ގޮންޖެހުން އެބަހުރި، އެކަމަކު ޓްރާންސްޕޯޓުގެ ހިދުމަތްތައް މިހާރު ލަހެއްނޫން: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅޭ ހިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކަކާއި ދަތިތަކެއް ހުރިނަމަވެސް މިހާރު އެ ހިދުމަތްތައް އާންމުންނަށް ފޯރުކޮށްދިނުމުގައި ލަަސްކަމެއް ހުރިކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުއަރުއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނިސްޓްރީގައި މައްސަލަތަކެއް ހުރިކަން ގަބޫލުފުޅުކުރައްވާކަމަށެވެ. އެހެންނަމަވެސް މިހާރު ހިދުމަތް ދިނުމުގައި ލަސްތަކެއް ހުރިކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އޮންލައިން ޕޯޓަލެއް ހެދިގެން އަޅުގަނޑުމެން ހިދުމަތް ދެން ފެށިފަހުން މިހާތަނަށް 91،606 ހިދުމަތަށް ރައްޔިތުން އެދިފަވާކަމަށް ޓްރާންސްޕޯޓު އޮތޯރިޓީއަށް. އެ ހިދުމަތުގެ ތެރެއިން 96 ޕަސެންޓް ހިދުމަތް ލިބިގަނެ ނިމިފަވާކަމަށް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ ޓޯޓަލް ހަތަރު ޕަސެންޓް ޕެންޑިންގަ ވާކަމަށް، މިވަގުތު އޮތޯރިޓީން މަސައްކަތް ކުރެވެމުން ދަނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތް ލަހެއް ނޫން މިހާރު،"

މިނިސްޓަރު ވިދާޅުވީ މިހާރު އެ މިނިސްޓްރީ އަދި ޓްރާންސްޕޯޓު އޮތޯރިޓީގެ މަސައްކަތްތައް ވަނީ ރަނގަޅު ވެސް ކުރެވިފަ އެވެ. އަދި މިނިސްޓަރުކަމަށް ވަޑައިގަތުމަށްފަހު ވަކި ވަކި ހިދުމަތްތައް އެޔަށްވުރެ ލުއިފަސޭހަ ކުރުމަށް ވެސް މަސައްކަތްކުރެއްވިކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ. އެގޮތުން ފޯމް ފުރިހަމަކުރުމުގައި ވެސް ވީހާވެސް މަދު މައުލޫމާތާއެކު އެކަން ކުރެވޭ ގޮތަކަށް ފަރުމާކުރަމުން އައިސްފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މީގަ އަޅުގަނޑުމެންނަށް ދަތިތަކެއް ވެސް އެބަ ހުރި. ޓްރާންްސްޕޯޓު އޮތޯރިޓީއަށް ހިދުމަތް ހޯދުމަށް ރާއްޖޭގެ ހުރިހާ ދިމާލަކުން އެތައް ބައިވަރު ރައްޔިތުންނެއް އަދި ހާއްސަކޮށް މާލެ، ވިލިނގިލި އަދި ހުޅުމާލެ، މި ހުރިހާ ރައްޔިތުންނެއް ވެސް އަންނަނީ ޓްރާންސްޕޯޓު އޮތޯރިޓީއަށް،" މިނިސްޓަރު ނަހުލާ ފާހަގަކުރެއްވި އެވެ.

"އަންނައިރު މި ހިދުމަތް ދޭން ތިބީ، ލައިސެންސެއް ވިޔަސް ރެޖިސްޓްރޭޝަނެއް ވިޔަސް އަދި ސާވޭއެއް ވިޔަސް، އެހެން ކަމެއް ވިޔަސް، އެ ހުރިހާ ހިދުމަތެއް ދޭން ޓްރާންސްޕޯޓު އޮތޯރިތީގަ ތިބީ 21 މުވައްޒަފުން،"

އެ 21 މުވައްޒަފުން ރާއްޖޭގެ ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް ދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުވައްޒަފުން މަދުވުމުގެ ސަބަބުން އެކި ކަހަލަ ދަތިތަކާ ވެސް ކުރިމަތިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައެއް މުވައްޒަފުންގެ ފަރާތުން ވެސް ދަތިތަކާ ކުރިމަތިވާކަމަށް މިނިސްތަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދަތިވާ މުވައްޒަފުން ވެސް ތިބިކަން ފާހަގަކުރަން. ގާނޫނީ މުއައްސަސާތަކާ ގަވާއިދުތައް ހެދިފަ އޮންނަ ގޮތުންނަމަ ހިދުމަތް ދޭ މުވައްޒަފުން ލަސްވުމާ ހިދުމަތް އަވަސް ވާ މުވައްޒަފުންގެ އެކަހަލަ ކަންތައްތަކުގައި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅެއް ނޫނީ ބަދަލުކުރަން އޮންނަނީ ވަރަށް އުނދަގޫ ގޮތްތަކެއް ކަން ކޮމިޓީއަށް އެނގިވަޑައިގަންނަވާނެ،" ނަހުލާ ވިދާޅުވި އެވެ.

"އެހެންވީމަ ދުވާލެއްގަ 100 އެޕްލިކޭޝަން ހުށަހަޅާއިރު، 50 އެޕްލިކޭޝަނަށް އެއް ކުއްޖަކު ހިދުމަތްދޭއިރު ހަތަރު އެޕްލިކޭޝަނަށް އަނެއް ކުއްޖާ ހިދުމަތް އެބަ ދޭ، އެއް ގަޑިއެއްގެ ވާހަކަ މި ދަންނަވަނީ،"

މިނިސްޓަރު ވިދާޅުވީ އެކަމުގައި ގަވާއިދުތަކުގެ ދަށުން މުވައްޒަފަށް ލިބިދޭ ހައްގުތަކާއި، ވަކި ކުރުމަށް އޮންނަ ދަތިތަކުގެ ސަބަބުން މިނިސްޓްރީއަށް ކުރެވޭނެ މާ ގިނަ ކަންކަމެއް ނޯންނަ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމުން މުވައްޒަފުން ވަކިކުރާ މިނިސްޓަރެއްގެ ގޮތުގައި "ތައްގަނޑު" ޖެހިގެންދާކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވަނީ ޓްރާންސްޕޯޓާ ގުޅިގެން ޝަކުވާ ހުށައެޅޭކަމަށް ބުނާނަމަ، އެ ޝަކުވާއަކީ ވަކި ކަމަކާ ނުވަތަ ވަކި މައްސަލައަކާ ގުޅިފައިވާ ކަމެއްގެ ގޮތުގައިި ފާހަގަކުރުމުން އެކަމެއް ވެފަ އޮތް ގޮތެއް ސާފުކޮށް ދެވޭނެކަމަށެވެ. އަދި މިނިސްޓްރީ ނުވަތަ އޮތޯރިޓީއަށް ހުށަހެޅޭ ގިނަ އެޕްލިކޭޝަންތަކެއް ރިޖެކްޓް ކުރަން ޖެހުމަކީ އެ ޝަކުވާތަކުގެ ސަބަބަކަށް ވެދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ އެޕްލިކޭޝަނެއް ފުރިހަމަކުރާއިރު، އެއާއެއްކޮށް ހުށަހަޅަން ޖެހޭ ނުވަތަ އެޓޭޗް ކުރަންޖެހޭ ޑޮކިއުމެންޓްތައް ތެރެއިން އެންމެ ޑޮކިއުމެންޓެއް ނުވަތަ ގަނޑެއް މަދުވިޔަސް، އަޅުގަނޑުމެންނަށް އެ އެޕްލިކޭޝަނެއް ބަލައިގަނެވޭކަށް ނޯވޭ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ޓްރާންސްޕޯޓުގެ މައްސަލައެއް ނެތްކަމަށް ވިދާޅުނުވިނަމަވެސް، އާންމުކޮށް ހިދުމަތްތައް ލަސްވަނީ އެ ސަބަބާ ހުރެ ކަމަށެވެ.

މިނިސްޓަރުގެ ގެ އެ ވާހަކަތަކަށް ކޮމިޓީ މެމްބަރު އަދި މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ އަނެއްކާ ވެސް ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމުގައި ލަސްތަކެއް އުޅޭކަމަށް ފާހަގަކުރައްވައި ހިދުމަތް ހޯދަން އޮންނަ މަގު އުނދަގޫކަން ފާހަގަކުރައްވައި އެކަމުގެ ސަބަބު އޮޅުން ފިލުވުމަށް ސުވާލުކުރައްވާފަ އެވެ.

"ސްޕެސިފިކް ސުވާލެއް އަޅުގަނޑު މި ކުރަނީ. ހިދުމަތް ލަސްވަނީ އެ ކީއްވެތޯ. ހިދުމަތް ލަސްވުން އެއީ މައްސަލައަކީ. ހިދުމަތް ލަސްވާކަމުގެ ޝަކުވާ ލިބެނީ. ހިދުމަތް ހޯދަން އޮތް މަގު އުނދަގޫ ކަމަށޭ އެ ބުނަނީ. އެއީ ސުވާލަކީ،" މެމްބަރު ޒިޔާދު ވިދާޅުވި އެވެ.

ޖަވާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މެމްބަރު އެ ފާހަގަކުރެއްވި ކަމަކީ ހިދުމަތް ހޯދަންދާ މީހާ ހިދުމަތް ހޯދާއިރު ދިމާވާ ދަތީގެ ވާހަކަ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ޓްރާންސްޕޯޓުގެ ސިސްޓަމަކީ އެތައް އަހަރެއް ވަންދެން ބަދަލެއް ނައިސް ބޭނުންކުރަމުން އަންނަ ސިސްޓަމެއް ކަމަށާއި، ޓްރާންސްޕޯޓަށް މުވައްޒަފުން ލިބުމުގެ ދަތިތަކެއް ވެސް ހުރި ކަމަށް ނަހުލާ ފާހަގަ ކުރެއްވި އެވެ.

"ޓްރާންސްޕޯޓު އޮތޯރިޓީގަ ހެދިފަވާ ސިސްޓަމަކީ ވޭތިވެދިޔަ 25 އަކަށް 30 އަކަށް އަހަރު ބަދަލެއް ނެތި އޮންނަ އޯލްޑް ސްކޫލު ސިސްޓަމެއް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

އެހެންނަމަވެސް ކޮވިޑާއި ބަޖެޓުގެ ދަތިކަމާހެދި އެ މިނިސްޓްރީއަށް ނުހޯދިފަ އޮތް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް އެންމެ ފަހުން މީގެ ހަތަރު ވަރަކަށް މަސް ކުރިން ކާމިޔާބުވެ ކޮންސަލްޓެންޓެއް ހޯދައި، އެ މިނިސްޓްރީއާ އޮތޯރިޓީގެ ސޮފްޓްވެއާ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"ﷲ ގެ އިރާދަފުޅުން ޖެނުއަރީ ފެއްޓޭއިރު ހިދުމަތްތައް ތި ވިދާޅުވި ގޮތަށް އެޕްލައި ކުރުމުގަ ފަސޭހަ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެން އިންނެވި ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވެސް ވަނީ ޓްރާންސްޕޯޓުގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް ހަރުދަނާކުރެވި ޓައިމްލައިންތަކެއް ކަނޑައެޅިފައިވާކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އެވަރެޖް ގޮތެއްގައި ކަނޑައެޅިފަ މި އިންނަނީ 600 އެޕްލިކެޝަންސް ދުވާލަކަށް އިނގޭތޯ. އޭގެން މެޖޯރިޓީ އަކީ ލައިސެންސް ރިލޭޓަޑް ދެން ސައިކަލް ރެޖިސްޓްރޭޝަން. ލައިސެންސް ރިލޭޓަޑް ކަންކަން އެވަރެޖް ގޮތެއްގަ ތްރީ ޑޭޒް ތެރޭގަ ކޮށް ނިންމަން. ނިއު ސައިކަލް ރެޖިސްޓްރޭޝަން ފައިވް ޑޭޒް ތެރޭގަ ނިންމަމުން ދަނީ،" ޒުހެއިރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިނިސްޓަރު ވިދާޅުވީ ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ނުނިމިދާ މަދު އެޕްލިކެޝަން ކޮޅެއްގެ ޝަކުވާ ވެސް ފެންމަތިވެގެންދާނެ ކަމަށެވެ.

ޓްރާންސްޕޯޓުގެ ގިނަ ހިދުމަތްތަކެއް ކައުންސިލްތައް މެދުވެރިކޮށް ދެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސައި އެކަމަށް އަމަލުކުރަމުންދާކަމަށް އަދި އާ ސޮފްޓްވެއާއާއެކު އެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކަކާ ފަސޭހަތަކެއް ލިބިގެންދާނެއިރު، ކޮރަޕްޝަންގެ ފުރުސަތުތައް ވެސް މަދުވެގެން ދާނެ ކަމަށް މިނިސްޓްރީ އޮފިޝަލުން މިއަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox