ޖިއާންގެ މަރަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފި

ޖިއާން: އޭނާގެ މަރަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ވަނީ އަމުރުކޮށްފައި

ޖިއާން: އޭނާގެ މަރަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ވަނީ އަމުރުކޮށްފައި

ދުވާރު މަތިން ހިނގާފައި ދަނިކޮށް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި އުމުރުން އަށް އަހަރުގެ ރައުޝަން ޖިއާންގެ އާއިލާއަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ ޖިއާންގެ މަންމަ ޑރ. ފަރްޒާނާ ހުސެއިން އާއި ބައްޕަ ކަމާލުއްދީން ޖާވިދުއަށް ސިވިލް ކޯޓުން ނަގައިދިން ބަދަލަށްވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ސިވިލް ކޯޓުގެ ގާޒީ، އަލީ ނަސީރު އަމުރު ކުރެއްވި އެވެ. ނަމަވެސް, އެ ހުކުމާމެދު ހިތްހަމަނުޖެހޭތީ މައްސަލަ ހައިކޯޓުގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފުކުރި އެވެ.

އެ ކުންފުނިން ހައިކޯޓުން މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެދިފަ އެވެ. އެ އެދުމުގެ މަތިން މިއަދު ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނީ އެ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކޮށްފިނަމަ ޑަބްލިއު ކޮންސްޓްރަކްޝަންގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެހެންވެ, މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރު ކުރައްވާފައިވަނީ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފް ކުރަން ޑަބްލިއު ކޮންސްޓްރަކްޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާއިރު, ޖިއާންގެ މައިންބަފައިންގެ ފަރާތުން ދަށު ކޯޓުގައި އެދުނު ބައެއް ބަދަލުތައް ނަގައި ނުދޭން ނިންމާފައިވާތީ އެ ބައި އެ މީހުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ޖިއާންގެ އާއިލާއަށް ބަދަލު ނަގައިދީފައި ވަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޖިއާން މަރުވުމުގެ ސަބަބުން ދަރިފުޅުގެ ލޯތްބާއި ދެމީހުންގެ ތެރޭގައި އޮންނާނެ ގުޅުން ނެތިދިޔުމުން ލިބުނު ގެއްލުމަށް ނަގައިދިން 1،028،000ރ. އާއި އާއިލާއަށް ލިބުނު ތަދާއި ވޭނުގެ ބަދަލުގެ ގޮތުގައި ނަގައިދިން 2،196،361ރ. އާއި ޖިއާންގެ ދުނިޔޭގައި ހުރި ނަމަ މަސައްކަތްކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ 1،290،361ރ. އާއި ފަރްޒާނާގެ ބޭސް ފަރުވާއަށް ހަރަދުވި 42،318ރ. އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެ ބަދަލު ނަގައިދީފައި މީހަކު ނުވަތަ ބަޔަކު ކުރާ ގާނޫނާ ހިލާފު އަމަލަކުން ލިބޭ ގެއްލުމުގެ ބަދަލު ތިން ވަނަ ޕާޓީއެއްގެ ފަރާތުން ނަގައިދޭ ވައިކޭރިއަސް ލަޔަބިލިޓީގެ އުސޫލުގެ ދަށުންނެވެ.

އެ މައްސަލައިގައި އެ ކުންފުނީގެ ތިން މުވައްޒަފަކު އިހުމާލުވާ ކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން ކުރިން ހުކުމްކޮށްފައި އޮތުމުން އެކަމުގައި ޑަބްލިއު ކޮންސްޓްރަކްޝަން ވެސް ޒިންމާ އުފުލަންޖެހޭނެ ކަމަށް ގާޒީ އަލީ ނަސީރު ކަނޑައެޅުއްވި އެވެ.

ޖިއާން މަރުވީ ޑިސެމްބަރު 16، 2018 ގައި އެއިރު ހަދަމުންދިޔަ މ. ނަލަހިޔާ މަންޒިލް ކައިރިން ހިނގާފައި ދަނިކޮށް ބަސްތާއެއް ވެއްޓިގެނެވެ. އެ މަސައްކަތް ކުރަމުންދިޔައީ ޕޭވްމަންޓުގެ ބައެއް ނަގައި، ގަވާއިދާ އެއްގޮތަށް ޖަހަންޖެހޭ ބޯޑުތައް ނުލަ އެވެ.

އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް 2019 ގައި ދައުލަތުން ޖިނާއީ ދައުވާ ވެސް ކުރި އެވެ. އެއީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށެވެ.

އޭގެ ތެރެއިން ދެ ބިދޭސީއަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ބާކީ ތިބި ދެ ބިދޭސީންނާއި ސުޕަވައިޒަރުގެ މައްޗަށް އިއްވީ ޖޫރިމަނާގެ އަދަބެކެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަނާކުރިތާ ފަސް އަހަރުވީ ޕްލާސްޓިކް ހޮޅި ހުއްދަކޮށްފި

ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ސަރުކާރުން އަލުން ހުއްދަ ދީފި. މީގެ އިތުރުން، ވަކި ސައިޒުތަކެއްގެ ފެންފުޅި އާއި ބުއިންތައް ބަންދުކުރާ ޕްލާސްޓިކް ފުޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ.

ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓަށް

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގަށް އުނިކަން އަންނަ، ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އެދުނު

ކުރީގެ ސަރުކާރުން ނެގި ދަރަންޏެއްގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އެކަމަށް އިންކާރުކުރި. މީގެ ކުރިން އެކި ފަހަރުމަތިން މި ދަރަނި ރޯލްއޯވާކޮށްދީފައިވާއިރު، މިހާތަނަށް އިންޓްރެސްޓުގެ ގޮތުގައި އެރި 49 މިލިއަން ޑޮލަރު ވެސް ދ

ޔޭޔޭ ޕެކެޓަށް އަޅައިގެން ބޭރު ފައިސާ ބޭރުކުރަން އުޅުނު މައްަސަލައ

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހަ ބިދޭސީއަކު އެއާޕޯޓުން ހައްޔަރުކުރި. ސީރިއަލް ޕެކެޓްތަކުގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނޭ.

ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަނެއް ނޫން: މުއިއްޒު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވިލިމާލެއިން ދުވަސްވީ ނިކަގަސް ވަގަށް ކެނޑި މައްސަލަ ނުބަލާ

ވިލިމާލޭގެ ކުޑަކުދިންގެ ޕާކެއްގައި ހުރި ދުވަސްވީ ބިޔަ ނިކަގަހެއް ވަގަށް ކަނޑާލި މައްސަލަ ފުލުހުން ބަލަމުން ނުދާކަން އެ މުއައްސަސާއިން ބުނި. ސިޓީ ކައުންސިލުން އެ ގަސް ކަނޑާލި ބަޔަކު ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި ފްލެޓް އެޅުމާއި ގަސް ކެނޑުމާ މެދު އާންމުންގެ މެދުގައި ހިޔާލުތަފާތު.

ހުލާސާކޮށް އިއްޔެ: ބޭންކިން ނިޒާމުގެ ޑޮލަރުގެ ދަތިކަން

ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާއަށް ދައްކަންޖެހޭ ބައެއް ދަރަނިތައް ސަރުކާރުން ވަނީ އަދާކޮށްފައެވެ. ސިޔާސީ ގޮތުން ޕީއެންސީން 2028 ގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުރީގެ ރައީސް ޔާމީން ވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން، ހާބަރު ސަރަހައްދު ތަރައްގީކުރުމަށް އެތަނުގައި ހުރި ފުޑް ކޯޓުތައް ހުސްކުރުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

Newsletter

Get the latest news delivered straight to your inbox