ގަލޮޅު ދަނޑު ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް

Oct 31, 2021, 9:01 AM
ގަލޮޅު ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އަހުމަދު އިހުސާން/ އަދަދު

ގަލޮޅު ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އަހުމަދު އިހުސާން/ އަދަދު

ގަލޮޅު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފި އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅީ 36.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 45،494،505 ރުފިޔާ އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

މީގެ އިތުރުން ދެން އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯން އެހީން ކުޅިވަރަށް ކުރާ ހޭދަ އަށް ބަލާއިރު، މި ވަގުތު އޭގެއިން ހިންގަނީ އެންމެ ޕްރޮޖެކްޓެކެވެ. އެއީ ނެޝަނަލް ނެޓްބޯލް ސެންޓަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެވެ. އެއީ 18 މިިިިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

އިންޑިއާގެ ލޯން އެހީގެ ދަށުން ދެން ގްރޭޓާ މާލެ ސަރަހައްދުގައި އަލަށް ފަށަން ޖެހޭ ކުޅިވަރުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ބާސްކެޓާއި ޓޭބަލް ޓެނިސް އަށް ވަކިން ސެންޓަރުތަކެއް ގާއިމްކުރުމާއި ހުޅުމާލޭގައި ބެޑްމިންޓަން ކޮމްޕްލެކްސް އެއް އެޅުމާއި މާލޭގައި ނެޝަނަލް ވޮލީ ކޯޓު ތަރައްގީ ކުރުމެވެ.

އަތޮޅު ތެރޭގައި ލޯން އެހީގައި ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކަކީ ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ހިތަދޫ އަދި ގދ. ތިނަދޫގެ ސިންތެޓިކް ޓްރެކް ތަރައްގީ ކުރުމާއި ހދ. ކުމުންދޫ އާއި ތ. ކަނޑޫދޫ ޒުވާނުންގެ މަރުކަޒު ގާއިމްކުރުމުގެ އިތުރުން ކުޅުދުއްފުށީގައި އަޅާ އިންޑޯ ކޮމްޕްލެކްސް ގާއިމް ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ސާފް ޝެކްތައް ގާއިމްކުރުން ހިމެނެ އެވެ.

އެންމެ އަގުބޮޑު ޕްރޮޖެކްޓް ގަލޮޅު ދަނޑުގައި

މީގެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގަ އެވެ. އެކަމަކު، އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން މި މަހު ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ސަޕޯޓަރުން ވައްދައިގެން ކުރިއަށް ގެންދަން ބޭނުންވާތީ ކޮންމެ ވެސް ވަރެއްގެ މަރާމާރުތަކެއް ކުރިއަށް ގެންދިޔަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ސޯޝަލް ސެންޓަރު ކައިރީގައި ހުންނަވައި މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން ގަލޮޅު ތަރައްގީ އަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކޮން ގޮތަކަށް ކިތައް ފޭސް އަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށް އޭރު މިނިސްޓަރު މަހުލޫފް ވިދާޅެއް ނުވެ އެވެ. މި ފަހަރުގެ ބަޖެޓްގައި ގަލޮޅު ދަނޑުގެ ތަރައްގީ އަށް މި ވަނީ ދެ އަހަރަށް ބަހާލައިގެން 55 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ލޯކަލް އާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހުރިހާ ކަމެއް މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތީ ގަލޮޅު ދަނޑަށެވެ. ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު ތިން ފަހަރެއްގެ މަތިން މަރާމާތު ކޮށްފައި ވަނީ މުބާރާތެއް ބޯމަތިވެފައި އޮއްވަ އެވެ.

އެ ގޮތުން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕަށް ކޮންމެ ވެސް ވަރެއްގެ މަރާމާތެއް ކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަަޕަށް 70 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ގަލޮޅު ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާ އާއި ވީއައިޕީ އަށް ހާއްސަކޮށް އިމާރާތެއް ހެދި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދަނޑުގެ މަސައްކަތްތައް ބޮޑަށް ކުރީ ދެ ފަރާތުގެ ސިޑި ބަރީގެ މަރާމަތް ކުރުމަށެވެ. އެއީ ސަޕޯޓަރުން ދަނޑަށް ވައްދަން ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހުނު މަސައްކަތެވެ. އަދި އޭގެ އިތުރުން ޗޭންޖިން ރޫމް ޒަމާނީ ފެންވަރަށް ގެންނަން މަސައްކަތްތަކެއް ކުރެވިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox