ދާއިރާތަކުގެ އިންތިހާބަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް ފުރަތަމަ ފަހަރަށް އެއްވެއްޖެ

އެމްޑީޕީ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން: ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ހަރުގެ ހަރަކާތްތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން -- ފޮޓޯ:އެމްޑީޕީ ސެކެޓްރިއޭޓް

އެމްޑީޕީ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން: ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ހަރުގެ ހަރަކާތްތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން -- ފޮޓޯ:އެމްޑީޕީ ސެކެޓްރިއޭޓް

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބަށްފަހު މިރޭ ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ ހަރަކާތްތައް ވަރުގަދަ ކުރުމާމެދު މަޝްވަރާކޮށްފި އެވެ.

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމުގައިވާ ގައުމީ މަޖިލިހުގައި ތިބޭ ދާއިރާތަކުގެ މެމްބަރުންގެ އިންތިހާބު ސެޕްޓެމްބަރުގައި ބާއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލުތަފާތުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔަ އެމްޑީޕީ ދާއިރާތަކުގެ އިންތިހާބަށްފަހު މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރުން މަޝްވަރާ ކުރެއްވީ މާލެ ނޫން ރަށްރަށުގައި ހިންގާ އެ ޕާޓީގެ ހަރުގެތަކުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށެވެ.

މި ޖަލްސާގައި އެމްޑީޕީގެ ދާއިރާތައް ހިންގުމާ ގުޅޭގޮތުން މެމްބަރުންގެ ހިޔާލު ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ ރަށްރަށުގައި ހުރި ޕާޓީގެ ހަރުގެތަކުގެ މިހާރުގެ ހާލަތް ބަޔާންކޮށް އެ ހަރުގެތައް ތަރައްގީކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ.

ދާއިރާގެ ހަރަގެތައް މިއަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށް މެމްބަރުން ފާހަގަކޮށްފައިވާ އިރު ބައެއް ރަށްރަށުގެ ހަރުގެތައް އެއްކޮށް ހަލާކުވެފައިވާކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީގެ ހަރުގެއެއް ނެތް ރަށްރަށް ވެސް އެބަ ހުރި ކަމަށާއި އެ ރަށްރަށުގައު ހަރުގެ ގާއިމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރުގެތައް އަޅަން ޕާޓީގެ ސެކެޓްރިއޭޓުން އެހީތެރިވެދޭން ޖެހޭ ކަމަށް މުލަކު ދާއިރާގެ ދާއިރާ ރައީސް އިބްރާހިމް ނަސީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ޕާޓީގެ ޖަގަހަތައް ގިނަ ރަށްރަށުގައި ހިންގަމުން ގޮސްފައި ވަނީ އަދި ހިންގަމުން ދަނީވެސް އަމިއްލަ މެމްބަރުންގެ ޖީބުން ކަމަށް އެކި ފަހަރުމަތިން މެމްބަރުން ފާހަގަކުރި އެވެ.

ތަފާތު އެކި ގޮތްގޮތަށް އެކި ކޮންސެޕްޓުތަކަށް ހިންގާ ޖަގަހަތައް ހުރިކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީގު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ޕާޓީ އިން ކަނޑައަޅާ ސްޓޭންޑާޑަކަށް، ވަކި ކޮންސެޕްޓަކަށް ރަޖިސްޓާޑް ޖަގަހަތަކެއް ގާއިމުކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

މިޖަގަހަތަކުން ހިންގާ ކަންތައްތައް ސޯޝަލް މީޑިއާގައި ޝެއާ ކުރާއިރު، މިއީ ޕާޓީން ވެރިފައިކޮށްފައިވާ ޖަގަހަތަކެއްކަން ކަށަވަރުކުރުން މުހިންމު ކަމަށް ވެސް ރާއީ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އިޖުތިމާއީ ކަންކަމުގައި ޕާޓީގެ ހުރިހާ މެމްބަރުން މުހިންމުކަމަށާއި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ ވާހަކަ ގިނައިން ދައްކަން ޖެހޭ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮަޒެއިނާ އާދަމް ވަނީ މުޅި ދާއިރާގެ ހިންމުގެ ކޮމިޓީގެ އިތުރުން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ހިންގާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

ޕާޓީ ބާރުވެރިކުރަން ޖެހޭ ކަމަށާއި ރަށުގައި ތިބި މެމްބަރުންނަށް އެ ރަށްރަށުގައި ތިބެގެން ކަންތައްތައް ހިންގަން ފުރުސަތު ދީ، މެމްބަރުން ބާރުވެރިކުރުން މުހިންމު ކަމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އިދިކޮޅުން މިހާރު ފަށައިފި ކަމަށާއި އެމްޑީޕީ އިންވެސް މި މަސައްކަތް މިހާރު ފަށަން ވެއްޖެކަމަށް މެމްބަރުން ވިދާޅުވި އެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ ކުރިއަށްދިޔައިރު ރައީސް ސޯލިހާއި ނަޝީދު ހުންނެވީ ކޮޕް-26 ގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox