ނޫނޯ ވަކިކޮށް ޓޮޓެންހަމް އިން ކޮންޓޭ ގެންނަނީ؟

Nov 1, 2021, 3:44 AM
ޓޮޓެންހަމްގެ ކޯޗު ނޫނޯ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ކޯޗު ނޫނޯ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ނޮވެމްބަރު 1) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ޕޯޗުގީސް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށް މި ވަގުތު ވަޒީފާއެއް ނެތި ހުރި އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޖޫން މަހު ގިނަ ކޯޗުންތަކެއް ނޫނެކޭ ބުނެފައި އޮތް ޓޮޓެންހަމާ ނޫނޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. ޓޮޓެންހަމް އިން ނޫނޯ ގެނައުމުގެ ކުރިން ކޮންޓޭއާ މަޝްވަރާކުރި ނަމަވެސް އޭނާ ބޭނުންވި ބައެއް ކަންކަމަށް ޓޮޓެންހަމުން އެއްބަސްނުވާތީ މަޝްވަރާތައް ހުއްޓުނީ އެވެ.

ކުރިން ޕޯޓޯ އާއި ވުލްްވްސް އަށް ކޯޗުކޮށްދިން ނޫނޯ ޓޮޓެންހަމަށް ގެނައީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ސީޒަން ފަށައިގެން ރަނގަޅު ޓްރެކްގައި ޓޮޓެންހަމް އޮތް ނަމަވެސް ފަހަކަށް އައިސް އެ ޓީމު އޮތީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-0 އިން ބަލިވެފަ އެވެ.

ކޯޗު އެންޓޯނިއޯ ކޮންޓޭ: އޭނާ ޓޮޓެންހަމާ ހަވާލުވުމުގެ ފުރުސަތު އެބައޮތް.

ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ ވަނީ ނޫނޯއާ ބައްދަލުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ބައްދަލުވުމުގައި ވަނީ ނޫނޯގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަަކަ ދައްކައިފަ އެވެ. އަދި ކްލަބްގެ ބޯޑުން މަޝްވަރާކޮށް ގޮތެއް ނިންމަން އެޖެންޑާ ކޮށްފައިވާކަން ނޫނޯގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ސަތާރަ މެޗަށް ފަހު ނޫނޯ ވަކިކުރަން ޓޮޓެންހަމް އިން ނިންމައިފިނަމަ ދެން އެ ޓީމުން އެންމެ ގެންނަން ބޭނުމީ ކޮންޓޭ އެވެ.

ދާދި ފަހުން ނިއުކާސަލް ޔުނައިޓެޑްގެ ކޯޗަކަށް ވާން ކޮންޓޭ އަށް ލިބުނު ފުރުސަތު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާން ކޮންޓޭ ބޭނުންވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޔުނައިޓެޑުން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު ކުރިއަށްދާނެ ކަމަށް ބެލެވޭއިރު، މިހާރު ހާލަތު އޮތްގޮތުން ޓޮޓެންހަމާ ކޮންޓޭ ހަވާލުވުމުގެ ފުރުސަތު އެބައޮތެވެ.

މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު އެ ޓީމު ދޫކޮށްލި ކޮންޓޭ ވަނީ މީގެ ކުރިން ޗެލްސީ އަށް ކޯޗުކޮށްދީ އެ ޓީމަށް ލީގު ކާމިޔާބު ކޮށްދީފަ އެވެ. ކޮންޓޭގެ އިތުރުން ޓޮޓެންހަމުން ކޯޗަކަށް ގެންނަން ބޭނުންވާ މީހުންގެ ޝޯޓްލިސްޓުގައި ކުރިން ރޯމާ އާއި ޝަހުތަރު ޑޮނެސްކަށް ކޯޗުކޮށްދިން ޕައޮލޯ ފޮންސޭކާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox