ކޮޕް26: 2030ގެ ކުރިން ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓާލަން އެއްބަސްވެއްޖެ

އެމެޒޯން ޖަންގަލީގެ ސަރަހައްދަކުން ގަސް ކަނޑާފައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެޒޯން ޖަންގަލީގެ ސަރަހައްދަކުން ގަސް ކަނޑާފައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ވިހި ތިރީސް ވަނަ އަހަރުގެ ކުރިން ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓާލައި އަލުން ގަސްތައް އިންދުމުގެ މަސައްކަތް ފަށާނެ ކަމަށް ގައުމުތަކުން އެއްބަސްވެއްޖެ އެވެ.

އެއީ މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން، ކޮޕް26 ގައި ގައުމުތަކުން ނިންމި ފުރަތަމަ އެއްބަސްވުމެވެ.

އެ އެއްބަސްވުމުގައި ސޮއިކުރާ 100 އަށް ވުރެ ގިނަ ގައުމުގެ ތެރޭގައި އެމެޒޯން ޖަންގަލީގެ ބޮޑު ބަޔެއް ކަނޑާފައިވާ ބްރެޒިލް ހިމެނެ އެވެ.

ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓާލުމަށް ގައުމުތަކުން ވީ ވައުދުގެ ދަށުން ކުރާ މަސައްކަތަށް އެހީވުމަށް 19.2 ބިލިއަން ޑޮލަރު ހޭދަކުރަން އެއްބަސްވުމުގައި ހިމަނާފައި ވެ އެވެ.

ތަޖުރިބާކާރުން އެއްބަސްވުމަށް މަރުހަބާ ކިޔުމަށް ފަހު ބުނީ މީގެ ކުރިން 2014 ވަނަ އަހަރު ވެސް އެފަދަ އެއްބަސްވުމަކަށް އައި ނަމަވެސް ފިޔަވަޅު ނޭޅުމުން އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށެވެ.

ގަސް ކެނޑުމުގެ ސަބަބުން ދުނިޔެ އަށް ގެއްލުން ވަނީ ގަސްތަކަކީ ދުނިޔޭގެ އެޓްމޮސްފިއާގައި ހުންނަ ގިނަ އަދަދެއްގެ ކާބަންޑައިއޮކްސައިޑް ދަމައިގަނެ، އޭގެ ބަދަލުގައި އޮކްސިޖަން ބޭރު ކުރާ އެއްޗަކަށް ވާތީ އެވެ.

ގަސް ކެނޑުން ހުއްޓާލަން އެއްބަސްވި ގައުމުތަކުގެ ތެރޭގައި ކެނެޑާ، ބްރެޒިލް، ރަޝިއާ، ޗައިނާ، އިންޑޮނީޝިއާ އަދި ކޮންގޯ ހިމެނެ އެވެ. އެ ގައުމުތަކުގައި ހުންނަނީ ދުނިޔޭގެ ޖަންގަލިތަކުގެ 85 ޕަސެންޓެވެ.

އެއްބަސްވުމުގެ ދަށުން ހިމެނި ފައިސާގެ ބަޔެއް ހޭދަކުރާނީ ގެއްލުންވެފައިވާ ބިންތައް އަލުން ބިނާ ކުރުމަށާއި، ޖަންގަލިތަކުގެ ރޯވުން ކޮންޓްރޯލް ކުރުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ ވިޔަފާރީގެ ތެރެއިން ޖަންގަލިތަކުގެ ގަސް ކެނޑުން އުނިކުރަން 28 ގައުމެއްގެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އަދި ދުނިޔޭގެ ބޮޑު 30 ކުންފުންޏަކުން ޖަންގަލިން ގަސް ކެނޑުމާ ގުޅިފައިވާ އިންވެސްޓްމަންޓު ހުއްޓާލަން ނިންމި އެވެ.

ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ޖަންގަލި، ކޮންގޯ ބޭސިން ހިމާޔަތް ކުރަން ހާއްސަ 1.1 ބިލިއަން ޕައުންޑުގެ ފަންޑެއް ގާއިމްކުރަން ވެސް ނިންމާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox