ކޮޕް26: ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވި މައްސަލާގައި ބައިޑެން މައާފަށް އެދިއްޖެ

ކޮޕް26 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

ކޮޕް26 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

މޫސުމީ ބަދަލާ ގުޅޭ ގޮތުން ގައުމުތަކުން 2015 ވަނަ އަހަރު ސޮއިކުރި ތާރީހީ ޕެރިސް އެއްބަސްވުމުން ވަކިވާން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި މައްސަލައިގައި މިހާރުގެ ރައީސް ޖޯ ބައިޑެން މައާފަށް އެދިވަޑައިގެންފި އެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން، ކޮޕް26 ގައި ބައިޑެން މައާފަށް އެދިވަޑައިގެންނެވުމަށް ފަހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެޅި އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ އަލުން އެއްބަސްވުމުގައި ބައިވެރިވުން ކަމަށެވެ.

ޕެރިސް އެގްރީމެންޓުން ވަކިވާން ނިންމުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ވަޒީފާތައް ގެއްލެމުންދާ ކަމަށެވެ.

އެއާ ހިލާފަށް ކޮޕް26 ގައި ބައިޑެން ވިދާޅުވީ މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުމުން އިގްތިސާދަށް ވާނީ ގެއްލުން ނޫން ކަމަށާއި ލިބޭނީ ފައިދާ ކަމަށެވެ،

"މި އިތުރުވަމުންދާ ބިރުވެރިކަމުގެ ތެރެއިން ވެސް އަޅުގަނޑަށް ފެންނަނީ އާދަޔާ ހިލާފު ފުރުސަތެއް. އެއީ ހަމައެކަނި އެމެރިކާ އަށް އޮތް ފުރުސަތެއް ނޫން. ހުރިހާ ގައުމުތަކަށް ވެސް އޮތް ފުރުސަތެއް،" ފެހި އިގްތިސާދަކަށް ބަދަލުވުމާ ގުޅޭ ގޮތުން ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ވައުދުވެވަޑައިގެންނެވީ އެމެރިކާގެ ފަރާތުން "ވާހަކަ ދެއްކުމުގެ ބަދަލުގެ އަމަލުން ކުރިއެރުން" ދެއްކުމަށެވެ.

"އެމެރިކާ ހަމައެކަނި އައިސް މި މޭޒުގައި އިށީނީކީ ނޫން. އުއްމީދަކީ ލާމަސީލު ނަމޫނާއެއްގެ ގޮތުގައި ދުނިޔެ ލީޑުކުރުން."

ބައިޑެން ވިދާޅުވީ ފިޔަވަޅެއް ނާޅައި ތިބުމުން މިހާރު ވެސް އިގްތިސާދަށް ލިބެމުން ދަނީ ގެއްލުން ކަމަށެވެ. ނަމަވެސް އިއާދަކުރަނިވި ޓެކްނޮލޮޖީ އަށް ބަދަލުވެ، ސާފު ހަކަތަ އާއި ތިމާވެއްޓާ ރައްޓެހި އިގްތިސާދެއް ބިނާކުރަން ފެށުމުން ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ފެށި ކޮޕް26 ސަމިޓު ކުރިއަށް ދާނީ ނޮވެމްބަރު 12 ވަނަ ދުވަހާ ހަމައަށެވެ. އެ ބައްދަލުވުމުގެ އެއް އަމާޒަކީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ފައިނަލް ކުރުމެވެ.

ޕެރިސް އެގްރީމެންޓަކީ ކޮބާ؟

ހުރިހާ ގައުމަކުން ވެސް އެއްބަސްވަނީ އެކުގައި މަސައްކަތްކޮށްގެން މޫސުމީ ބަދަލު ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. ޕެރިސްގައި 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއްބަސްވީ 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ފިނިހޫނުމިން ދެމެހެއްޓުމަށެވެ.

އެކަން ހާސިލްކުރަން ކުރާނެ ކަންކަން ކޮންމެ ފަސް އަހަރަކުން ހުށަހަޅަން ޖެހެނީ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ގެ ނަމުގައި ވަކިވަކި ގައުމުތަކުންނެވެ. ނަމަވެސް މި ފަހަރުގެ ކޮޕް ސަމިޓާ ދިމާކޮށް ބައެއް ގައުމުތަކުން އެންޑީސީ އަދިވެސް ހުށަހަޅާފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޗައިނާ އަދި އިންޑިއާ ހިމެނެ އެވެ.

މިހާރު ގައުމުތަކުން ހުށަހަޅާފައި ހުރި އެންޑީސީތަކަށް ބަލާއިރު، ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން ކޮޕް26 އަށް ދާއިރު، ޕެރިސް އެގްރީމެންޓުގެ ދަށުން އެންމެ ފުރަތަމަ ހުށަހެޅި އެންޑީސީތައް މުރާޖައާ ކުރުން މުހިއްމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox