ރޯޑް ވާދިނެސްއާ ގުޅޭ އާ އުސޫލުން ހުއްދަ ދޭނީ ޝަރުތުހަމަވާ ގަރާޖުތަކަށް

މާލޭގެ މަގެއްމަތީ މީހަކު ސައިކަލު ދުއްވަނީ. އެއްގަމު އުޅަނދުފަހަރުގެ ރޯޑް ވާދިނެސް ހެދުމުގެ އުސޫލު ހަރުދަނާކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ނިންމާފަ-- ފޮޓޯ: އަދަދު

މާލޭގެ މަގެއްމަތީ މީހަކު ސައިކަލު ދުއްވަނީ. އެއްގަމު އުޅަނދުފަހަރުގެ ރޯޑް ވާދިނެސް ހެދުމުގެ އުސޫލު ހަރުދަނާކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ނިންމާފަ-- ފޮޓޯ: އަދަދު

އެއްގަމު އުޅަނދުފަހަރުގެ ރޯޑް ވާދިނެސް ހަދައިދޭ ގަރާޖުތަކުގައި ވަކި ޝަރުތުތަކަކާއި މިންގަނޑުތަކެއް ހުރުމަށް ލާޒިމުކުރާ އުސޫލެއް ތައާރަފްކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި މެމްބަރުން ވަނީ ރޯޑު ވާދިނެސްގެ ކަންކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ އޮފިޝަލުންނާ ސުވާލުކުރައްވާފަ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން، ކޮމިޓީ މެމްބަރު އަދި ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވަނީ ރޯޑް ވާދިނެސްގެ ކަންކަމަކީ އެއްވެސް ވަރަކަށް ބެލެހެއްޓިގެން ކުރެވޭ ކަމެއް ނޫން ކަމަށާއި އަދި ރޯޑް ވާދިނެސް ހޯދަން އޮންނަ އޮތުން އުވާލުމުގެ ވިސްނުމެއް މިނިސްޓްރީގެ އޮތްތޯ ސުވާލުކުރައްވާފަ އެވެ.

Advertisement

"އެއްގަމު އުޅަނދުފަހަރުގަ އެއްވެސް އެއްޗެއް ޗެކު ނުކުރެވި ގަރާޖުތަކުން ދޫކުރާ އެއްޗެއް މީ (ރޯޑު ވާދިނެސް)، އެހެންވިމަ މީތި އުވާލުމާ މެދު އެއްވެސް ވަރަކަށް ވިސްނުމެއް އެބަ ހުރިތޯ؟ ދުއްވާ އެއްޗިހީގަ ހަގީގަތުގަ މި ހުންނަނީ ރޯޑް ވާދިނެސް ނުހެދި. އެހެންވީމަ އިތުރު ފީއެއް ރައްޔިތުން އަތުން ދާ ގޮތަށް މި އޮންނަ އޮތުން، ކުރިޔަށް ގެންދާ ގޮތަށް ތޯ ވިސްނުން އޮތީ؟" މެމްބަރު ހުސެއިން މުހައްމަދު ސުވާލު ކުރެއްވި އެވެ.

މެމްބަރުގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ، މެމްބަރު ފާހަގަކުރެއްވި ފަދަ މައްސަލަތަކެއް މިނިސްޓްރީއަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަންކަން ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީން މިހާރު އާ އުސޫލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އިއުލާންކުރާ އުސޫލުގެ ދަށުން ވެއްޖެއްޔާ އިންނާނީ ރޯޑް ވާދިނެސް ހެއްދުމަށްޓަކައި ބޭނުންކުރެވޭ ވެހިކަލްތައް މޮނިޓާކޮށް ބެލެހެއްޓުމަށް ބޭނުންކުރެވޭ ފުރިހަމަ ޓެކްނޮލޮޖީ ކަހަލަ ހުރިހާ ކަމެއް ފުރިހަމަވާ ތަންތަނަށް ރޯޑް ވާދިނެސް ދޫކުރުމުގެ ހުއްދަ ދޫކުރަން،" ޝިމާޒް ވިދާޅުވި އެވެ.

ޝިމާޒް ވިދާޅުވީ މިހާރު މާލޭގައި ގާތްގަނޑަކަށް 40 އަކަށް ގަރާޖުން ރޯޑު ވާދިނެސް ހައްދައިދޭއިރު، އާ އުސޫލު އައުމަށްފަހު އެ އަދަަދު ހަތަކާއި އަށަކާ ދެމެދަށް ވެއްޓިގެންދާނެކަމަށެވެ. އަދި އެތަންތަން މިނިސްޓްރީން މޮނިޓާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އުސޫލާ ހިލާފްވާ ތަންތަނަށް ރޯޑު ވާދިނެސް ހެއްދުމުގެ ހުއްދަ ބާތިލު ވެސް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާޒް އިތުރަށް ވިދާޅުވީ، ރޯޑް ވާދިނެސް ހައްދައިދޭ ތަންތަނުގައި މޯލްޑިވްސް ޕޮލިޓެކްނިކް ފަދަ ސަރުކާރުން ގަބޫލުކުރާ ކަމާގުޅޭ ސަނަދެއް އޮންނަ ދިވެއްސެއް ހުރުން ލާޒިމުކުރުން އުސޫލުގައި ހިމެނުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި އެއީ މީގެ ކުރިން އެއްވެސް ވަރަކަށް މޮނިޓާ ކުރެވިފަ އޮތް ކަމެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.

"ކުރިޔަށް އޮތްތަނުގައި ރޯޑް ވާދިނެސް ހައްދާ ގަރާޖުތަކަށް ހުއްދަ ދޫކުރާއިރު، އެތަނެއްގަ ހުންނަން ޖެހޭނެ ޕޮލިޓެކްނިކް ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ފެންވަރުގަ ސަނަދެއް އޮންނަ، ދިވެއްސެއް. އެނޫން ޝަރުތެއް ހަމަވާ ތަނެއް ނޫނިއްޔަކާ އަޅުގަނޑުމެން ހުއްދައެއް ދޫނުކުރާނެ،" ޝިމާޒް ވިދާޅުވި އެވެ.

މެމްބަރު ހުސެއިން މުހައްމަދު ވަނީ މިނިސްޓްރީން ތައާރަފްކުރަން ނިންމާފައިވާ އާ އުސޫލާއެކު މިހާރު މާލޭގައި އެކަން ކުރަމުން އަންނަ ވިޔަފާރިތަކަށް ވާނޭ ގޮތް އޮޅުން ފިލުވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވެ އެކަމާ ގުޅޭ ގޮތުން ކޮމިޓީގައި ސުވާލުކުރައްވާފަ އެވެ.

"މިހާރު ހުއްދަ ދީފަ ހުރި ތަންތަނަށް ކިހިނެތްތޯ ވާނީ؟ މިހާރު ހުއްދަ ދީފަ ހުރި ތަންތަނުގެ ހުއްދަ ބާތިލުވާނީތޯއޭ ތިބޭފުޅުން ތިގޮތަށް ކަންތައް ކުރެއްވީމަ؟،" މެމްބަރު ހުސެއިން މުހައްމަދު ސުވާލުކުރެއްވި އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުއަރުއްވަމުން ކޮމިޓީގައި އިންނެވި މިނިސްޓަރު ނަހުލާ ވަނީ އާ އުސޫލު ގެންނާނީ މިހާރު އެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ޝަރުތު ހަމަކުރުމަށް ފުރުސަތު ދިނުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޝަރުތު ހަމަނުކުރާ ފަރާތްތަކަށް ހުއްދަ ނުދޭނެކަމަށް މިނިސްޓަރު ނަހުލާ ވެސް ވިދާޅުވި އެވެ.

"އާ އުސޫލު އަޅުގަނޑުމެން އިއުލާންކުރާއިރު، އިއުލާންކުރާނީ މުއްދަތެއް ލުމަށްފަހު، އެ މުއްދަތެއްގެ ތެރޭގަ އެކަން ކުރަން ބޭނުންވާ އެ ވިޔަފާރިކުރާ ބޭފުޅުންނަށް އެ ވިޔަފާރިކުރަން މަގުފަހިވެގެންދާނެ، ހަމައެއާއެކު މި ދެންނެވި ފަދައިން އެ ޝަރުތުތައް ހުންނަ މީހުންނަށް އެކަން ކުރެވޭނީ، މިހާރު އެކަން ކުރަމުންދާ ހުރިހާ ތަނެއް އުވިގެންދާނެ،" މިނިސްތަރު ނަހުލާ ވިދާޅުވި އެވެ.

އާ އުސޫލާއެކު މިނިސްޓްރީން ޝަރުތު ހަމަވާ ތަންތަނާ އެކު އެއްބަސްވުމެއް ހަދާނެ އެވެ. އަދި އެފަދަ ތަނަކުން އުސޫލާ ހިލާފްވެއްޖެނަމަ، ފިޔަވަޅު އަޅައި، އެތަންތަނަށް ދީފައި އޮންނަ ރޯޑް ވާދިނެސް ހައްދައިދިނުމުގެ ހުއްދަ ބާތިލުކުރާނޭކަމަށް މިނިސްޓްރީން އިއްޔެ ބުންޏެވެ. އަދި އެތަންތަނުގައި ސަރުކާރު ގަބޫލުކުރާ ސަނަދެއް އޮންނަ ދިވެއްސެއް ހުރުމަށް އޮންނަ ޝަރުތު ފުރިހަމަކުރުމަށް، ޕޮލިޓެކްނިކުން ހަ މަސް ދުވަހުގެ ކޯހެއް ހިންގާނެ ކަމަށް ވެސް މިނިސްޓްރީ އޮފިޝަލުން އިއްޔެ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox