ގައުމީ ކޯޗު މޮރިއޭރޯގެ ޓާގެޓަކީ ފޯ ނޭޝަންސް ކަޕް ކާމިޔާބުކުރުން

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ: އޭނާގެ އަމާޒަކީ ލަންކާ މުބާރާތް ކާމިޔާބު ކުރުން.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ: އޭނާގެ އަމާޒަކީ ލަންކާ މުބާރާތް ކާމިޔާބު ކުރުން.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މި މަހު 7-18 އަށް ސްޜީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރިމަތިލާނީ މުބާރާތް ކާމިޔާބުކުރުމުގެ ޓާގެޓާ އެކުގައި ކަމަށް ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ލަންކާ އާއި ރާއްޖޭގެ އިތުރުން ދެން ފޯ ނޭޝަންސް ކަޕްގައި އޮތީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ މިހެން ބުނީ މިއަދު މެންދުރު ފަހު ހޮޓެލް ޖެންގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. މިއީ ޔޫތު މިނިސްޓްރީގެ އިސް ވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ގައުމީ ޓީމަށް ހިތްވަރު ދެއްވުމަށް ބޭއްވި އިވެންޓެކެވެ.

މީގެ 12 ވަަރަކަށް ދުވަސް ކުރިން ރަސްމީކޮށް ގައުމީ ޓީމާ ހަވާލުވި މޮރިއޭރޯ މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަމުން ބުނީ އޭނާ ރާއްޖެ އައިސް ގައުމީ ޓީމާ ހަވާލުވެ، މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު، ހުރިހާ ކަމެއް ކުރިއަށްގޮސްފައިވަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ. އަދި އެކަމަށްޓަކައި އެންމެނަށް މޮރިއޭރޯ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މޮރިއޭރޯ ރާއްޖެ ގޮވައިގެން ފުރަތަމަ ނުކުންނަ މުބާރާތަކީ ލަންކާގައި އަންނަ ހަފްތާގައި ފަށާ ފޯ ނޭޝަންސް ކަޕް އެވެ. މޮރިއޭރޯ ގައުމީ ޓީމުގެ ބެންޗުގައި ހުރެ ކުރިމަތިލި ފުރަތަމަ މެޗަކީ ކުރެއްދޫ ޓީމާ ދެކޮޅަށް ކުޅުނު އެގްޒިބިޝަން މެޗުގަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ 7-1 އިންނެވެ.

މިއަދު ޖެންގައި ބޭއްވި އިވެންޓްގެ ތެރެއިން މޮރިއޭރޯ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މޮރިއޭރޯ މިއަދު ބުނީ ކުޅުންތެރިންގެ ރޫހަށް ބަލާއިރު، ޓާގެޓަކީ ކުރިއަށް އޮތް ފޯ ނޭޝަންސް ކަޕް ކާމިޔާބު ކުރުން ކަމަށެވެ.

"އެ މީހުން (ކުޅުންތެރިން) ވެސް ބޭނުންވަނީ އަހަރެން މި ވިސްނާގޮތަށް ވަރަށް ބޮޑު ގޯލުތަކެއް (ޓާގެޓްތަކެއް) ހާސިލްކުރަން. މިތަނުގައި (ރާއްޖޭގައި) އަހަރެން ކުރާ ކޮންމެ މަސައްކަތެއްގައި 100 ޕަސެންޓް ފޯކަސް އަކީ ރާއްޖޭގެ ފުޓްބޯޅަ މިހާރަށް ވުރެ މައްޗަށް ގެންދިއުން. ކުރިއަށް އޮތް މުބާރާތަށް (ލަންކާ އަށް) އަހަރެމެން މިދަނީ މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒުގައި،" މޮރިއޭރޯ ބުންޏެވެ.

މިހާތަނަށް ފެނުނު މަންޒަރަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ މާހައުލާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ. އަދި އޭގެ އަލީގައި އޭނާ އަށް ވެސް ރާއްޖޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަހަރެމެން ކުޅުންތެރިންގެ ވެސް ވިސްނުމަކަށް ވާން ޖެހޭނީ ޓީމުގެ ޖޯޒީ އަށް އިހުތިރާމްކޮށް ދެން އަންނަން އޮތް ޖީލަށް ރީތި މިސާލެއް ދެއްކޭނެ ފަދަ ކާމިޔާބު ހޯދުން. އެ މީހުންނަށް ދައްކައިދޭން ޖެހޭނެ މި ޓީމަށް (ގައުމީ ޓީމަށް) ސަޕޯޓް ކޮށްދޭން ޖެހޭ ފަދަ ހިތްވަރެއް،" މޮރިއޭރޯ ބުންޏެވެ.

ލަންކާ މުބާރާތަށް ގައުމީ ޓީމު ފުރާގޮތަށް މި ވަގުތު ހަމަޖެހިފައި އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ޓީމުން ފުރަތަމަ މެޗުގައި އަށް ވަނަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox