ކޮޕް26: ރަޝިއާ އާއި ޗައިނާގެ ލީޑާޝިޕް ނުފެންނާތީ ބައިޑެންގެ ފާޑުކިޔުން

ކޮޕް26 ގެ ޕްރެސް ކޮންފެރެންސެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން.

ކޮޕް26 ގެ ޕްރެސް ކޮންފެރެންސެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން.

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން ކޮޕް26 ގައި ރަޝިއާ އާއި ޗައިނާގެ ލީޑާޝިޕް ނުފެންނާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާޑުވިދާޅުވެއްޖެ އެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަޑައިގެންފައެއް ނުވެ އެވެ.

"ޗައިނާ އިން ދުނިޔޭ ލީޑަރެއްގެ ގޮތުގައި މުޅިން އާ ދައުރެއް އަދާ ކުރަން މަސައްކަތް ކުރާއިރު، މި ތަނަށް ނައުން މިއީ ކޮން ކަހަލަ ކަމެއްތޯ،" ނޫސްވެރިންނަށް ބައިޑެން ވިދާޅުވި އެވެ.

"މިއީ ބޮޑު ސިންގާހާ މައްސަލައެއް. އެކަމަކު މި މައްސަލައާ ދުރަށް އެ މީހުން އެ ޖެހެނީ. އެގޮތަށް ކަންތައް ކުރުމަށް ފަހު ލީޑާޝިޕް ދައްކާ ކަމަށް ބުނެވޭނީ ކިހިނެއްތޯ،" ބައިޑެން ވިދާޅުވި އެވެ.

"ޗައިނާ އިން ނައުމަކީ ބޮޑު ކުށެއް. ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ޗައިނާ އަށް އެ ބަލަނީ އެ މީހުން ކޮށްދޭނީ ކޮން ކަމެއްތޯ ސާފު ކުރަން."

ދުނިޔޭގައި އެންމެ ގިނައިން ކާބަން ބޭރު ކުރާ ގައުމަކީ ޗައިނާ އެވެ. ނަމަވެސް ކާބަން މަދު ކުރަން ކުރާނެ ކަންކަމާ ގުޅޭ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންސީޑީ) ޗައިނާ އިން ހުށަހަޅާފައެއް ނުވެ އެވެ.

ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން ޗައިނާގެ ރައީސް ގައުމުން ބޭރަށް ދަތުރެއް ނުކުރައްވަ އެވެ. އެއާ ހިލާފަށް ގިނަ ދަތުރުތަކެއް ކުރައްވާ ރަޝިއާގެ ރައީސް ޕޫޓިން އަށް ވެސް ބައިޑެން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ޕޫޓިންގެ ޖަންގަލިތައް އެ އަނދަނީ. ޕޫޓިން އަށް ވަނީ މޫސުމީ ބަދަލާ ގުޅޭ ސީރިއަސް މައްސަލަތަކެއް ދިމާވެފައި. އެކަމަކު އެއްވެސް ކަމެއް ކުރާކަށް ބޭނުންފުޅެއް ނުވޭ،" ބައިޑެން ވިދާޅުވި އެވެ.

އެމެރިކާ އިން ވައުދުވެފައި ވަނީ 2050 ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯ ހާސިލްކުރަން ފިޔަވަޅުތައް އެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox