ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން އަނެއް ބުރަށް، ރޮނާލްޑޯ ޔުނައިޓެޑް ސަލާމަތްކޮށްދީފި

Nov 2, 2021, 10:32 PM
ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (ނޮވެމްބަރު 3) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން މިއުނިކުން 5-2 އިން ބެންފީކާ ބަލިކޮށް އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުން އެޓަލަންޓާއާ 2-2 އިން އެއްވަރުކޮށް، މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ލެވަންޑޯސްކީ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި އޭނާ ހެދި ހެޓްރިކާ އެކު ބަޔާން މޮޅުވިއިރު، އެ ޓީމު އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު ގްރޫޕް އީގެ އެއް ވަނައިގަ އެވެ.

އެ ގްރޫޕްގެ ދެ ވަަނައިގައި އޮތީ މިރޭ ޑިނަމޯ ކިއޭވް އަތުން ޒުވާން ފޯވާޑް، އަންސޫ ފަޓީގެ ގޯލުން 1-0 މޮޅުވި ބާސެލޯނާ އެެވެ. ބާސެލޯނާ އަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި ބެންފީކާ އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ޑިނަމޯ އަށް ވަނީ ހަަތަރު މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ.

ބެންފީކާ ކޮޅަށް ހެދި ހެޓްރިކާ އެކު ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި 100 މެޗުން 81 ގޯލު ޖަހައިފަ އެވެ. މިއީ އޭނާގެ ކެރިއަރުގެ 28 ވަނަ ހެޓްރިކެވެ. އޭގެ ތެރެއިން ހަތަރު ހެޓްރިކް ހެދީ ޗެމްޕިއަންސް ލީގުގަ އެވެ.

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ކޮވިޑުން ރަނގަޅުވެގެން އެނބުރި އައި މި މެޗުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ ސާޖް ގްނަބްރީ އާއި ލެރޯއި ސާނޭ އެވެ. ބެންފީކާގެ ގޯލުތައް ޖެހީ މޮރާޓޯ އާއި އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ.

އެޓަލަންޓާގެ ދަނޑުގައި ޔޯސިފް އިލިޗިޗްގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް ރޮނާލްޑޯ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ޑުވާން ޒަޕާޓާ ވަނީ މެޗުގައި ދެ ވަނަ ފަހަރަށް އެޓަލަންޓާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ގޯލެއް ޖަހައި އަނެއްކާ ވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ޔުނައިޓެޑް އޮތީ ދެ ވަނައިގައި އޮތް ވިޔަރެއާލާ އެއްވަރަށް ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ވިޔަރެއާލް މިރޭ 2-0 އިން ޔަންގް ބޯއީސް ބަލިކުރި ނަމަވެސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބެނީ ޔުނައިޓެޑަށެވެ. އެޓަލަންޓާ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޔަންގް ބޯއީސް އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ސްވިޑެންގެ މަލްމޯ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ 1-0 އިން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ މޮރޮކޯގެ ވިންގް ހަކީމް ޒިޔެޗް އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި އިޓަލީގެ ޔުވެންޓަސް ވަނީ ރަޝިއާގެ ޒެނިޓް ޕީޓާސްބާގް އަތުން 4-2 އިން މޮޅުވެފަ އެވެ.

ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ލިއޮނާޑޯ ބޮނޫޗީ ބައިކޮޅަށް ޖެހި ގޯލުން ޒެނިޓުން އެއްވަރުކުރި އެވެ. ޑިބާލާގެ ޕެނަލްޓީ އާއި ފެޑެރީކޯ ކިއޭސާ އަދި އަލްވާރޯ މޮރާާޓާ ޖެހި ގޯލުތަކުން ޔުވެންޓަސް ލީޑުފުޅާކޮށްފައި ވަނިކޮށް ޒެނިޓްގެ ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގައި އީރާންގެ ފޯވާޑް ސަރްދާރް އަޒްމޫން އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ހަަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ވަނީ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް ހަަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޒެނިޓް އަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް މަލްމޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިރޭ ޖަރުމަނުގެ ވުލްފްސްބާގް އަތުން 2-1 އިން ބަލިވި ނަމަވެސް އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް އޮތީ ގްރޫޕް ޖީގެ އެއް ވަނައިގަ އެވެ. އެއީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ ސްޕެއިންގެ ސެވިއްޔާ އަތުން 2-1 އިން މޮޅުވި ފްރާންސްގެ ޗެމްޕިއަން ލިލް އެވެ.

ދެ ވަނައިގައި އޮތް ލިލް އާއި ތިން ވަނައިގައި އޮތް ވުލްފްސްބާގަށް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ. ސެވިއްޔާ އެންމެ ފުލުގައި އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox