އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ހަރަދުވީ 2.3 މިލިއަން ރުފިޔާ

މިއަހަރު ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ތެރެއިން. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު

މިއަހަރު ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ތެރެއިން. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު

އެންމެފަހުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބަށް ހަރަދުވީ 2.3 މިލިއަން ރުފިޔާ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފަ އެވެ. މި އިންތިހާބުގައި އެމްޑީޕީގެ ވޯޓު ލެވޭ 93,612 މެމްބަރުންގެ ތެރެއިން 47،100 މެމްބަރުން ވަނީ ވޯޓު ލާފަ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ކަރުދާސް ތައްޔާރުކުރުމަށާއި ވޯޓުލާ މަރުކަޒުތަކަށް ކުރި ހަރަދުގެ އިތުރުން އޮފިޝަލުންނަށާއި އިންތިހާބާ ގުޅިގެން ދަތުރުތައް ހިމެނޭހެން މުޅި އިންތިހާބަށް ހޭދަވީ 2.3 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ.

މި އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކުން 730 ކެންޑިޑޭޓުން ވަނީ ވާދަކޮށްފަ އެވެ. މި އިންތިހާބު ކާމިޔާބުކުރި މެމްބަރުން ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓް މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ގައުމީ މަޖިލީހުގައި މަސައްކަތްކުރާނެ އެވެ.

ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔަ އެމްޑީޕީ ދާއިރާތަކުގެ އިންތިހާބަށްފަހު މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރުން މަޝްވަރާ ކުރެއްވީ މާލެ ނޫން ރަށްރަށުގައި ހިންގާ އެ ޕާޓީގެ ހަރުގެތަކުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށެވެ.

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމުގައިވާ ގައުމީ މަޖިލިހުގައި ތިބޭ ދާއިރާތަކުގެ މެމްބަރުންގެ އިންތިހާބު ސެޕްޓެމްބަރުގައި ބާއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލުތަފާތުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ ކުރިއަށްދިޔައިރު ރައީސް ސޯލިހާއި ނަޝީދު ހުންނެވީ ކޮޕް-26 ގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox