ބޮޑެތި ކުންފުނިތަކުން ޓެކްސް ނަގަން ތާރީހީ އެއްބަސްވުމަކަށް

ޖީ20 ސަމިޓަށް ފަހު ގައުމުތަކުގެ ވެރިން ފޮޓޯއަކަށް މަޑުކޮށްގެން. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޖީ20 ސަމިޓަށް ފަހު ގައުމުތަކުގެ ވެރިން ފޮޓޯއަކަށް މަޑުކޮށްގެން. -- ފޮޓޯ: ގެޓީ އިމޭޖަޒް

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން 15 ޕަސެންޓުގެ ޓެކްސެއް ނެގުމަށް ނިންމައި، އެންމެ ކުރިއަރާފައިވާ 20 ގައުމުން ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެފަދަ އެއްބަސްވުމަކަށް އައިސްފައި ވަނީ މަލްޓިނެޝަނަލް ކުންފުނިތަކަށް ލިބޭ ފައިދާ އިން ދައްކަން ޖެހޭ ޓެކްސް ވީހާވެސް މަދުން ދެއްކޭ ގޮތްތަކަށް އަމަލުކުރާ ކަމުގެ ކަންބޮޑުވުންތަކަށް ފަހު އެވެ.

އެއްބަސްވުމުގައި ސޮއިކުރީ ފާއިތުވި ހަފުތާ ބަންދުގައި އިޓަލީގެ ރޯމްގައި އޮތް ޖީ20 ސަމިޓުގައި ބައިވެރިވި ގައުމުތަކުގެ ހުރިހާ ލީޑަރުންނެވެ.

ސަމިޓުގެ އެޖެންޑާގައި މޫސުމީ ބަދަލާއި ކޮވިޑް ބަލިމަޑުކަން ވެސް ހިމެނެ އެވެ. މިއީ ބަލިމަޑުކަށް ފެށުނު ފަހުން ޖީ20 ގެ ލީޑަރުން އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.

ޖީ20 ގްރޫޕުގައި ހިމެނެނީ 19 ގައުމަކާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.

ޓެކްސް އެއްބަސްވުމަކީ އެމެރިކާގެ ހިޔާލެކެވެ. އާދީއްތަ ދުވަހުން ފެށިގެން އެ އެއްބަސްވުން އެޑޮޕްޓުކޮށް، 2023 އިން ފެށިގެން ތަންފީޒު ކުރާނެ އެވެ.

އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ޖެނެޓް ޔެލެން ވިދާޅުވީ ތާރީހީ އެއްބަސްވުމުގައި ސޮއިކުރުމަކީ ދުނިޔޭގެ އިގްތިސާދަށް މުހިއްމު ދަނޑިވަޅެއް ކަމަށާއި ކޯޕަރޭޓް ޓެކްސް ނަހަމަކޮށް ނެގުން ދެން ނިމުނީ ކަމަށެވެ.

ޓްވިޓާގައި އޭނާ ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކާއި މަސައްކަތްތެރިންނަށް ފައިދާ ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ދަށުން އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސް އިތުރުވާނެ އެވެ.

ޖީ20 ސަމިޓު ފަށާފައި ވަނީ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ގެ ކުރިންނެވެ. ޖީ20 ގައި ނިންމާ ކަންކަމުގެ އަސަރު ކޮޕް26 އަށް ކުރުން އެކަށީގެންވެ އެވެ.

މޫސުމީ ބަދަލު ކުޑަ ކުރަން ގައުމުތަކުން އަޅާނެ ފިޔަވަޅުތައް ކޮޕް26 އަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް ބައެއް ގައުމުތަކުން އެކަން މިހާތަނަށް ވެސް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox