ. ފިލުމުގައި މިއަދުގެ މުޖްތަމައު އަދި ޒުވާން ޖީލުގެ ހަގީގަތާއި، ދިވެހިންގެ ތާރީހާ ބެހޭ މައުލޫމާތު، ހާއްސަކޮށް ނަސްރުގެ ދުވަހުގެ މައުލޫމާތުތަކާ ބީރަށްޓެހި މިންވަރު ފެނިގެންދެ އެވެ.

އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ ހުނަރުވެރި އެކްޓިންގައި ނޮވެމްބަރު 3 ގެ ހާދިސާ ކިޔައިދެމުންދަނީ ތުއްތު ފަންނާނެއް ކަމަށްވާ މުހައްމަދު އާތިކް އަށެވެ. މަންމަގެ ރޯލުން ފެންނަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ތަރި ވާޝިއާ މުހައްމަދު (ޝިއާ) އެވެ.  

ޝާމިން ބުނި ގޮތުގައި ފިލްމު އޭނާ ލިޔެފައިވަނީ ލޮކްޑައުންތެރޭގަ އެވެ. އެންމެ ފުރަތަމަ އަމާޒުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރަށް މި ފިލްމު ނިންމާލުމަށެވެ. އެކަން ކާމިޔާބު ނުވުމުން މި އަހަރުގެ ނަސްރުގެ ދުވަހަށް ފިލްމުގެ ރިލީޒުކުރަން ނިންމި އެވެ.

ޖާނަލިޒަމްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ޝާމިން ވަނީ ކުރިން ސިފައިންގޭގައި ވެސް މަސައްކަތްކޮށްފަ އެވެ. ސިފައިންގޭގައި ހޭދަކުރެވުނު ދުވަސްތަކަކީ މިފަދަ މަސައްކަތަކަށް މީހާ ޝައުގުވެރިކުރުވައި، މީހާގެ ހޭލުންތެރިކަން އިތުރުކޮށްދިން ކަމެއް ކަމަށްވެސް ޝާމިން ބުންޏެވެ. 

ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ޓީމު ބައިވެރިވި އިރު, ޝާމިންއާއެކު ފިލްމު ތައްޔާރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކީ ޝަމްއާން ޝާކިރެވެ. އޭނާގެ ބައިވެރިވުން ފިލްމުގެ ސީނެމެޓޯގްރަފީގައި ވެސް ފެނިގެންދިޔައިރު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގައި އިބްރާހިމް އާރިފް އާއި އަބްދުﷲ އައުރާފްގެ ހުނަރުވެރި މަސައްކަތް ވަނީ ފެނިގެން ގޮސްފަ އެވެ.  

މިއީ ޝާމިންގެ މިފަދަ މަސައްކަތެއް މިހާ ބޮޑު އޯޑިއަންސަކަށް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. ރާއްޖެ ޓީވީ އިން 2017 ވަނަ އަހަރު ބޭއްވި ކުރު ފިލްމު ހެދުމުގެ މުބާރާތަކުން ވެސް ޝާމިން އާއި ޝަމްއާން ވަނީ އެއްވަނަ ހޯދާފަ އެވެ.  

ކުރު އެހެނަސް މުހިންމު މި ފިލްމަކީ އެތައް ޒަމާންތަކަކަށް ވެސް ބޭނުންކުރެވޭނެހާ ފުރިހަމަ މަސައްކަތެކެވެ. ނަސްރުގެ ދުވަހަކީ ކޮބައިކަން ނޭނގޭ ކޮންމެ ޅަ ސިކުނޑިއަކަށް ވެސް ވިސްނޭނެހާ އަސަރާއެކު ބަލާހިތްކުރުވާ ފަދަ ގޮތަކަށް ތައްޔާރުކުރެވިފައިވާ މޮޅު ފިލްމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox