ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދަށް ކުރި ދައުވާ ސާބިތުނުވި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ ވަޒީރުކަމުގައި ހުންނެވި އިރު، މަގާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް މި ދައުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ޕްރޮޕޯސަލްގައި ސަރުކާރަށް ހަތަރު ފަންގިފިލާ ނަގާ ގޮތަށް އޮތް ނަމަވެސް, އެއްބަސްވުމުގައި އޮތީ ސަރުކާރަށް އެންމެ ތިން ފަންގިފިލާ ލިބޭ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއެކު އެސް.ޖޭ ކޮންސްޓްރަކްޝަން އަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ. އެހެން ނަމަވެސް، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ދައުލަތުން ޒިޔާދުގެ މައްޗަށް ތުހުމަތު ކުރި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކުން ފާސްވެގެން، ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ލިބިގެން އައި އެއްބަސްވުމެއްގައި ކުށް އިބާރާތެއް އޮއްވައި، ސޮއިކުރެއްވުމަކީ ޒިޔާދު ޒިންމާދާރުކަން ކުޑަކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

އެއީ އެއްބަސްވުމުގެ ފަހުބަސް ބުނުމުގެ ހައްގު އިސްލާމިކް މިނިސްޓްރީއަށް ލިބިގެން ނުވާތީ އާއި، އެއްވެސް މުވައްޒަފެއްގެ ލޮލުގައި އަޅައި ނުގަތް ލިޔުމުގެ ކުށެއް މިނިސްޓަރުގެ ލޮލުގައި އަޅައި ގަންނާނެކަން އިންސާނެއްގެ ހަމަބުއްދިއަށް ގަބޫލުނުކުރެވޭނެތީ ކަމަށް ހުކުމް އުއްވަވަމުން ގާޒީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ފަންގިފިލާގެ އަދަދު މަދުން ހިމަނާފައި އޮތްކަން ފާހަގަވުމާއެކު އެކުށް އިސްލާހުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ދެ ފަރާތެއް ހެކި ބަސްދީފައި ވާތީ، އެއީ ގަސްތުގައި ކުރި ކަމެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާއިރު، އެހެން މީހަކަށް ނާހާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލޭނެ އެއްވެސް އުންސުރެއް ނޯންނާނެ ކަމަށް ގާޒީ ހުކުމުގައި ވިދާޅުވި އެވެ.

އެހެން ކަމުން ޒިޔާދުގެ ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

ދައުލަތުގެ ދައުވާގައި ގިނައީ އުނިކަންކަން

މަޝްރޫއުއަކީ ގާނޫނުތަކާ ހިލާފަށް، އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ މަޝްރޫއެއް ކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވީ ދިމާއިދިކޮޅު ކަމަށް ގާޒީ ވިދާޅުވި އެވެ.

ދާރުއްޒިކުރާ އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ކުއްޔަށް ދީގެން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބާރުދޭ ލިޔެކިޔުންތައް ޒިޔާދުގެ ފަރާތުން ހުށަހަޅާފައި ވުމުން އިސްލާމިކް މިނިސްޓްރީން ވެސް އެދޭ ގޮތަކީ އެ މަޝްރޫއު އިން ދައުލަތަށް ފައިދާ ލިބުންކަން ދޭހަވާ ކަމަށާއި، ދިފާއުގެ ވާހަކަތަކަށް އެ ހެކިތަކުން ބާރު ލިބިގެން ދިޔަކަން ގާޒީ ފާހަގަކުރެއްވި އެވެ.

މި މައްސަލަ ދައުލަތުން ބިނާ ކޮށްފައިވާ މައި އަސާސްއަކީ ލިޔުމުގެ ކުށެއް އޮއްވާ، ޒިޔާދު އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ސަބަބުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހުމެވެ. އެހެންނަމަވެސް އެ ނުކުތާއަށް މުޅި ޝަރީއަތުގައިވެސް ދައުލަތުން ވާހަކަދައްކަވާފައި ނުވާ ކަމަށާއި، ދައުލަތުން ހުށަހަޅާފައިވަނީ މުޅިން އެ މައުލޫއާއި ނުގުޅޭ ކަންކަން ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox