އިރާނަށް ދައްކަން އެމެރިކާގެ ޖެޓެއް މެދުއިރުމަތީގައި ދުއްވައިފި

އެމެރިކާ ވައިގެ ފައުޖުގެ ބީ-1ބީ ލޭންސާ ޖެޓު މީގެ ކުރިން އިރުމަތީ ޗައިނާ ކަނޑުގެ މަތިން ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާ ވައިގެ ފައުޖުގެ ބީ-1ބީ ލޭންސާ ޖެޓު މީގެ ކުރިން އިރުމަތީ ޗައިނާ ކަނޑުގެ މަތިން ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިރާނަށް ދެއްކުމުގެ ގޮތުން އެކުވެރި ގައުމުތަކުގެ ރައްކާތެރިކަމާ އެކު އެމެރިކާގެ ވައިގެ ފައުޖުގެ ބޮން އަޅާ ޖެޓެއް މެދުއިރުމަތީގެ ވައިގެ ސަރަހައްދުން ދަތުރުކޮށްފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ބީ-1ބީ ލޭންސާ ޖެޓު ދަތުރު ކުރީ ގަލްފު ސަރަހައްދާއި، ބާބް އަލް މަންދެބް ސްޓްރެއިޓް އާއި ސުއެޒް ކެނަލް އަދި ގަލްފް އޮފް އޮމާންގެ މަތިން ކަމަށެވެ.

އޭގެ އިތުރުން އިރާނަށް މުހިއްމު ސްޓްރެޓެޖިކް ސަރަހައްދެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމުޒް މަތިން ވެސް ޖެޓު ދަތުރުކުރި އެވެ.

އެ ޖެޓު ދަތުރު ކުރަމުން ދިޔަ އިރު އިޒްރޭލާއި، ސައުދީ އަރަބިއްޔާ އަދި ބަހްރެއިން އާއި މިސްރުގެ ވައިގެ ފައުޖުން ރައްކާތެރިކަން ފޯރުކޮށްދެމުން ދިޔަ އެވެ.

މިދިޔަ ޖެނުއަރީ މަހު ވެސް އެމެރިކާގެ ޖެޓެއް މެދުއިރުމަތީގެ ސަރަހައްދުން ދަތުރުކުރި އެވެ. އެ ފަހަރު ދަތުރުކުރި ބީ-52 ޖެޓަކީ ނިޔުކްލިއާ ހަތިޔާރު އުލުމުގެ ގާބިލްކަން ލިބިފައިވާ ޖެޓެކެވެ.

އެނެލިސްޓުން ބުނާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އިރާނާއި އިޒްރޭލުން ދަނީ "ހިޔަނި ހަނގުރާމައެއް" ކުރަމުންނެވެ. އެގޮތުން ގަލްފު ސަރަހައްދުގައި އުޅޭ ދެ ގައުމުގެ މަނަވަރުތަކަށް ވެސް ހަމަލާ އަމާޒުވެފައި ވެ އެވެ.

އެމެރިކާގެ އަސްކަރީ ޖެޓެއް މެދުއިރުމަތީގެ ސަރަހައްދުން ދަތުރުކޮށްފައި ވާއިރު އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް މި މަހު އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox